26 ސެޕްޓެމްބަރ 2021
ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ފްލެޓްތަކުން ކުނި ނަގާނެ އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނެތުމުން، އެ ސަރަހައްދުގެ ތިރީގައި ކުނިތައް ފުނިޖެހި، ފުޅަ އަޅާ މައްސަލަ ބޮޑުވެއްޖެ އެވެ.
ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ފްލެޓްތަކުން ކުނި ނަގާނެ އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނެތުމުން، އެ ސަރަހައްދުގެ ތިރީގައި ކުނިތައް ފުނިޖެހި، ފުޅަ އަޅާ މައްސަލަ ބޮޑުވެއްޖެ އެވެ.
ފްލެޓްތަކުގައި މި މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ ތަނުގައި އުޅޭ މީހުންނަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ގޭގައި ހުންނަ ކުނިވާ ޒާތުގެ ކުނިތައް ނަގާނެ އިންތިޒާމެއް އެޗްޑީސީން އަދި ހަމަޖައްސާފައި ނެތުމެވެ.
އެހެންވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ހިޔާ ޔޫނިއަނުން ކުރި ޓްވީޓެއްގައި ވަނީ ކާބޯތަކެތި އުކަލެވޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް ގޮވާލައިފަ އެވެ. ފްލެޓްގައި އުޅޭ މީހުންގެ އުކައިލާ ކާނާގެ ބާވަތްތައް ނަގާނެ އިންތިޒާމެއް ނެތުމުގެ ސަބަބުން، ސިއްހީ މައްސަލަތަކެއް ވެސް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް އެ ޔޫނިއަނުން ދިނެވެ.
އެ ޓްވީޓާ އެކު، ހިޔާ ޔޫނިއަނުން ވަނީ އެޗް3 ޓަވަރުގެ ތިރީގައި ބަޔަކު ކުނި ބަހައްޓާފައި ހުރި މަންޒަރު ފެންނަ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. ޕްލާސްޓިކް ކޮތަޅުގައި ހުރި އެ ކުނިތައް ނުނަގައި ގިނަ ދުވަސްވުމުގެ ސަބަބުން ހުރީ ފުޅަ އަޅައިފަ އެވެ.
Hiyaa Flat residents need an immediate solution for the food waste. Moved-in tenants and the labour’s doesn’t have a food waste dumper & collector. This may cause an health issue. (Photo: H3) @HPA_MV @hdcmaldives @ibusolih @MMuizzu @MoNPHImv @hrcmv pic.twitter.com/PK9O21673q
— Hiyaa Union (@HiyaaUnion) September 24, 2021
އެކަމާ ގުޅިގެން އެޗްޑީސީން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމާ އެކު، ދިމާވާ އެންމެ ބޮޑު ކަމަކީ ކުނީގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ދިމާވެފައި ވަނީ އެޗްޑީސީން ބުނިގޮތުގައި، ވެމްކޯ އަށް ކުނި ނެގޭނީ އަންނަ ނޮވެމްބަރުން ފެށިގެން ކަމަށް ވާތީ އެވެ.
"ވެމްކޯ އަށް މަސައްކަތް ފެށޭނެ ކަމަށް ދީފައި އޮތް ޑޭޓަކީ ނޮވެމްބަރު. އެހެންވީމާ މީހުން ދިރިއުޅެން ފެށުމާ އެކު މި ހުންނަ ޑޮމެސްޓިކް ވޭސްޓްތައް މެނޭޖް ކުރުމުގައި މަައްސަލަތަކެއް އެބައުޅޭ،" އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގެ ފޭސް ދޭއްގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް އަދި ނުނިމޭތީ ވެމްކޯގެ ކުނި ނަގާ އުޅަނދުތަކަށް އެ ތަނަށް ވަނުމަށް ދަތިތަކެއް އެބަ ހުރި ކަމަށެވެ.
"އެހެންވެ މި ޕީރިއަޑްގެ ތެރޭގައި ވެމްކޯ އިން އެކަން ނުކުރާ ނަމަ، އެޗްޑީސީން އެކަން ކުރާ ގޮތަށް ނިންމާފައި އޮތީ. މިހާރު ވެމްކޯއާ ވާހަކަ ދައްކައިގެން ޑަސްޓްބިންތަކެއް ހޯދަމުން މި ދަނީ،" ކުނި ނެގުމުގެ މަސައްކަތް އޮތް ގޮތް ސާފުކޮށްދެމުން އެޗްޑީސީން ބުންޏެވެ.
މި މަސް ނިމުމުގެ ކުރިން ޑަސްޓްބިންތައް ލިބިއްޖެ ނަމަ، އެ މަސައްކަތް ފެށޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެގޮތުން މިހާރު އެ ކުންފުނިން ނިންމާފައި އޮތީ ވަކި ވަގުތެއް ކަނޑައަޅާ އެ ވަގުތުގައި އެ ކުންފުނީގެ މުވައްޒަފުން ގޮސް އެތަނުން ކުނި ނެގުމަށެވެ.
އެޗްޑީސީން ލަފާކުރާ ގޮތުގައި، ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަށް ނޮވެމްބަރު މަހަށް ހަދައި ނިމޭނެ އެވެ. އެކަމަކު މަގު ބައްތި ހަރުކުރުމުގެ މަސައްކަތް އެހާ ތަނަށް ނިމޭނެ ކަމަށް ނުބެލެވެ އެވެ.
ހިޔާ ފްލެޓް ކައިރީ ހެދުނު ގޮނޑު އެޗްޑީސީން ސާފުކޮށްފި
ހިޔާ ފްލެޓްތަކުގެ ކުނި ބާލަން ޖެހެނީ ގްރައުންޑްފްލޯއަށް
ހިޔާގައި އިތުރު ލިފްޓް ހަރުކުރަން 278 މިލިއަން
ހިޔާ ފްލެޓްތަކުން ކުނި އުކަން ފީ ނަގަން ފަށަނީ
ހިޔާގެ ކުލި މައްސަލާގައި އެޗްޑީސީގެ ވަރުގަދަ އިންޒާރެއް
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ
ހަތް މަހަށް ފަހު ހިޔާފްލެޓްތަކުން ކުލި ނަގަން ފަށައިފި
ހިޔާގެ ދިރިއުޅުން: ހަމަ އެ ޝަކުވާތައް، ނިމުމެއް ނެތް
ހިޔާގެ ލިފްޓެއްގައި މީހަކު ތާށިވެ ދެ ގަޑިއިރު
ފްލެޓްގެ ފިނިޝިން މުއްދަތު އިތުރުނުކުރާތީ މުޒާހަރާކޮށްފި