Roadha Mihaaru
ސާފް ޗެމްޕިއަންޝިޕުގެ ޕާޓްނަރަކަށް އެލައިޑް

ސާފް ޗެމްޕިއަންޝިޕުގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް

27 ސެޕްޓެމްބަރ 2021

އަންނަ ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް މިއަދު ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަންނަ ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް މިއަދު ހަމަޖައްސައިފި އެވެ.

ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި އެއްބްސުވާއެކު އެލައިޑުން ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭގޮތަށް ހާއްސަ ޕްލޭނެއް ތައާރަފުކޮށްފަ އެވެ. މި ޕްލޭނުގެ ދަށުން ކުޅުންތެރިންނަށް ދަނޑުމަތީގައި ކުރިމަތިވެދާނެ ހާނީއްކަތަކާއި އެހެނިހެން ހާލަތްތައް ކަވަރު ކުރާނެ ކަމަށް އެލައިޑުން ބުންޏެވެ.

"ގްރޫޕް ޕާސަނަލް އެކްސިޑެންޓް" އިންޝުއަރަންސް ޕްލޭން، 29 ކުޅުންތެރިންނާއި ހަ އޮފިޝަލުން ހިމެނޭގޮތަށް މުޅި ޓީމަށް މުބާރާތް ނިމެންދެން ލިބޭނެ ކަމަށް ވެސް އެލައިޑުން ބުންޏެވެ.

މީގެ އިތުރުން މުބާރާތުގެ ފޯރި އާއި ގައުމީ ރޫހު އިތުރު ކުރުމަށް އިތުރު ކަންތައްތަކެއް ރާވަމުން ދާކަމަށްވެސް އެކުންފުނިން ބުންޏެވެ.