Roadha Mihaaru
ތުހުމަތުތަކަށް ނާޒިލު ރައްދު ދެއްވައިފި

ތުހުމަތުތަކަށް ނާޒިލު ރައްދު ދެއްވައިފި

11 އޮކްޓޯބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލަށް މިދިޔަ ހަފުތާފައި ބައެއް ފަރާތްތަކުން ކުރި ތުހުމަތުތަކަށް އޭނާ މިއަދު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލަށް މިދިޔަ ހަފުތާފައި ބައެއް ފަރާތްތަކުން ކުރި ތުހުމަތުތަކަށް އޭނާ މިއަދު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނާޒިލު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެއްވެސް ފިރިހެނަކަށް އޭނާގެ ޖިންސީ ގުނަވަނެއް ފެނިފައި ނުވާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނާއި ދާއިރާގެ މެމްބަރުންނަށް ދެއްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމަށް ޖިންސީ ފުރައްސާރަކުރި ކަަމަށް ތުހުމަތުކޮށް މަޖިލީހަށް މިދިޔަ ހަފުތާފައި ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މަޖިލީހުގެ އިދާރާ އަށް ހުށަހެޅުއްވީ ޖިންސީ ފުރައްސާރައަކަށްވާ ފަދަ އިޝާރާތެއް އަސްލަމާ ދިމާއަށް ނާޒިލް ކުރައްވައި "މި ވީޑިއޯ ކޮށްބަލާށޭ" ނާޒިލް ވިދާޅުވި މައްސަލަ އެކެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑު ދަންނަވައިލަން އޮތީ އަޅުގަނޑުގެ ޖިންސީ ގުނަވަނެއް، މި އިއްޒަތްތެރި މަޖިލީހުގައި މިތިބި މެމްބަރުންގެ ތެރެއިން އެންމެ ފިރިހެނަކަށް ވެސް ފެނިފައި ނޯންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ނާޒިލު ވިދާޅުވި އެވެ.

އަސްލަމްގެ އަނބިކަނބަލުން އައްޑޫ ހިތަދޫގައި ދިރިއުޅުއްވާ ގޭގަައި ރޯކުރަން މިދިޔަ ހަފުތާގައި ބަޔަކު މަސައްކަތް ކުރި މައްސަލައިގައި ވެސް ބައެއް ފަރާތްތަކުން ނާޒިލަށް ތުހުމަތު ކޮށްފައި ވެ އެވެ. އެ ތުހުމަަތަށް ރައްދު ދެއްވަމުން އޭނާ މިއަދު ވިދާޅުވީ، މީހުންނަށް އަނިޔާކުރުމާއި މުދަލަށް ގެއްލުންދިނުން ފަދަ ކަމެއް ކުރަން ދުވަހަކު ވެސް ނޫޅުއްވާ ކަމަށެވެ.

"އެ ކަހަލަ ކަންތަކަށްް ހިތްވަރު ދޭނެ މީހެއް ވެސް ނޫން އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަހަަލަ ކަންތަކުގައި އުޅޭނެ މީހެއް ވެސް ނޫން،" ނާޒިލު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ނާޒިލާއި އަސްލަމާ ދެމެދު އަރައިރުމެއް އުފެދުނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލް ވޯޓުފޮއްޓެއް ކައިރީ، ޝައްކުވާ ގޮތަކަށް އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުންނެވެ. އެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަމަށް ވާދަކުރައްވައި ނާޒިލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ.

އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ އައްޑޫ މޭޔަރު އަލީ ނިޒާާރުގެ ކޮއްކޮ އަންސަރު މޫސާ އެވެ. އިންތިހާބުގައި އަސްލަމް، ނާޒިލަށް ތާއީދު ނުކުރައްވައި އަންސަރަށް ތާއީދުކުރެއްވުމުން ދެ ބޭފުޅުންގެ މެދުގައި މައްސަލަ ގޯސްވިކަން ވަނީ އެނގިފަ އެވެ.