12 ސެޕްޓެމްބަރ 2021
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު، ޓީވީއެމް ހިންގާ އިމާރާތަށް ސަލާމަތީ ބާރުތަކުން ވަދެ، އެ ތަނުގެ ކޮންޓްރޯލް ނެގި މައްސަލަ ބަލަން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު، ޓީވީއެމް ހިންގާ އިމާރާތަށް ސަލާމަތީ ބާރުތަކުން ވަދެ، އެ ތަނުގެ ކޮންޓްރޯލް ނެގި މައްސަލަ ބަލަން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފި އެވެ.
ފެބްރުއަރީ 2012 ގައި ނަޝީދުގެ ވެރިކަން ބަދަލުވިއިރު، ސިފައިންނާއި ފުލުހުންގެ އިތުރުން އާންމުންގެ ބަޔަކު ވަނީ ދައުލަތުގެ މީޑިއާ ޓީވީއެމްގެ އިމާރާތަށް ވަދެ، އެ ތަނުގެ ކޮންޓްރޯލް އަތުލައިފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ މައްސަލަ ބަލައިދޭން އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އެ މައްސަލައިގައި ވަނީ ސިފައިންނާއި ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިބި ބަޔަކު ޓީވީއެމްގެ އިމާރާތަށް އެ ދުވަހު ވަދެ، އެ ތަނުގެ މުވައްޒަފުން ރަހީނުކޮށް، ޓީވީއެމްގެ ލައިވް ފްރީކުއެންސީ ހުއްޓުވާފައިވާ ކަމަށެވެ. އަދި ވީޓީވީގެ ލައިވް ފީޑް ޓީވީއެމްގެ ފްރީކުއެންސީގައި ދައްކާފައިވާ ކަމަށާއި އެފަދަ ކަމެއް ކުރެވޭނީ ޓީވީއެމްގެ މުވައްޒަފުންނަށް ބިރު ދައްކައިގެން ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
އޭނާ އެދިވަޑައިގެންފައިވަނީ ޓީވީއެމްގެ އިމާރާތަށް ސަލާމަތީ ބާރުތަކުން ވަދެ، އެ އަމަލު ހިިންގީ ކޮން ފަރާތެއްގެ އަމުރަކަށްތޯ ބެލުމަށާއި އެ އަމަލު ހިިންގީ ކޮން ބައެއް ތޯ ބަލައި، އެ މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި ދިނުމަށެވެ.
އިންތިގާލީ އިންސާފުގެ އޮފީހަކީ 1953 ވަނަ އަހަރުން ފެށިގެން މި ސަރުކާރު ފެށުމާ ހަމައަށް ދައުލަތުގެ ފަރާތުން ހިންގާފައިވާ ގާނޫނާ ޚިލާފް އަމަލުތައް ބެލުމަށް އުފައްދާފައިވާ މުއައްސަސާ އެކެވެ.
ސިފައިންގެ ފަރާތުން ފަލަސްތީނަށް 2.1 މިލިއަން
އުއްމީދަކީ އިންތިގާލީ އިންސާފު ލިބުން: ރިފްއަތު
ފެބްރުއަރީ 7 އާ ގުޅިގެން ފުލުހުން ވަކިކުރި: އިމްރާން
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ކުއްލި ހާލަތުގައި ދެން ގުޅަން ޖެހޭނީ 911 އަށް
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
"އެއްވެސް އިނާޔަތެއް ކަނޑާލުމުގެ ވިސްނުމެއް ނެތް"
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ