13 އޮކްޓޯބަރ 2021
ބިން އޮތް ރަށްތަކުން، އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދިނުމުން ކުރިއެރުން އަންނާނެ ކަމަށާއި އެކަމުގައި ކައުންސިލްތަކުގެ ވިސްނުން ހުޅުވައިލަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ބިން އޮތް ރަށްތަކުން، އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދިނުމުން ކުރިއެރުން އަންނާނެ ކަމަށާއި އެކަމުގައި ކައުންސިލްތަކުގެ ވިސްނުން ހުޅުވައިލަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ ރަށަކުން އެހެން ރަށެއްގެ މީހަކަށް ގޯއްޗެއް ދިނުމަކީ ގާނޫނީ ގޮތުން މަނާކަމެއް ނޫން ކަމަށާއި އެއްވެސް ރަށަކުން އެގޮތަށް ގޯތި ނުދޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ޅ. މާފިލާފުށިން ގޯތި ނެގި މީހުންނަށް ބަދަލުދިނުމުގެ ގޮތުން އެހެން ރަށްރަށުން ދޫކުރަން ސަރުކާރުން އެދުނު ގޯތިތައް ނުދީ އޮތްް އޮތުމެވެ.
ނަމަވެސް ރާއްޖޭގެ ނިޒާމު މިހާރު އޮތް ގޮތުން، މިނިސްޓްރީއަކުން ކައުންސިލަކަށް ވަކި ކަމެއް ކުރަަން މަޖުބޫރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތަންކޮޅެއް ބޮޑަށް ހުޅުވިލަން އެބަޖެހޭ. ކައުންސިލްތަކުން ވެސް، އެއީ ކޮންމެހެން ލާޒިމުކަމަކަށް ވެގެންނެއް ނޫން، ހެޔޮވިސްނުމުގައި ވިސްނައިފިއްޔާ، އެރަށަކަށް ބޭރުން ބަޔަކު ގެނެސްފިއްޔާ އެ އެރަށް ތަރައްގީވެގެން ދާނެ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް، އެހެން ރަށްރަށުގެ މީހުންނަށް ޖާގަ ދިނުމަކީ އޭނާ ކައުންސިލްތަކަށް ދެއްވާ ވަރަށް ވަރުގަދަ ލަފައެއް ކަމަށެވެ. މާލޭޭ މީހަކު އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން އެދޭ ނަމަ އެ ފުރުސަތު ދޭން އޭނާ ގޮވައިލެއްވި އެވެ. މާލެ ތަރައްގީކުރީ މާލޭމީހުންގެ ސަބަބުން ނޫން ކަމަށާއި އެހެން ރަށްރަށުން މީހުން އައިސްގެން ކަމަށާއި ހަމަ އެގޮތަށް ރަށްތައް ވެސް ތަރައްގީ ވާނީ އެހެން ރަށްރަށުން މީހުން ގޮސްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެއްވެސް ރަށަކުން ނުދޭ. ހަމަ ދޭކަށް ބޭނުމެއް ނުވޭ. ހަމަ ސީދާ ރަށު މީހާއަށް ނޫން މީހަކަށް ދޭކަށް ބޭނުމެއް ނުވޭ، އެންމެ އިންޗިއެއް ވެސް،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ރަށްރަށުން ހިއްކާފައިވާ ބިންތަކުގެ 30 ޕަސެންޓްގެ 30 ޕަސެންޓް ނަމަވެސް ވިއްކާ ގޮތަށް ހަމަޖައްސާތޯ ބައެއް ކައުންސިލްތަކާ އޭނާ މަޝްވަރާކުރެއްވި އެވެ. ބިންް ވިއްކާފައި ލިބޭ ފައިސާ ކައުންސިލަށް ލިބޭ ގޮތަށް ވާހަކަ ދެއްކެވީމާ ވެސް ކައުންސިލްތަކުން އެއްބަސްނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް އަސްލަމާ ސުވާލުކުރައްވަމުން އާޒިމް ވިދާޅުވީ އަސްލަމް މިނިސްޓަރުކަމަށް ވަަޑައިގެންނެވިތާ ތިން އަހަރު ދުވަސް ވާއިރު ބޯހިޔާވަހިކަމާ ބެހޭ ގޮތުން މާލޭގެ ރައްޔިތުންނަށް މާ އުޖާލާ ވާހަކައެއް ނީވޭ ކަމަށެވެ. އަތޮޅުތަކުގައި ހިލޭ ވެސް ގޯތި ދޫޫކުރަމުން އަންނަ އިރު މާލޭގެ ރައްޔިތުންނަށް އެއްވެސް ލުޔެއް ނުލިބޭ އިރު އެއީ އިންސާފު ކަމަށް ގަބޫލުކުރައްވަންތޯ އާޒިމް އެއްސެވި އެވެ.
އަސްލަމް ވިދާޅުވީ މާލެ ނޫނަސަސް، ބިންފުރިފައިވާ ރަށްރަށުން ގޯތި ދޫނުކުރެވޭ ކަމަށެވެ.
ފަޅުރަށްތަކުގެ ބާރު ދޭންޖެހޭނީ ކައުންސިލްތަކަށް
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
އާބަން ޑިވެލޮޕްމަންޓު ބިލްގެ ނަތީޖާއަކީ ކޮބާ؟
ބިލުން ކައުންސިލްތަކުގެ ދައުރު ހަނިވޭ: މިނިސްޓްރީ
ބައި-އިލެކްޝަން ދެން ބާއްވާނީ އަހަރަކު ދެ ފަހަރު
ބައި އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވަން ފާސްކޮށްފި
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
އިންތިހާބުތައް މަދުނުކޮށް އީ-ވޯޓިންއަށް ދާން ގޮވާލައިފި
އަހަރަކު ދެ ފަހަރު ބައި އިލެކްޝަން ބާއްވަން އިސްލާހެއް