މިހާރު ކުޅެމުން އަންނަ ބޮޑު ފިލްމު "އަދިޕިރުޝް" އަކީ ހިންދީ ސިނަމާގެ ތާރީހުގައި ރަން އަކުރުން ލިޔެވޭ ފެންވަރުގެ ފިލްމަކަށް ވާނެ ކަމަށާއި އެ ފިލްމުގައި ހިއްސާވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ސައިފް އަލީ ޚާން ބުނެފި އެވެ.
06 އޮކްޓޯބަރ 2021
މިހާރު ކުޅެމުން އަންނަ ބޮޑު ފިލްމު "އަދިޕިރުޝް" އަކީ ހިންދީ ސިނަމާގެ ތާރީހުގައި ރަން އަކުރުން ލިޔެވޭ ފެންވަރުގެ ފިލްމަކަށް ވާނެ ކަމަށާއި އެ ފިލްމުގައި ހިއްސާވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ސައިފް އަލީ ޚާން ބުނެފި އެވެ.
އޭނާ މިދިޔަ އަހަރު ނެގަޓިވް ރޯލަކުން ފެނިގެން ދިޔަ އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެ ޑައިރެކްޓަރު އޯމް ރައުތުއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމުގައ ވެސް ސައިފް ކުޅެނީ ވިލަންގެ ރޯލެކެވެ. "އާދިޕުރުޝް" ގެ ބަތަލަކީ "ބާހްބަލީ" ކުޅުނު ޕްރަބާސް އެވެ. އަދި ފިލްމުގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ.
މި ފިލްމާ ބެހޭ ގޮތުން އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ސައިފް، 51، ވަނީ "އާދިޕުރުޝް" އަކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް އެއް ފިލްމު ކަމަށްވާ ޑައިރެކްޓަރު ކޭ އާސިފްގެ 1960 ގެ "މުގްލޭ އާޒަމް" ކަހަލަ ފިލްމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
"އަހަންނަށް ހަމަ ވަރަށް ޔަގީން ހިންދީ ސިނަމާ އިން އެ ފިލްމަށް ލިބުނު ކަހަލަ މަގާމެއް އާދިޕުރުޝް އަށް ވެސް ލިބޭ ފެންވަރުގެ ފިލްމަކަށް ވާނެ ކަން. މީގެ މުޅި މަސައްކަތަށް ބަލާ އިރު ހަނދާނަށް އަންނަނީ ވެސް މުގްލޭ އާޒަމް އަށް އާސިފް ކޮށްފައިވާ މަސައްކަތްތަކުގެ މަތިން. އޭނަ އަލުން ފެންނަ ކަހަލަ." ސައިފް ބުންޏެވެ.
ފިލްމުގައި ލަންކޭޝް ކިޔާ ކެރެކްޓާއެއް ކުޅޭ އެކްޓަރު ބުނި ގޮތުގައި ވަރަށް ގްރޭންޑްކޮށް ހަދާ ހުރާފީ ފިލްމުގެ ސެޓްތަކާއި ކޮސްޓިއުމްތަކަކީ ވެސް އެހާމެ ފާހަގަކޮށްލެވޭ ކަންކަމެވެ.
"އެކްޓަރެއްގެ ހައިސިއްޔަތުން ފިލްމުގެ މަންޒަރުތަކަށް ތައްޔާރުވާން ނަގާ ވަގުތަކީ ވެސް މުޅިން ތަފާތު ތަޖުރިބާއެއް. ކޮސްޓިއުމްތައް އެހާ ހާއްސަވެފައި، މޭކަޕް ކުރުމާއި ދެން މުޅި ކެރެކްޓާ އަށް ތައްޔާރުވުމަކީ އާދައިގެ ކަމެއް ނޫން،" ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ ބުންޏެވެ ."މިއީ ވަރަށް ގިނަ އަދަދެއްގެ ބައެއްގެ މަސައްކަތް އެކުލެވޭ ވަރަށް ބުރަކޮށް މަސައްކަތް ވެސް ކުރަން ޖެހޭ ފިލްމެއް. މީގެ ކުރިން ފިލްމެއްގައި މަސައްކަތްކުރި އިރު ވަރުބަލި ނުވާ ވަރަށް އާދިޕުރުޝް އަކީ އުނދަގޫ ފިލްމެއް."
އަންނަ އަހަރުގެ އޮގަސްޓް 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "އާދިޕުރުޝް" އަކީ 500 ކްރޯޑް ރުޕީސް (67.09 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ޓީ ސީރީޒުން ހަދާ ފިލްމެކެވެ.
މިދިޔަ މަހު ރިލީޒްކުރި ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ރޯލެއް ވެސް ކުޅުނު ސައިފްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރިތިކް ރޯޝަނާ އެކު ކުޅޭ ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ރިމޭކް ވެސް ހިމެނެ އެވެ. އެންމެ އަވަހަށް ދެން ރިލީޒްވާން އޮތް ސައިފްގެ ފިލްމަކީ އަންނަ މަހުގެ 19 އަށް ތާވަލު ކޮށްފައިވާ ކްރައިމް ކޮމެޑީ "ބަންޓީ އޯރް ބަބްލީ 2" އެވެ.
އަކްޝޭ އާއި ޕްރަބާސްގެ ކުރިމަތިލުމެއް އަންނަ އަހަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޕްރަބާސްގެ "އާދިޕުރުޝް" ގެ ރޯލެއް ސިދާތަށް
ކްރިތީ އަށް ޑައިރެކްޓަރު އޯމްގެ ތައުރީފު
ފުރަތަމަ ދުވަހު "އަދިޕުރުޝް" ގެ ސެޓްގައި ރޯވެއްޖެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޕްރަބާސްއާ އެކު "އާދިޕުރުޝް" ގައި ކްރިތީ؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަޖޭ ވެސް ޕްރަބާސްގެ "އަދިޕުރުޝް" ގައި؟