ލާމަރުކަޒީ ނިޒާމު އުފަންކުރީ އެމްޑީޕީން ކަމަށް ބުނުން ފިޔަވައި އިތުރު ކަމެއް އެ ނިޒާމު ކުރިއަރުވަން އެ ޕާޓީން ނުކުރާ ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލީ ވެސް އެމްޑީޕީން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމު އުފަންކުރީ އެމްޑީޕީން ކަމަށް ބުނުން ފިޔަވައި އިތުރު ކަމެއް އެ ނިޒާމު ކުރިއަރުވަން އެ ޕާޓީން ނުކުރާ ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލީ ވެސް އެމްޑީޕީން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އޭނާ އެހެން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅުމާ ގުޅިގެންނެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު މާލޭ ސިޓީ ކައުންސިލްގައި އޮތީ އެ ޕާޓީގެ ސިޔާސީ ފިކުރާ އިދިކޮޅު ފިކުރަކަށް ވާތީ އެ ކައުންސިލްގެ ތެރެއިން ކުންފުނި އުފެއްދުމުގެ ހުއްދަ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައި އޮތް ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގައި އޭރު އޮތީ ޕީޕީއެމްގެ ބޮޑު އަޣުލަބިއްޔަތު ކަމަށް ވާތީ އެ ކައުންސިލަށް ގާނޫނުން ބާރު ލިބޭ ލޯކަލް އޮތޯރިޓީ ކުންފުނިން އުފެއްދުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ނުދީ ހިފެހެއްޓި ކަމަށް ޝުޖާއު ތަކުރާރުކޮށް ވިދާޅުވި އެވެ.
މާލޭގެ ބައެއް ބިންތައް ދެއިރު ދެދަޅަ އަށް 24 ގަޑިއިރު ތެރޭގައި ސަރުކާރަށް ނަގަމުން ދިޔަ ދުވަސްވަރެއް ވެސް އަޅުގަނޑުމެން ތަޖުރިބާ ކުރިން.--- ޝުޖާއު
މާލޭ ސިޓީ ކައުންސިލްގެ މެމްބަރުކަން ވެސް ކުރެއްވި ޝުޖާއު ވިދާޅުވީ، 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރުމުން އެ ކައުންސިލްތައް ނިސްބަތްވާ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ވެސް އޭރުގެ އެމްޑީޕީގެ ސަރުކާރުން ހިފެހެއްޓި ކަމަށެވެ.
"މާލޭގެ ބައެއް ބިންތައް ދެއިރު ދެދަޅަ އަށް 24 ގަޑިއިރު ތެރޭގައި ސަރުކާރަށް ނަގަމުން ދިޔަ ދުވަސްވަރެއް ވެސް އަޅުގަނޑުމެން ތަޖުރިބާ ކުރިން. މިއަދު އެހެން ފެނޭތޯ؟ މިއަދު ތަންމިނަށް އެ އޮތީ ބާރުތައް ދީފައި. އެއްވެސް ބިމެއް މައި ސަރުކާރަށް ނެގި ތަން ފެނިގެން ދިޔަތޯ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެފި ފަހުން. ނުނަގައޭ އިނގޭތޯ،" ޝުޖާއު ވިދާޅުވި އެވެ.
ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު މާލޭގެ އުސްފަސްގަނޑާއި އިންޑަސްޓްރިއަލް ވިލެޖު ވެސް ކުއްލި ގޮތަކަށް ސަރުކާރުގެ ދަށަށް ބަދަލުކުރި ކަމަށެވެ.
"ދަންނަވަން މި އުޅެނީ ތިމަންނަމެން އުފަންކުރި ނިޒާމެކޭ ކިޔާފައި މި ނިޒާމުގެ ބާރު ކަނޑުވާލީ އެމްޑީޕީން،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރުވެރިކަން ނިގުޅައިގަތުމުގެ ބަދަލުގައި އިތުރަށް ވާނީ ބާރުވެރި އެވެ.
ޝުޖާއު ވިދާޅުވީ، އިސްލާހުތަކުން ނުބައި ތަސައްވުރެ ދިނުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ.
"މީގައި މި ބުނަނީ ކައުންސިލްތަކުން ވިޔަފާރި ކުރާށޭ ލޯކަލް ގަވަމަންޓް ކުންފުނިތައް މެދުވެރިކޮށް. ކުރާއިރުގައި އެ ރަށެއްގައި އާންމު ރައްޔިތަކު ކުރާ މަސައްކަތެއް ނުކުރާށޭ. ދިހަ މިލިއަނަށް ވުރެ ބޮޑު އަދަދެއްގެ ވިޔަފާރިއަކަށް ނުވާށޭ. އަދި ހަމަ އެހެންމެ ކައުންސިލުން ކުރަން ކަނޑައަޅާ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއާ ކޮންމެހެން ގުޅިފައިވާ މަސައްކަތަކަށް ވާާށޭ،" ބިލްގެ ބައެއް ތަފުސީލްތައް ތިލަކޮށްދެއްވަމުން ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއީ ލާމަރުކަޒީ ނިޒާމު ފުނޑާލުން ކަަމަށް މާނައެއް ނުކުރެވޭނެ ކަމަށެވެ.
ކައުންސިލްތަކުގެ މާލީ ހަރަދުތައް ކުރުން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިި އިސްލާހުތަކުގެ ތެރެއިން އެއް ކަމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރުމެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެއީ:
1- ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުން.
2- ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
ބިލްގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައި ވާ ގޮތުން1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.
2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.
3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.
ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުއްޔާއި ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުއްޔެވެ.
ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.
"މަރުކަޒީވިސްނުމުގެ ހިތިނަތީޖާ ފެންނާނީ ރައްޔިތުންނަށް"
ލާމަރުކަޒީ ގާނޫނުގެ އިސްލާހުތައް ނަގަން ގޮވާލައިފި
ކައުންސިލަރުން މަދުކުރާ ގަރާރަށް އެމްޑީޕީގެ ފާޑުކިޔުން
"ކައުންސިލްތައް ނުލިބުމުން ގާނޫނު ބަދަލުކުރުން ހުތުރު"
ކައުންސިލްތަކުގެ ހަރަދުތައް ހަނިކުރާ އިސްލާހުތަކެއް!
ކައުންސިލަރުންގެ އަދަދާ ގުޅޭ ގަރާރު ބަލައިގެންފި
ބައިއިލެކްޝަން މަދުކުރާ ބިލް ކޮމިޓީން ފާސްކޮށްފި
ޑަބްލިއުޑީސީތަކަށް ރޯދައިނާޔަތް ދޭ އިސްލާހު ހުށަހަޅައިފި
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
އާބަން ޑިވެލޮޕްމަންޓު ބިލްގެ ނަތީޖާއަކީ ކޮބާ؟