Roadha Mihaaru
އާދަޔާ ހިލާފު ބޮޑު ކިޑްނީގައި 35 ކިލޯ

އާދަޔާ ހިލާފު ބޮޑު ކިޑްނީގައި 35 ކިލޯ

08 އޮކްޓޯބަރ 2021

އިނގިރޭސިވިލާތުގެ ދުވަސްވީ ފިރިހެނެއްގެ ކިޑްނީ އާދަޔާ ހިލާފަށް ބޮޑުވަމުންދާތީ ދިމާވަމުން ދިޔަ މައްސަލަތަކާ ހެދި އެންމެ ފަހުން އޮޕަރޭޝަނަކަށް ރެކޯޑް ސައިޒެއްގެ ކިޑްނީ ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ދުވަސްވީ ފިރިހެނެއްގެ ކިޑްނީ އާދަޔާ ހިލާފަށް ބޮޑުވަމުންދާތީ ދިމާވަމުން ދިޔަ މައްސަލަތަކާ ހެދި އެންމެ ފަހުން އޮޕަރޭޝަނަކަށް ރެކޯޑް ސައިޒެއްގެ ކިޑްނީ ނަގައިފި އެވެ.

ކިޑްނީ ބޮޑުވެ، ބަނޑު ވެސް ފުފި ހެލިފެލި އުޅެން ދަތިވާ ހިސާބަށް ގޮސްފައި ވަނިކޮށް އިނގިރޭސިވިލާތުގެ ވިންޑްސާ އަށް ނިސްބަތްވާ ވޮރެން ހިގްސް، 54، ކިޑްނީ ނަގާފައި ވަނީ ދެ ގަޑިއެއްހާ އިރުގެ އޮޕަރޭޝަނަކަށް ފަހު އެވެ. އޭގައި ހުރި ލޮނދިތަކާ އެކު ކިޑްނީގެ ބަރުދަނުގައި 35 ކިލޯ ހުއްޓެވެ. ކުރިން އެންމެ ބޮޑު ކިޑްނީގެ ގޮތުގައި ރެކޯޑްކޮށްފައި ބަރުދަނުގައި 7.4 ކިލޯ ހުރި ކިޑްނީއެކެވެ އެވެ. އެއީ އިންޑިއާގެ 2019 ގައި ކުރި އޮޕަރޭޝަނަކަށް ފަހު ނެގި ކިޑްނީއެކެވެ.

ވޮރެންގެ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމައިލުމުން އޭނާގެ ފުފިފައިވާ ބަނޑު ވެސް މިހާރަކު ނެތެވެ.

އޭމާ މިހާރު އުންމީދު ކޮށްގެން ހުރީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން އަންނަ އަހަރު ފުރުސަތު ލިބޭނެ ކަމަށެވެ. ކިޑްނީ ބަދަލު ކުރަން ވަރަށް ގިނަ ބަޔަކު ކިއޫގައި ތިބޭތީ އެކަމަށް ރަޖިސްޓްރީކުރުމާއި ފުރުސަތު ލިބުން އިނގިރޭސިވިލާތުގައި ވަރަށް އުނދަގުލެވެ.

އެންމެ ދަރިޔަކު ހުރި އަދި ކުރިން އެކައުންޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ވޮރެން ބުނި ގޮތުގައި އޭނާ އަށް ދިމާވި ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް (ޕީކޭޑީ) ގެ ބައްޔާ ގުޅިގެން އުފުލަން ޖެހުނު ތަކުލީފާއި މިހާރު ޑައިލިސިސްއާ އެކު އުފުލަން ޖެހޭ ވޭން ސިފަކޮށްދޭން ވެސް އުނދަގުލެވެ. ޕީކޭޑީ އަކީ ކިޑްނީގެ ތެރޭގައި ދިޔާކޮށް ލޮނދި ހެދި، ކުދިކުދި ސިސްޓިކް ވެސް އުފެދެން ދިމާވާ ބައްޔެކެވެ.

އޮޕަރޭޝަނަށް ފަހު ވޮރެން ހުރި ގޮތް.

އޮޕަރޭޝަނަށް ފަހު ވޮރެން ހުރި ގޮތް.

މި ބަލީގެ ސަބަބުން ވޮރެންގެ ބަނޑު ފުހި މެޔާއި ފުއްޕާމެއާއި ހިތް ފަދަ ގުނަވަންތައް ފިތި ސިއްހީ އެތައް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.

"މިހާރު އެބަޖެހޭ ކޮންމެ ދެ ދުވަހަކުން ޑައިލިސިސް ހަދަން." ވޮރެން ބުންޏެވެ.

އޮޕަރޭޝަނަށް ފަހު އޭނާ ބޭނުން ކުރާނެ އިލެކްޓްރިކް ރިކިއުބެންޓް ޓްރައިސައިކަލެއް ގަންނަން ބޭނުންވާ ފައިސާ ހޯދަން މިދިޔަ ޖޫންގައި ގޯފަންޑްމީގައި ފަންޑު ހޯދަން ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެއިން ލިބުނު އެހީން މިހާރު ވަނީ އޭގެ އެއްޗެއް ހޯދައިފަ އެވެ.