Roadha Mihaaru
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު މަހަކަށް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި

30 ސެޕްޓެމްބަރ 2021

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 19 ވަނަ ފަހަރަށް އިތުރު ކުރަން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 19 ވަނަ ފަހަރަށް އިތުރު ކުރަން މިއަދު ނިންމައިފި އެވެ.

ރާއްޖެއިން ކޮވިޑް ފެނިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާން ކުރީ މާޗު 12، 2020 ގަ އެވެ.

އޭގެ ފަހުން މިއަދާ ހަމަ އަށް ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމަމުން އައިސްފައިވާއިރު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވައި މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމަ އަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮންނާނެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތަކަށް މިހާރު ވަނީ ވަރަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ.

މި ވަގުތު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަނީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ. އާންމުކޮށް ދުވާލަކު ޕޮޒިޓީވް ވަނީ 100-200 އާ ދެމެދުގެ މީހުންނެވެ. ކޮވިޑްގެ ވެކްސިން ޖަހަން ޖެހޭ އާބާދީގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އަދި މި ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވެސް މިހާރު ވަރަށް މަދެވެ.