Roadha Mihaaru
ޓްރެވަލް ތަކާފުލް އިން ކޮވިޑް ކަވަކުރެވޭގޮތް ހަދައިފި

އަޔާދީގެ ޓްރެވަލް ތަކާފުލް އިން ކޮވިޑް ކަވަކުރެވޭ ގޮތް ހަދައިފި

21 ފެބުރުއަރީ 2022

އެކި ގައުމުތަކަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ތައާރަފު ކޮށްފައިވާ ޓްރެވަލް ތަކާފުލް އިން ކޮވިޑް-19 ގެ ފަރުވާއާ ގުޅޭ ކަންކަން ކުރެވޭ ގޮތް ހަދައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެކި ގައުމުތަކަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ތައާރަފު ކޮށްފައިވާ ޓްރެވަލް ތަކާފުލް އިން ކޮވިޑް-19 ގެ ފަރުވާއާ ގުޅޭ ކަންކަން ކުރެވޭ ގޮތް ހަދައިފި އެވެ.

މި ކަވަރޭޖާ އެކު ޓްރެވަލް ތަކާފުލް ނަގާ ކަސްޓަމަރުން އެހެން ގައުމެއްގައި އުޅޭއިރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އައިސޮލޭޓް ވާން ކުރަން ޖެހޭ ހަރަދާއި އިމަޖެންސީ ފަރުވާއަށް ދާ ހަރަދާއި މެޑިކަލް އިވެކުއޭޝަނަށް ދާ ހަރަދުގެ ބަދަލު ލިބޭނެ އެވެ.

އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސާބިގު ވިދާޅުވީ ޓްރެވަލް ތަކާފުލް އަކީ މިހާރު ވެސް ގިނަ ދަތުރުވެރިންގެ މެދުގައި މަގުބޫލު ޕްރޮޑަކްޓެއް ކަމަށެވެ. އަދި މިހާރު ގިނަ ގައުމުތަކުގައި ޓްރެވަލް އިންޝުއަރެންސް ބޭނުންވާއިރު ކޮވިޑު ޖެހިއްޖެ ހާލަތެއްގައި ދާ ހަރަދުތައް ކަވާ ކުރެވުމަކީ ދަތުރުވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރުޝާން ވިދާޅުވި ގޮތުގައި ޓްރެވަލް ތަކާފުލްގެ ތެރެއަށް ކޮވިޑް ކަވަރޭޖް ލާފައިވަނީ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ.

"ކޮވިޑުގެ ހާލަތެއްގައި ހިމެނޭ ހުރިހާ ކަމެއް މިހާރު މި ކަވާގެ ތެރޭގައި ހިމެނޭނެ. ކޮވިޑް ކަވާ އިންނާނީ ބޭނުންވާނަމަ އެޑް ކޮށްލެވޭ ގޮތަށް. މި ދުވަސްވަރު ޓްރެވަލް ކުރާއިރު މި ކަވާ ވަރަށް މުހިންމު ކަވާއަކަށް ވާނެ،" ސާބިގު ވިދާޅުވި އެވެ.

ޓްރެވަލް ތަކާފުލް އިން ފައިސާ އާއި މުދަލާއި ޕާސްޕޯޓް ފަދަ ތަކެއްޗަށް ލިބޭ ގެއްލުމާއި ކުއްލިއަކަށް ބޭނުންވާ ސިއްހީ ފަރުވާތަކަށް ދާ ހަރަދު ކަވަރު ކޮށްދޭނެ އެވެ. މި ތަކާފުލް ތިން ބަޔަކަށް ބަހާލާފައިވާއިރު ޕްރިމިއާ ޕެކޭޖުގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއް ހިމެނޭއިރު އެލީޓު ޕެކޭޖުގައި އެމެރިކާ އާއި ކެނެޑާ ނުލައި އެހެން ހުރިހާ ގައުމެއް ހިމެނޭއިރު ކޮންޓިނެންޓަލް ޕެކޭޖުގައި އޭޝިއާގެ ގައުމުތައް ހިމެނޭނެ އެވެ.

މި ކަވާ ނަގަން ބޭނުންވާ މީހުންނަށް އެލައިޑުގެ ޕޯޓަލް myallied.mv މެދުވެރިކޮށް ނުވަތަ އެ ކުންފުނީގެ ފްރަންޓް އޮފީހުން ވެސް ލިބެން ހުންނާނެ އެވެ.