17 އޮކްޓޯބަރ 2021
ވަޓްފޯޑް (އޮކްޓޯބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލިވަޕޫލުން 5-0 އިން ވަޓްފޯޑް ބަލިކުރި މެޗަށް ފަހު، މިޑްފީލްޑަރު މުހައްމަދު ސަލާހަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ވަޓްފޯޑް (އޮކްޓޯބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލިވަޕޫލުން 5-0 އިން ވަޓްފޯޑް ބަލިކުރި މެޗަށް ފަހު، މިޑްފީލްޑަރު މުހައްމަދު ސަލާހަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ސަލާހު ވަނީ ރޭގެ މެޗުގައި ލިވަޕޫލުން ޖެހި ފުރަތަމަ ގޯލު ޖަހަން ސަޑިއޯ މާނޭ އަށް ތަނަވަސް ކޮށްދީ، އެހާމެ ހިތްގައިމު ސޯލޯ ގޯލެއް ވެސް ޖަހައިފަ އެވެ.
"އޭނާ އެހުރީ އެންމެ މަތީގައި. އަހަރެމެން އެންމެނަށް ފެނިއްޖެ މިއަދު. ކާކު އޭނައަށް ވުރެން މޮޅީ؟" ސަލާހުގެ ކުޅުމާ ގުޅޭގޮތުން ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި ކްލޮޕް ބުންޏެވެ.
"ފުރަތަމަ ގޯލު ޖަހަން ދިން ޕާސް އެހާ ހިތްގައިމު. އެއަށް ފަހު އޭނާ ޖެހި ގޯލު ވަރަށް ހާއްސަ،"
އުމުރުން 29 އަހަރުގެ ސަލާހު ރޭގެ މެޗުގައި ޖެހި ގޯލަކީ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ކައިރީގައި ތިބި ވަޓްފޯޑުގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު، ކީޕަރާ އެކު ގޯލު ކުރިމަތީގައި ހަތަރު ކުޅުންތެރިން ތިއްބައި އޭނާގެ ވާތު ފައިން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މިއާއެކު ސަލާހު ވަނީ 2014 ވަނަ އަހަރު ލިވަޕޫލްގައި ޑެނިއެލް ސްޓަރިޖް ޖެހިޖެހިގެން އަށް މެޗުގައި ލަނޑު ޖަހައިގެން ހެދި ރެކޯޑާ އަރާ ހަމަކޮށްފަ އެވެ.
އެންމެ ފަހުން ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ސަލާހު ވަނީ އެތައް ޑިފެންޑަރުންނެއް ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ، ހަނި އޭންގަލަކުން އޭނާގެ ކަނާތު ފައިން ގޯލެއް ޖަހައިފަ އެވެ. އަދި ކްލޮޕް ވަނީ އެއީ ސަޕޯޓަރުން މީގެ 50 ނޫނީ 60 އަހަރު ފަހުން ވެސް އޭގެ ވާހަކަ ދައްކާނެ ގޯލެއް ކަމަށެވެ.
"ދެ ގޯލު ވެސް (ވަޓްފޯޑާއި މެންޗެސްޓާ ސިޓީ ކޮޅަށް ޖެހި ގޯލު) ވަރަށް ތަފާތު، އާދައިގެ ފަޔަކުން އޭގެ ގޯލެއް ނުޖެހޭނެ. އެކަމަކު ސަލާހަށް އެކަން ވެއްޖެ. އެއީ އޭނާގެ ހާއްސަވާ ސަބަބަކީ. ކުޅުންތެރިން ގޯލް ސެލެބްރޭޓް ކުރި ގޮތުން ވެސް އެނގޭނެ އެއީ ހާއްސަ ގޯލެއް ކަން،" ކްލޮޕް ބުންޏެވެ.
ސަލާހްގެ މި ގޯލާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި އެފްރިކާ ބައްރުގެ ކުޅުންތެރިޔާ، ކުރީގެ ޗެލްސީ ފޯވަޑް ޑިޑިއޭ ޑްރޮގްބާގެ 104 ލަނޑުގެ ރެކޯޑާ ވެސް ހަމަކޮށްފަ އެވެ.
ރޭ ސަލާހުގެ އެހީތެރިކަމާއެކު ފުރަތަމަ ގޯލު ޖެހި މާނޭ ވެސް ވަނީ ސަލާހަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
"މޯ (ސަލާހް) އަކީ ދުނިޔޭގެ އެންމ މޮޅު އެއް ކުޅުންތެރިޔާ. ސަލާހުގެ ގޯލުން ބެލުންތެރިން ހައިރާން ވެދާނެ. އެކަމަކު އެއީ ފަރިތަކުރުންތަކުގައި އަހަރެމެންނަށް އަބަދުވެސް ފެންނަ ގޯލެއް."
މާނޭގެ ގޯލަކީ އޭނާ ޕްރިމިއާ ލީގުގައި މިހާތަނަށް ޖެހި 100 ވަނަ ގޯލެވެ. ލިވަޕޫލަށް 79 ލަނޑު ޕްރިމިއާ ލީގުގައި ޖެހިއިރު އޭނާ ވަނީ ކުރިން ސައުތެމްޓަންގެ ޖޯޒީގައި ކުޅުނު ދެ ސީޒަނުން 21 ގޯލު ޖަހައިފަ އެވެ.
ލޫކާ މޮޑްރިޗް 2018 ވަނަ އަހަރު ބަލޮންޑިއޯ ހޯދުމުގެ އިތުރުން، 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، ދުނިޔޭގެ އެންމެ މޮޅު ކުޅުންްތެރިޔާއަށް ދޭ މި އެވޯޑް ހޯދީ ކްރިސްޓިއާނޯ ރޮނާލްޑޯ ނުވަތަ ލިއޮނެލް މެސީ އެވެ. ކްލޮޕްގެ ނަޒަރުގައި ސަލާހަކީ ވެސް ރޮނާލްޑޯ އާއި މެސީއަށް ދޫނުކުރާ ފެންވަރުގެ ކުޅުންތެރިއެކެވެ.
"އަހަރެމެން އަބަދު ނުޖެހޭ ރޮނާލްޑޯ އާއި މެސީ ދުނިޔޭގެ ފުޓުބޯޅަ ޑޮމިނޭޓްކުރާ ވާހަކަ ދައްކާކަށް. މިވަގުތު އެންމެ މޮޅީ ސަލާހް،" ކްލޮޕް ބުންޏެވެ.
"އަހަރެން ކޮންމެ ދުވަހަކު ދެކެން ސަލާހު. ލެވަންޑޯސްކީ އާއި މެސީ އާއި ރޮނާލްޑޯ އަދި އެމްބާޕޭ ފަދަ ކުޅުންތެރިން ވެސް އުޅޭ. އެކަމަކު މިވަގުތު އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ސަލާހް."
ކުރީގެ އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު އާސެނަލްގެ ލެޖެންޑް މާޓިން ކީއޯން ބުނީ ސަލާހު މާނޭއަށް ދިން ޕާހާކީ ދުނިޔޭގެ ފެންވަރުގެ ޕާހެއް ކަމާއި، ސަލާހު ފެންނަނީ މެސީގެ ފެންވަރުގެ ކުޅުންތެރިއެއްގޮތުގައި ކަމަށެވެ. އަދި އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅުނު ކުރީގެ މެންޗެސްޓާ ސިޓީގެ މައިކާ ރިޗަޑްސް ބުނީ އޭނާގެ ނަޒަރުގައި ސަލާހަކީ މިވަގުތު ޔޫރަޕުގައި ކުޅޭ އެންމެ މޮޅު ފޯވަޑް ކަމަށެވެ.
ރޭގެ މެޗުން ބަލިވި ވަޓްފޯޑުގެ ކޯޗު ރަނިއެރީ ވެސް ވަނީ މެޗަށް ފަހު ސަލާހަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ، ސަލާހަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، ސަލާހު ފައިގައި ޖެހޭ ކޮންމެ ބޯޅައަކީ ގޯލެއް ކަމަށެވެ.
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ސަލާހްގެ އަނިޔާ ފަސޭހަވުމުން ކްލޮޕް ހިތްހަމަ ޖެހިފައި
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
ސަލާހްގެ ކޮމެންޓަށް ކްލޮޕް ބަސް ބުނެފި
ކޮންޓްރެކްޓާމެދު ގޮތެއް ނިންމުންއޮތީ ސަލާހު އަތްމަތީގައި
ސަލާހު އެކަންޏެއް ނޫން، ޓީމު ވެސް ތަފާތު: ސިމިއޯނީ
ބްރެންޓްފޯޑަށް ލިބުނީ ހައްގު ޕޮއިންޓެއް: ކްލޮޕް
ސަލާހާ ބެހޭގޮތުން ދައްކާ ވާހަކަތައް ކްލޮޕް ދޮގުކޮށްފި
ސަލާހަށް ޕްރެޝަރުކުރަނީ މީޑިއާ އިން: ކްލޮޕް
ލިވަޕޫލާއެކު ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ސަލާހް