Roadha Mihaaru
އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތް ބީއެމްއެލްއެޕަށް

އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ބީއެމްއެލްގެ މޯބައިލް އެޕަށް

23 ސެޕްޓެމްބަރ 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ތައާރަފުކޮށްފި އެވެ

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ތައާރަފުކޮށްފި އެވެ

އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް މިހާތަނަށް ބޭނުން ކުރެވެނީ ބީއެމްއެލް މޯބައިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށެވެ.

ނަމަވެސް މޯބައިލް ބޭންކިން މެދުވެރިކޮށް މި ހިދުމަތް ދޭން ފެށުމުން ދުވާލަކަށް އެކައުންޓުން 3،000 ޑޮލަރު ފޮނުވޭނެ އެވެ. ޑޮލަރު އެކައުންޓް މެދުވެރިކޮށް ދޭ މި ހިދުމަތުގެ ސަބަބުން، ކުޑަ ހަރަދެއްގައި ބޭރުގެ ބޭންކްތަކާ އެކު ފައިސާގެ މުއާމަލާތު ކުރެވޭނެ އެވެ.

ބީއެމްއެލް ޓްވީޓާ އެކައުންޓް

ބީއެމްއެލް އިން ބުނީ، 50 ޑޮލަރާއި 500 ޑޮލަރު ފޮނުވާ ނަމަ ފަސް ޑޮލަރުގެ ފީ އެއް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތުން ނަގާނެ ކަމަށެވެ. އަދި 500 ޑޮލަރާއި 1،000 ޑޮލަރުގެ އަދަދެއް ފޮނުވާ ނަމަ އަށް ޑޮލަރު، 1،000 ޑޮލަރާއި 3،000 ޑޮލަރާ ދެމެދުގެ އަދަދެއް ފޮނުވާ ނަމަ 12 ޑޮލަރުގެ ފީ އެއް ދައްކަން ޖެހޭނެ އެވެ.

ބީއެމްއެލް މޯބައިލް ބޭންކިންގެ އެޕްލިކޭޝަން ވެސް ދާދި ފަހުން ވަނީ އަޕްގްރޭޑް ކޮށްފަ އެވެ. އެގޮތުން ކުރިއަށް ވުރެ ފަސޭއިން މިހާރު ފައިސާގެ މުއާމަލާތުތައް އެޕް މެދުވެރިކޮށް ކުރެވޭނެ އެވެ.