Roadha Mihaaru
އުފަންވެނި ސިއްހަތަށް ފަރުވާ ދިނުމަށް ސެންޓަރެއް

އުފަންވެނި ސިއްހަތަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ސެންޓަރެއް ހުޅުވައިފި

13 އޮކްޓޯބަރ 2021

ރިޕްރޮޑަކްޓިވް ނުވަތަ އުފަންވެނި ސިއްހަތަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޕްރޮޑަކްޓިވް ނުވަތަ އުފަންވެނި ސިއްހަތަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.

އެ ހޮސްޕިޓަލުގައި މީގެ ކުރިން އުފަންވެނިވި ސިއްހަތުގެ ފަރުވާ ދިނީ ހޮސްޕިޓަލުގެ ތެރޭގައި ކުޑަ ޔުނިޓެއް ހަދައިގެންނެވެ. އޭގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވި އެވެ.

ނަމަވެސް، ޔޫއެންޑީޕީގެ އެހީގައި ގާއިމްކުރި ސެންޓަރުން އާ ހިދުމަތްތައް ތައާރަފުކޮށް، މާބަނޑު މީހުންގެ ކްލިނިކް، ތުއްތު ދަރިފުޅާއި މައިމީހާގެ ކްލިނިކް، އާއިލާ ރޭވުމުގެ ހިދުމަތް އަދި ފުރާވަރު އުމުރުގެ ކުދިންނަށް ކައުންސެލިން ދޭން ވަނީ ފަށައިފަ އެވެ.

އެ މަރުކަޒު ހުންނާނީ، ހޮސްޕިޓަލުގެ ގޯތިތެރޭގައި މި ފަހުން ހުޅުވި ހަ ބުރީގެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގަ އެވެ.

އުފަންވެނި ސިއްހަތަށް ފަރުވާ ދޭ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދު ވަނީ މެޑިކަލް ސާމާނުތައް އަޕްގްރޭޑުކޮށް މުވައްޒަފުންނަށް އިތުރު ތަމްރީނު ދީ، އާއްމުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދެވޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެ ހިދުމަތް ހޯދުމަށް ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހު 3350127 ނަމްބަރަށް ގުޅައި އެޕޮއިންޓްމަންޓު ހެދޭނެ އެވެ.