04 އޮކްޓޯބަރ 2021
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އަހަރުގެ ކުރީކޮޅު ޓްވިޓާ އިން ދާއިމީކޮށް ބޭރުކުރި މައްސަލަ މީގެ ދެ މަހެއްހާ ދުވަސް ކުރިން ކޯޓަށް ހުށަހެޅުމަށް ފަހު، މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެކައުންޓް އިޔާދަކޮށްދޭން އެދި ދައުވާކޮށްފި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އަހަރުގެ ކުރީކޮޅު ޓްވިޓާ އިން ދާއިމީކޮށް ބޭރުކުރި މައްސަލަ މީގެ ދެ މަހެއްހާ ދުވަސް ކުރިން ކޯޓަށް ހުށަހެޅުމަށް ފަހު، މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެކައުންޓް އިޔާދަކޮށްދޭން އެދި ދައުވާކޮށްފި އެވެ.
އެކައުންޓް އިޔާދަކޮށްދޭން އެދި ޖެކް ޑޯޒީގެ ޓްވިޓާ އަށް ޓްރަމްޕް ދައުވާކުރައްވަން މިދިޔަ ހުކުރު ދުވަހު ހުށަހެޅުއްވީ ފްލޮރިޑާގެ ސަދަން ޑިސްޓްރިކް ކޯޓަށެވެ. ދައުވާގައި ބުނެފައި ވަނީ އެކައުންޓް ބްލޮކްކޮށްފައި އޮތީ ކޮންގްރެސްގެ މެމްބަރުތަކެއްގެ ނުފޫޒުގެ ސަބަބުން ކަމަށާއި އެކައުންޓް ބްލޮކްކޮށްފައި އޮތީ ވެސް ފްލޮރިޑާގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ކަމަށެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ޓްވިޓާ އެކައުންޓް ބްލޮކްކޮށްފައި އޮތީ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކަށްވާތީ އެކަމާ ނުރުހޭ ބަޔަކު އަޑީގައި ތިބެގެން، ސިޔާސީ ވާހަކަތައް ދެއްކުމަށް ހުރަސް އެޅުވުމުގެ ގޮތުންނެވެ.
އެހެންވެ އެކައުންޓް ބްލޮކްކޮށްފައި އޮތް މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެކައުންޓް ޓްވިޓާ އިން އިޔާދަކޮށް ދިނުމުގެ އަމުރަކަށް އެދިވަޑައިގެންފައިވެ އެވެ.
ވެރިކަމުގައި ހުންނެވި ދުވަސްވަރު "ޓްވިޓާގައި ވެރިކަން ކުރައްވާ ރައީސެއް" ގެ ގޮތުގައި މަޝްހޫރުވި ޓްރަމްޕްގެ އެކައުންޓް ދާއިމީކޮށް ބްލޮކްކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ ވެރިކަމުގެ ދެވަނަ ދައުރު ލިބިވަޑައިނުގަތުމުން ސަޕޯޓަރުންތަކަކަށް ހިތްވަރު ދެއްވައި ޖެނުއަރީ މަހުގެ 6 ގައި އެ މީހުން ލައްވައި، ގާނޫނު ހަދާ މަޖިލީސް، ކެޕިޓޮލްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
އެ މައްސަލަގަނޑާ އެކު ޓްރަމްޕްގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ފިޔަވަޅު އަޅާފައިވެ އެވެ. ފޭސްބުކުން ނިންމާފައި އޮތީ 2023 ގެ ކުރިން ޓްރަމްޕަށް ފޭސްބުކް ބޭނުންނުކުރެވޭ ގޮތަށެވެ. ޓްވިޓާ އާއި ފޭސްބުކްގެ އިތުރުން ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން ވެސް ފިޔަވަޅު އެޅުމުން އެ ކުންފުނިތަކާ ދެކޮޅަށް ޓްރަމްޕް އޮތީ މައްސަލަ ކޯޓަށް ވައްދައިފަ އެވެ.
އޭނާގެ ސޯޝަލް މީޑިއާ އެޕްތަކަށް ފިޔަވަޅު އެޅުމުން މި އަހަރުގެ ޖުލައި މަހު "ގެޓާ" ގެ ނަމުގައި ޓްވިޓާއާ ވައްތަރު އެޕެއް ލޯންޗް ވެސް ކުރި އެވެ.
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
ޓްވިޓާ އިން ޓެކްސަސްގެ އޭޖީ އަށް ދައުވާކޮށްފި
ވޮލްމާޓުން ވެސް ޓިކްޓޮކް ގަންނަން ނުކުމެއްޖެ
ޓްވިޓާގެ ކޮންޓްރޯލް ޓްރަމްޕުގެ އެކުވެރިއަކަށް؟
ޑޮނާލްޑް ޓްރަމްޕަަށް އަލުން ޓުވިޓާ އަށް ވަދެވޭނެ
ޓްރަމްޕްގެ އަމިއްލަ "ޓުވިޓާ" ޓެސްޓް ކުރަން ފަށައިފި
ޓްރަމްޕަށް "ހަމަލާދޭން" ރާވާ ވީޑިއޯއެއް ބުލޮކް ކޮށްފި
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް
ޓްވިޓާގެ ސީއީއޯ އިސްތިއުފާ ދީފި