14 އޮކްޓޯބަރ 2021
ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމަކަށް މީރާގެ ފަރާތުން ވަޑައިގަންނަވަން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ވަކި ބޭފުޅުންތަކެއް އައްޔަން ކުރައްވާފައި ވަނިކޮށް، ބައެއް ބޭފުޅުންނަށް ވަޑައިނުގެނެވޭނެ ކަމަށް ފަހު ވަގުތު އީމެއިލަކުން އަންގައި، ވަކީލަކާ ނުލައި މީރާއިން ކޯޓަށް ހާޒިރުވުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެގޮތަށް އަމަލު ނުކުރުމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެދިވަޑައިގެންފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމަކަށް މީރާގެ ފަރާތުން ވަޑައިގަންނަވަން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ވަކި ބޭފުޅުންތަކެއް އައްޔަން ކުރައްވާފައި ވަނިކޮށް، ބައެއް ބޭފުޅުންނަށް ވަޑައިނުގެނެވޭނެ ކަމަށް ފަހު ވަގުތު އީމެއިލަކުން އަންގައި، ވަކީލަކާ ނުލައި މީރާއިން ކޯޓަށް ހާޒިރުވުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެގޮތަށް އަމަލު ނުކުރުމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެދިވަޑައިގެންފި އެވެ.
މީރާއިން ލަނޑާގިރާވަރާއި އެޗްޕީއެލް ރިޒޯޓްސްއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ޓެކްސް މައްސަލާގައި މިއަދު އޮތް އޮންލައިން އަޑުއެހުމަށް މީރާގެ ފަރާތުން ވަކީލަކު ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. މީރާއިން ހާޒިރުވީ ބަދަލުގައި ހަމަޖެއްސި ފަރާތެއް ކަމަށްވާ އައިމިނަތު ނައިފާ އާއި މީރާގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ މުއާޒް އެކަންޏެވެ.
މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު، އުއްތަމަފަނޑިޔާރު ފާހަގަކުރެއްވީ، މައްސަލައަށް ހާޒިރުވާނެ ފަރާތްތައް ކޯޓަށް އަންގަވައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ދެ ސިޓީއެއް މިދިޔަ މަހު ސުޕްރީމް ކޯޓަށް ފޮނުއްވާފައިވާ ކަމެވެ. އޭގެ ތެރެއިން އެންމެ ފަހުން ފޮނުއްވި ސިޓީގައި އެންގެވީ ހަތަރު ބޭފުޅަކު ހަމަޖެއްސި ކަމެވެ. ކޯޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެއްސި ބޭފުޅުންގެ ތެރޭގައި ލީގަލް ކޮންސަލްޓެންޓަކު ވެސް ހިމޭނެކަން ފާހަގަކުރެއްވި އެވެ.
އެ ސިޓީތަކާ އެއްގޮތަށް އިންތިޒާމުތައް ހަމަޖައްސާފައި ވަނިކޮށް، މިއަދުގެ އަޑުއެހުމުގެ ކުރިން ހެނދުނު އީމެއިލެއް ފޮނުވައި ހަތަރު ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުންނަށް ވަޑައިނުގަނެވޭނެކަން މީރާއިން އަންގާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މީރާއިން އަމަލުކުރި ގޮތަށް އިޝާރާތް ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ ޝަރީއަތް ހިންގޭނެ ގޮތެއް ނޫން ކަމަށެވެ. ކޮމިޝަނާ ޖެނެރަލް ވަކި ބޭފުޅަކު އައްޔަންކުރައްވާފައި ވަނިކޮށް ފަހު ވަގުތު އީމެއިލެއް ފޮނުވައިގެން އެކަން ބަދަލެއް ނުކުރެއްވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މީރާއިން ވަރަށް ހަނދުމަފުޅު ބަހައްޓަން ޖެހޭނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ބަހައްޓަނީ ވަކި އުސޫލަކުން. މިގޮތުން މީރާގެ އިސްކޮށް ހުންނަވާ ކޮމިޝަނާ ޖެނެރަލް ވަކި ބޭފުޅުންނެއް އައްޔަން ކުރައްވާފައި އޮއްވައި ފަހުން އީމެއިލަކުން މިކޮޅަށް އަންގަވައިގެން، މީއްޗެއްސަކީ އެގޮތަށް ބަދަލުކުރެވޭނެ އެއްޗެއްސެއް ނޫން. ތިބޭފުޅުންނަށް ވެސް އެކަން ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"މިގޮތަކަށް އީމެއިލެއް ފޮނުއްވާލައްވާފައި މީރާ ކަހަލަ ޒިންމާދާރު އޮތޯރިޓީއަކުން، ގާނޫނަކުން އުފެދިފައި އޮންނަ އޮތޯރިޓީއަކުން އަމަލުކުރެއްވީމާ ތަންކޮޅެއް ހައިރާންކަމެއް އެބަ އާދޭ. މިގޮތަށް މިކަން ނުކުރެއްވުމަށް އަޅުގަނޑު ދަންވަން،" އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.
މީރާ އަކީ އަމިއްލައަށް ދައުވާ ކުރުމާއި ދައުވާ ލިބުމުގެ ބާރު އޮތް އޮތޯރިޓިއަކަށް ވާއިރު ސުޕްރީމް ކޯޓުގެ މައްސަލައަކަށް އަންނަ އިރު މީރާގެ ވަކީލަކު ނެތޭ ބުނުމަކީ، އަދި ވަކީލަކު ނޫން މީހަކު އައުމަކީ ވެސް ވަރަށް ހައިރާންވާ ވަރުގެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ފޮނުއްވާއިރު މީރާގެ ވަކީލަކު ނެތޭ، ނުވަތަ ވަކީލަކު ނެތިގެން ވަކީލަކު ނޫން މީހަކު އައުން އެއީ ވަރަށް ހައިރާން ކުރަނިވި ކަމެއް: އުއްތަމަފަނޑިޔާރު
"މީރާއަކީ އެތައް ބިލިއަން ރުފިޔާއެއްގެ ޓެކްސް ނެގުމުގެ ނިޒާމު ވަކި އުސޫލަކުން ގާނޫނަކުން ހަމަޖެހިގެން ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި މިކަހަލަ ކަންތައްތަކާ އެއްގޮތަށް އުފެދިފައި އޮތް އޮތޯރިޓީއެއް. އެހެންވީމަ މިކަމަށް ސަމާލުކަން ދެއްވަން ޖެހޭނެ. އަދި ސުޕްރީމް ކޯޓަށް ފޮނުއްވާއިރު މީރާގެ ވަކީލަކު ނެތޭ، ނުވަތަ ވަކީލަކު ނެތިގެން ވަކީލަކު ނޫން މީހަކު އައުން އެއީ ވަރަށް ހައިރާން ކުރަނިވި ކަމެއް،" އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.
"ބޮޑެތި މައްސަލަތަކުގައި ގާނޫނީ ވާހަކަތައް ދެއްކުމަށް ހާޒިރުވާން ޖެހޭނީ އެކަމުގެ ސަނަދާއި ގާބިލިއްޔަތު ހުރި އަދި އެތަނެއްގެ ހުއްދަ ލިބިފައިވާ ވަކީލެއް ލީގަލް ވާހަކަތައް ދައްކަވަން."
ޓެކްނިކަލް ވާހަކަތައް ދައްކަވަން އެހެން ބޭފުޅުން ގެނަޔަސް، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކުރިން ލީގަލް ކޮންސަލްޓެންޓަކު ހަމަޖެއްސިކަން ކޯޓަށް އަންގަވާފައިވާއިރު، ގާނޫނީ ވާހަކަތައް ދައްކަވަން ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އެ ބޭފުޅާ ކަމަށް ވެސް ވިދާޅުވި އެވެ.
މީރާގެ ފަރާތުން ބަދަލުގައި އައި ނައިފާ ވަނީ އީމެއިލްގެ ޒަރީއާއިން އެ މައުލޫމާތު ފޮނުވީތީ މާފަށް އެދިވަޑައިގެންފަ އެވެ. އީމެއިލްއެއް ފޮނުވީ އެގޮތަށް އަމަލު ކުރިޔަސް އެންމެ ރަނގަޅު ކަމަށް ކޯޓުން ބުނުމުން ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެހެން ނޫން ނަމަ ކޮމިޝަނާ ޖެނެރަލްގެ ސިޓީއަކުން ވެސް އެކަން އެންގުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެހެން ވިދާޅުވިޔަސް، ހުރިހާ ކަމެއް ހަމައެއް ނުޖެހޭ ކަމަށް ވިދާޅުވެ، ކުރިން ދެއްކެވި ވާހަކަތައް އުއްތަމަފަނޑިޔާރު ތަކުރާރު ކުރެއްވި އެވެ.
އީމެއިލުން އެދުނު ގޮތަށް މިއަދުގެ އަޑުއެހުން ކުރިއަށްގެންދެވޭނެ ކަމަށް އެ މަނިކުފާނަށް ފެނިވަޑައިނުގަތުމުން ނިންމެވީ މިއަދުގެ އަޑުއެހުން ކުރުކޮށްލާށެވެ. ދެން އޮންނަ އަޑުއެހުމަކަށް ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ ވަކީލަކާއެކު ވަޑައިގަތުމަށް ވެސް އެންގެވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަން މީރާ އަކީ އެތައް ބިލިއަން ރުފިޔާއެއްގެ ޓެކްސް ރެވެނިއުއެއް ނަގާ ތަނަކަށް ވާތީ މި ގާބިލިއްޔަތު ހުންނާނެ ކަމަށް. އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުމުގެ ހުއްދަ އޮންނަ ވަކީލަކު އައްޔަން ކުރެއްވޭނެ ކަމަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މި މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
ޖޫރިމަނާއާ ބެހޭގޮތުން ޔާމީން ހެއްދެވީ އިތުރުފުޅެއް
އިސްތިއުނާފުން ތަންފީޒު ފަސްކުރުން ލާޒިމެއް ނޫން
ހުކުމާއެކު ގާނޫނީ ހުސްކަމެއް: ފީ ދައްކާނީ ކޮންތާކަށް؟
މީރާ އަށް ދައުވާކުރެވޭނީ ޓެކްސްގެ ފައިސާ ހޯދަން: ސުޕްރީމް ކޯޓު
މި އަހަރުގެ ރަން ލާރި އެވޯޑު 17 ފަރާތަކަށް ލިބިއްޖެ
ވިލާ އިން 2.9 ބިލިއަން ރުފިޔާ ދައްކާކަށް ނުޖެހޭނެ
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ: ވިލާގެ ވަކީލުން
މީރާގެ ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް އަމީޒާ
އާ ހެކިތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ