11 އޮކްޓޯބަރ 2021
ކުރީގެ ރައީސް މުހައްމަދު އަމީންދީދީގެ ވެރިކަން ވައްޓައިލުމަށް ފަހު އެ މަނިކުފާނަށް އޭރު ކުރި ހުކުމް ބާތިލުކޮށްދީ އެ މަނިކުފާނަށް ކުރި އަނިޔާގެ މައްސަލަ ބަލައިދޭން އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން އެ އޮފީހުން ނިންމައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު އަމީންދީދީގެ ވެރިކަން ވައްޓައިލުމަށް ފަހު އެ މަނިކުފާނަށް އޭރު ކުރި ހުކުމް ބާތިލުކޮށްދީ އެ މަނިކުފާނަށް ކުރި އަނިޔާގެ މައްސަލަ ބަލައިދޭން އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން އެ އޮފީހުން ނިންމައިފި އެވެ.
އަމީންދީދީގެ ވެރިކަން 1953 ވަނަ އަހަރު ވައްޓާލުމަށް ފަހު ޝަރީއަތް ހިންގި ގޮތާއި އެ މަނިކުފާނަށް ކުރި އަނިޔާގެ މައްސަލަ ބަލަން ނިންމާފައިވާ ކަން އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހުން އެންގީ އެ މައްސަލަ ހުށަހެޅުއްވި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އަށް ލިއުމުން ދިން ޖަވާބުގަ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ބޮންޑޭއަށް ދިން ޖަވާބުގައި ބުނީ އޭނާ ހުށަހެޅުއްވި މައްސަލައަކީ އިންތިގާލީ އިންސާފުގެ ގާނުނުގެ ދަށުން ބެލޭނެ މައްސަލައެއް ކަމަށް ނިންމާފައިވާ ކަމަށެވެ. އެ މައްސަލަައަކީ އާއްމު މަސްލަހަތާއި ގުޅުންހުރި މައްސަލައަކަަށް ވާތީ އާއި އެއީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައަަކަށް ވާތީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭނީ މައުލޫމާތު ހޯދައިގެން ކަމަށް ވެސް ބޮންޑޭއަށް އިންތިގާލީ އޮފީހުން ފޮނުވި ސިޓީގައި ބުންޏެވެ.
މިދިޔަ މަހުގެ 12 ގައި ބޮންޑޭޭ ހުށަހެޅުއްވި އެ މައްސަލައިގަައި ވިދާޅުވީ އަމީން ދީދީ އަށް އަނިޔާކުރުމަށް ފަހު، ފައްޖެހި އެނދަކަަށް ލަައިގެން މާލެ ގެނެސް "ބިރުވެރި ޝަރީއަތެއް" ހިންގާފައިވާ ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ދައުލަތުން ސާފުކޮށްދޭން އެދިވަޑައިގަންނަވާ ކަަމަށެވެ. އަމީން ދީދީގެ ވެރިކަން ވެއްޓުމަށް ފަހު، އެ މަނިކުފާނާ މެދު ހިނގައިދިޔަ އަނިޔާވެރި ކަންތައްތައް ޝަކުވާއެއްގެ ގޮތުގައި ހުށަހަޅުއްވައި އޭގެ "ފަރުވާއެއް" ގެ ގޮތުގައި ބޮންޑޭ ހުށަހެޅުއްވީ އޭރު ކުރި ހުކުމް ބާތިލު ކޮޮށްދިނުމަށެވެ.
"އަޅުގަނޑުމެން އެދޭ ފަރުވާ އަކީ އަލް މަރްހޫމް މުހައްމަދު އަމީންއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަން ސާފުކޮށްދިނުމާއި ޚާއިނެއް ކަމަށް ބުނެ އެ ބޭފުޅާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރުމެވެ،" އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަަލަ ހުށަހެޅުއްވި ފޯމުގައި ބޮންޑޭ ލިއުއްވާފައިވެ އެވެ.
އަމީނުގެ ވެރިކަން ވައްޓަައިލުމަށް ފަހު، އޭނާ އަށް ކުރި ހުކުމް، ރަސްމީ އެއްވެސް ލިޔެކިއުމަކުން ފެންނަން ނެތް ކަމަށް ވިދާޅުވެ، އެކަން ސާފުކޮށްދޭން ވެސް ބޮންޑޭ ހުށަހެޅުއްވި އެވެ. ނަމަވެސް ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރަސްމީ ލިޔެކިއުންތަކުން އެ ހުކުމް ފެންނަން އެބައޮތެވެ.
އަމީންދީދީއަށް އިންސާފު ހޯދައިދޭން އެދި ހުށަހަޅައިފި
އިންތިގާލީ އިންސާފުގެ އޮފީހުން ކެމްޕެއިނެއް ފަށަނީ
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އިސްތިއުފާދީފި
އަމީނުގެ މައްސަލަ: މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
65 އަހަރުގެ އަނިޔާއަށް އިންސާފު ވީ ކޮންތާކު؟
ސަލާމަތީބާރުތަކުން ޓީވީއެމަށް ވަން މައްސަލަ ހުށަހަޅައިފި
ނ. އަތޮޅުގެ ރަށްތައް ވިއްކި ގޮތް ބަލަނީ
އިންތިގާލީ އިންސާފުގެ 19 މައްސަލައެއް ތަހުގީގުކުރަނީ
އަމީނަށް ހެދި ގޮތް ދިފާއުކުރުން ނުރައްކާތެރި: ޕީއެންސީ
ޒާތީ މައުލޫމާތު އާއްމުކުރުމުން ފުލުހުންނަށް ފާޑުކިޔުން!