30 ސެޕްޓެމްބަރ 2021
ކޮންގޯގައި އެބޯލާއާ ވައިރަހާ ދެކޮޅަށް މަސައްކަތްކުރި ދުވަސްވަރު އެ ގައުމުގެ ގިނަ އަންހެނުންތަކަކާއި އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ އެކަން ބަލަމުން އަންނަ އިރު، އޭގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 21 މުވަައްޒަފަކު ވެސް ހިމެނޭ ކަމަށް ބުނެފި އެވެ.
ކޮންގޯގައި އެބޯލާއާ ވައިރަހާ ދެކޮޅަށް މަސައްކަތްކުރި ދުވަސްވަރު އެ ގައުމުގެ ގިނަ އަންހެނުންތަކަކާއި އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ އެކަން ބަލަމުން އަންނަ އިރު، އޭގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 21 މުވަައްޒަފަކު ވެސް ހިމެނޭ ކަމަށް ބުނެފި އެވެ.
އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ އިރު ކޮންގޯގައި ސިއްހީ އެހީތެރިންގެ ގޮތުގައި ގޮތުގައި މަސައްކަތްކުރި 83 މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވެ އެވެ. އޭގެ ތެރޭގައި ސީދާ ކޮންގޯގެ މީހުންނާއި ގައުމުން ބޭރުގެ ސިއްހީ އެހީތެރިން ވެސް ހިމެނެ އެވެ.
އެބޯލާއާ ދެކޮޅަށް 2018-2020 އަށް ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރޭގައި އަންހެނުންނާއި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެ، އެކަން މިނިވަން ކޮމިޝަނަކުން ތަހުގީގުކޮށް 35 ސޮފްހާގެ ރިޕޯޓެއް ވެސް އެކުލަވާފައިވެ އެވެ.
އޭގައިވާ ގޮތުން ސިއްހި އެހީތެރިންތަކެއް ވަނީ ހޮސްޕިޓަލްތަކުގައި 50 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަ އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށްފަ އެވެ. އަދި ބައެއް އަންހެނުން މަސްތު ކޮށްގެން އެ މީހުންނާ އެކު ގަދަކަމުން ގުޅުން ހިންގައި، ރޭޕްކުރުމުގެ ސަބަބުން ދެ އަންހެނަކު ބަލިވެ އިނދެފައިވެ އެވެ.
WHO horrified over sexual exploitation by aid workers in DR Congo https://t.co/HhtM5nTCcW
— BBC News (World) (@BBCWorld) September 28, 2021
ޑަބްލިއުއެޗްއޯގެ މުފައްޒަފުންތަކެއް އެކަމުގައި ބައިވެރިވެފައިވާތީ އެ ޖަމާއަތުގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ އެކަމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގައި ބަހަނާއެއް ދެއްކުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި އިންސާނީ ކަރާމަތަށް ގެއްލުންވާ ފަދަ އަމަލުތަކެއް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
މައްސަލައިގެ ރިޕޯޓާ އެކު ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ ހަތަރު މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން ވެސް ބާތިލުކޮށްފަ އެވެ.
"މި ހިނގައިދިޔަ ކަންތަކާ ދޭތެރޭ ވަރަށް ބޮޑަށް މައާފަަށް އެދެން. އަދި ކުރިއަށް އޮތް ތަނުގައި ޑަބްލިއުއެޗްއޯއާ އެއްވެސް ގޮތަކުން ގުޅުމެއް އޮތް ބައެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ އަމަލެއް ނުހިންގާނެކަނުގެ ޔަގީންކަން ދެން،" އަންގާރަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި ޓެޑްރޯސް ވިދާޅުވި އެވެ. "އަހަރެމެންގެ މަސައްކަތުގެ އޮނިގަނޑު ވެސް މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަަށް ބައްޓަން ކުރުމުގެ ކަންކަން ކުރެވޭނެ."
ޓެޑްރޯސް.
އޭނާ ވިދާޅުވީ އެ ޖަރީމާ ހިންގި މުވައްޒަފުންނަށް ހަރުކަށި އަދަބު ދީ ޖަވާބުދާރީ ވެސް ކުރުވާނެ ކަމަށެވެ.
"އަދި އަނިޔާގެ ޝިކާރައަކަށްވި ހުރިހާ އެންމެންނަށް އެހީތެރިކަން ފޯރުކޮށްދޭނަން." ޓެޑްރޯސް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ޑެބްލިއުއެޗްއޯގެ އެފްރިކާ ބައްރުގެ ޑިރެކްޓަރު މަތުޝިޑިސޯ މޮއެޓީ ވިދާޅުވީ މުވައްޒަފުންތަކެއްގެ ފަރާތުން ޖަރީމާތަކެއް ފެންމަތިވުމަކީ ވަރަށް ވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އަނިޔާ ލިބުނު އެންމެންގެ ފަރާތުން މާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ޣައްޒާގެ ކާން ނުލިބި 8،000 ކުދިން ބަލިވެފައި
މިން ނަގަނީ ކަމަށް ބުނެ ކުއްޖަކާ ބެހުނުކަން ސާބިތުނުވި
ކުޑަކުއްޖަކު ރޭޕްކުރި މީހަކު 40 އަހަރަށް ޖަލަށް
ތިން އަހަރުގެ ކުއްޖަކާ ބެހުނު މީހާ ސަލާމަތެއްނުވި
ކުޑަކުއްޖަކާ ބެހުނު ތިން މީހަކު 10 އަހަރަށް ޖަލަށް
ކުޑަކުއްޖަކާ ބެހުނު އާއިލާ މީހަކު 57 އަހަރަށް ޖަލަށް
ރޭޕްކުރުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލި އަމުރު ބާތިލް
ކުއްޖާގެ ބަޔާން ބަދަލު ކުރިޔަސް، ސަލާމަތެއް ނުވި