Roadha Mihaaru
ބީއެމްއެލް އަށް ލޮގިންވާއިރު ނޮޓިފިކޭޝަން ލިބޭނެ

ބީއެމްއެލް އަށް ލޮގިން ވާން މަސައްކަތް ކުރުމުން ނޮޓިފިކޭޝަން ލިބޭގޮތް ހަދައިިފި

11 މާޗް 2023

އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތް ހަދައިފި އެވެ.

އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތް ހަދައިފި އެވެ.

ބީއެމްއެލް އިން ބުނީ މިގޮތަށް ހެދީ ކަސްޓަމަރުންގެ ރައްކާތެރި ކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މިހާރު ވެސް ލޮގިން ކުރާ އިރު ފޮނުވާ އެލާޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެކެވެ. އަދި އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެ ނަމަ މި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލާޓް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ނޮޓިފިކޭޝަންތައް ކަސްޓަމަރުންނަށް ފޮނުވަނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ގޮތުންނެވެ. މި ހާލަތްތަކުގައި އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.

އިންޓަނެޓް އަދި މޮބައިލް ބޭންކިން ޔޫޒާ ނަމާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ. އަދި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް އަބަދުވެސް ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް ބޭންކުން އެދެ އެވެ.

ބީއެމްއެލް އިން ވަނީ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އަލަށް މިގެނައި ބަދަލުގެ އިތުރުން އޯޓީޕީ ފޮނުވާ އިރު އޮތެންޓިކޭޓާ އެޕް ތައާރަފްކުރުމާއި އޯޓީޕީ ފޮނުވާ ޑިފޯލްޓް ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލުމާއި ލޮގިންކުރާ ހާލަތްތަކުގައި އެލާޓް ފޮނުވުމާއި އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ހުރިހާ މުއާމަލާތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުމަށް ވަނީ ނިންމައިފަ އެެވެ.