Roadha Mihaaru
ފްލެޓްގެ ފިނިޝިން މުއްދަތު އިތުރުނުކުރާތީ މުޒާހަރާކޮށްފި

ހިޔާ ފްލެޓްތަކުގެ ފިނިޝިން މުއްދަތު އިތުރު ނުކުރާތީ މުޒާހަރާކޮށްފި

24 ޑިސެމްބަރ 2021

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑް ހަމަވާއިރު އަދިވެސް ގިނަ ފްލެޓްތަކެއް ނުނިމި ހުރުމުން އެކަމަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ބުނެ ފްލެޓްތައް ކައިރީގައި މިއަދު މުޒާހަރާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑް ހަމަވާއިރު އަދިވެސް ގިނަ ފްލެޓްތަކެއް ނުނިމި ހުރުމުން އެކަމަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ބުނެ ފްލެޓްތައް ކައިރީގައި މިއަދު މުޒާހަރާކޮށްފި އެވެ.

އާންމުންގެ ޖަމިއްޔާ އާއި ހިޔާ ޔުނިއަން ގުޅިގެން ހަވީރު ބޭއްވި މުޒާހަރާގައި އެ ތަނުގައި ދިރިއުޅޭ މީހުންނާއި އަދި ފިނިޝިން ނުނިމިގެން ދިރިއުޅެން ނުފެށި ތިބި ބައެއް މީހުން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

ސުލްހަވެރި އެއްވުމުގައި ގިނަ ބަޔަކު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ ގްރޭސް ޕީރިއަޑަށް ދީފައިވާ މުއްދަތު ކުރުވެފައި، އެ މަސައްކަތްތައް އަދިވެސް ނުނިމި ހުއްޓާ އަންނަ މަހުން ފެށިގެން ކުލި ދައްކަން ޖެހުމެވެ. އަދި ފްލެޓްގެ ކުލި ބޮޑުވުމަކީ ވެސް ޝަކުވާއެކެވެ.

ފިނިޝިންގެ މުއްދަތު އިތުރުނުކޮށްދީގެން ހިޔާ ފްލެޓްތައް ކައިރީގައި މުޒާހަރާ ކުރަނީ.

ފިނިޝިންގެ މުއްދަތު އިތުރުނުކޮށްދީގެން ހިޔާ ފްލެޓްތައް ކައިރީގައި މުޒާހަރާ ކުރަނީ.

ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ނިންމަން ދިން ހަތަރު މަހުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވުމުން، މިހާރު އޮތް ގޮތުން ނަމަ، އަންނަ މަހުން ފެށިގެން ކުލި ނަގާނެ އެވެ. އެޗްޑީސީން އަންނަނީ ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ސަރުކާރާ އެކު މަޝްވަރާކުރަމުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުގެ މަހު ކުއްޔަށް 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،000ރ. އެވެ. މި ކުލި ބޮޑު ކަމަށް ބުނެ ކުރީ ސަރުކާރުގައި ފްލެޓަށް ކަނޑައެޅި 5،600ރ. ކުއްޔަށް ނެގުމަށް ދަނީ އެދެމުންނެވެ.