29 ސެޕްޓެމްބަރ 2021
އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ އާއި ދެކުނު އެމެރިކާ މުބާރާތުގެ ޗެމްޕިއަން އާޖެންޓީނާ އިން އިންޓަކޮންޓިނެންޓަލް މެޗެއްގައި ވާދަކުރާގޮތަށް ހަމަޖެހިފައި ވާކަމަށް ޔޫރަޕާއި ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާއިން ބުނެފި އެވެ.
އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ އާއި ދެކުނު އެމެރިކާ މުބާރާތުގެ ޗެމްޕިއަން އާޖެންޓީނާ އިން އިންޓަކޮންޓިނެންޓަލް މެޗެއްގައި ވާދަކުރާގޮތަށް ހަމަޖެހިފައި ވާކަމަށް ޔޫރަޕާއި ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާއިން ބުނެފި އެވެ.
ޔޫއެފާ އާއި ކޮންމެބޮލް ގުޅިގެން ބާއްވަން ތައްޔާރު ވަމުން އަންނަ މި މެޗު ކުޅޭނީ އަންނަ އަހަރުގެ ޖޫން މަހު އެވެ. މެޗު ކުޅޭނެ ސީދާ ތާރީހަކާއި ކުޅޭނެ ދަނޑެއް އަދި ފައިނަލްވެފައި ނުވާ ނަމަވެސް، އިޓަލީގެ ނަޕޯލީގެ ހޯމް ސްޓޭޑިއަމް، ސްޓޭޑިއޯ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާގައި މެޗު ކުޅުމުގެ ފުރުސަތު ބޮޑު ކަމަށް ޔޫއެފާއިން ހާމަކުރެ އެވެ.
ޔޫރަޕާއި ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި މީގެ ކުރިން 1985 ވަނަ އަހަރާއި 1993 ވަނަ އަހަރު އާޓެމިއޯ ފްރަންކީ ޓްރޮފީގެ ނަމުގައި މެޗެއް ކުޅުނެވެ. ސްވިޑްންގައި 1992 ވަނަ އަހަރު ބޭއްވި ޔޫރޯ މުބާރާތް ކާމިޔާބުކުރި ޑެންމާކާ ދެކޮޅަށް ކުޅެ، ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ 1993 ވަނަ އަހަރު ކާމިޔާބުކުރި މުބާރާތަކީ އާޖެންޓީނާގެ ލެޖެންޑް މަރަޑޯނާ އޭނާގެ ކެރިއަރުގައި ހޯދި އެންމެ ފަހު ކާމިޔާބީ އެވެ.
ދެ ބައްރުގެ ފުޓުބޯޅަ އިދާރާއިން ވެސް ވަނީ ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް މުބާރާތް ބާއްވާގޮތަށް ފީފާ ކަލަންޑަރަށް ބަދަލު ނުގެންނަން ނިންމައިފަ އެވެ. އެ ބަދަލު ގެންނަން ހުށަހެޅީ ފީފާ އިންނެވެ. އަންނަ އަހަރު ބާއްވާ މި މެޗުގެ އިތުރުން މީގެ ދެ އެޑިޝަނެއް ބާއްވާނެ ކަމަށް ވެސް ޔޫއެފާއިން ހާމަކޮށްފައިވާ އިރު، ޔޫއެފާ އާއި ކެންމޮބެލްގެ މަސައްކަތްތަކަށް ހާއްސަ އޮފީހެއް ވެސް އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުޅުވާނެ އެވެ.
ދެ އިދާރާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އަންހެން ފުޓުބޯޅަ އާއި ފުޓްސަލް އަދި ޔުމުރުފުރާގެ ފުޓުބޯޅައިގެ މަސައްކަތްތަކުގެ އިތުރުން ރެފްރީ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިމެނެ އެވެ.
އިޓަލީ - އާޖެންޓީނާ: ޗެމްޕިއަނުންގެ މެޗު ވެމްބްލީގައި
ސަޕޯޓަރުން ކުރިމަތީގައި އިނގިރޭސީން ލަދުގަންނަވާލައިފި
ސަޕޯޓަރުން ވަނުން މަނާ، ދަނޑަށް ވައްދާނީ ކުޑަކުދިން
ޖަރުމަން ޓީމުގެ ތާރީހީ ރެކޯޑެއް ފްލިކް މުގުރާލައިފި
އިޓަލީ އަތުން ބަލިނުވެ ޖަރުމަން ސަލާމަތްވެއްޖެ
އާޖެންޓީނާއިން ފައިނަލިސިމާ ކާމިޔާބުކޮށްފި
މެސީ ނެތި އާޖެންޓީނާ އިން އިޓަލީ ބަލިކޮށްފި
ކޮންފަރެންސް ލީގު: ޗެލްސީއަށް ލަނޑުޖެހުމުގެ ރެކޯޑެއް
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް