23 ސެޕްޓެމްބަރ 2021
އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނު އަޅުވެތިކޮށްގެން އޮތް 20 އަހަރުގެ (2001-2021) ތެރޭގައި، ވައިގެ ސިފައިންގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި، ބަގްރާމް ވައިގެ ބަނދަރުގައި، ކުށްވެރިން ހައްޔަރުކޮށްގެން ގެންގުޅުނު ބަގްރާމް ޖަލު (ޕަރްވާން ޖަލު)، ތާލިބާން ސަރުކާރުގެ ފަރާތުން ނޫސްވެރިންނަށް ދައްކާލައިފި އެވެ.
އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނު އަޅުވެތިކޮށްގެން އޮތް 20 އަހަރުގެ (2001-2021) ތެރޭގައި، ވައިގެ ސިފައިންގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި، ބަގްރާމް ވައިގެ ބަނދަރުގައި، ކުށްވެރިން ހައްޔަރުކޮށްގެން ގެންގުޅުނު ބަގްރާމް ޖަލު (ޕަރްވާން ޖަލު)، ތާލިބާން ސަރުކާރުގެ ފަރާތުން ނޫސްވެރިންނަށް ދައްކާލައިފި އެވެ.
އެމެރިކާ ސިފައިން ބަގްރާމް ޖަލުގައި ހައްޔަރު ކުރަމުން ގެންދިޔައީ، ތާލިބާނުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ހައްޔަރު ކުރެވޭ ތާލިބާންގެ ހަނގުރާމަވެރިންނެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނު ހިފުމަށް ފަހު ބަގްރާމްގެ ވައިގެ ބަނދަރުގައި ގާއިމުކުރި ޖަލަކީ ވަގުތީ ތަނެއް ކަމަށް އެމެރިކާ އިން އޭރު ބުންޏެވެ.
ނަމަވެސް 20 އަހަރު ވަންދެން އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނުގައި ތިބި އިރު، ހަނގުރާމައިގައި އަތުލައިގަނެވޭ ތާލިބާންގެ ހަނގުރާމަވެރިން ހައްޔަރުކުރަމުން ދިޔައީ އެ ތަނުގަ އެވެ.
ބަގްރާމް ޖަލު، ނޫސްވެރިންނަށް ދައްކާލަމުން، އެ ޖަލުގައި ދިގު މުއްދަތެއް ހޭދަކުރި ތާލިބާނުންގެ ހަނގުރާމަވެރިން ބުނި ގޮތުގައި، އެޖަލަކީ އަތުލައިގަނެވޭ ހަނގުރާމަވެރިންނަށް ލާއިންސާނީ އަނިޔާ ކުރުމަށް އެމެރިކާ ސިފައިން ބޭނުންކުރި ޖަލެކެވެ.
ބަގްރާމް އަސްކަރީ ވައިގެ މަރުކަޒު
"އެމީހުން އަހަރެމެން ބަނދެފައި ބައިތިއްބަނީ މި ގޮނޑީގައި. ގޮނޑިއާ އެކު އަތާއި ފައި ބަނދެފައި، ގައިގައި ޖައްސާނީ ކަރަންޓު. ބައެއް ފަހަރު ތަޅައި އަނިޔާކުރަން ވެސް މި ގޮނޑީގައި ބަންނާނެ،" ބަގްރާމް ޖަލުގެ އެކި ތަންތަން ނޫސްވެރިންނަށް ދައްކައިލަމުން، 2017 ވަނަ އަހަރުން ފެށިގެން، އެޖަލުން މިނިވަންވުމާ ހަމައަށް ޖަލުގައި ހުރި ހާޖީ މުއުމިން ހަމްޒާ ބުންޏެވެ.
ބަގްރާމް ޖަލުގައި ތިބި ގައިދީން އެ ތަނުން މިނިވަންވީ، ތާލިބާނުން ކާބުލް ހިފުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އެ ޖަލު ފަޅާލައިގެންނެވެ. ޖަލު ފަޅައިލި އިރުވެސް، އެ ޖަލުގައި 5،000 އަށް ވުރެ ގިނަ ގައިދީން ތިބި ކަމަށް ހަމްޒާ ބުންޏެވެ.
އެ ޖަލުގައި 2014 އިން އޮގަސްޓް 2021 އަށް ހައްޔަރުކޮށްފައި ހުރި ސުލްތާން، އޭނާގެ އަނގައިގެ ތެރެ ދައްކައިލަމުން ބުނި ގޮތުގައި، އޭނާގެ ދަތްތައް ވެއްޓުނީ ޖަލުގައި ހުރި ދުވަސްވަރު އެމެރިކާ ސިފައިން އޭނާގެ މޫނުމަތީގަ އާއި އަނގަމަތީގައި ތެޅުމުގެ ސަބަބުންނެވެ.
ބަގްރާމް ޖަލުގެ އެތެރެއަށް ވަދެގެން ދާއިރު، ޖަލުގެ ފާރެއްގައި ޖެނީވާ މުއާހަދާގެ ވަކި މާއްދާތަކެއް، ބޮޑުއަކުރުން ލިޔެފައި ހުރެ އެވެ. ނަމަވެސް ޖަލު ބަލަހައްޓާ އެމެރިކާ ސިފައިންނަށް އެ ބޯޑު ފެންނަހެން ހީނުވާ ކަމަށް، ތާލިބާނުން ބުނެ އެވެ.
ބަގްރާމް ޖަލުގެ ގޮޅިތަކެއްގެ ކައިރީގައި އެމެރިކާ ސިފައިންގެ ބަޔަކު ހުއްޓިލައިގެން
ތިރީގައި މިވާ ކަންކަމަކީ ހުރިހާ ވަގުތެއްގައި ވެސް އަދި ހުރިހާ ތަނެއްގައިވެސް މުޅިން މަނާ ކަންކަމެވެ. "(...) ފުރާނައަށް ނުވަތަ ޖިސްމަށް އަނިޔާކުރުން، ހުރިހާ ބާވަތެއްގެ މަރު، އެއްވެސް ގުނަވަނެއް އައިބުކޮށްލުން ނުވަތަ ޒަހަމްކޮށްލުން، ހަރުކަށި ގޮތުގައި މުއާމަލާތު ކުރުމާއި އަނިޔާކުރުން،" އެ ބޯޑުގައި ލިޔެފައިވެ އެވެ.
ތާލިބާނުން ބުނި ގޮތުގައި، ބަގްރާމް ޖަލުގައި މިއިން އެއްވެސް އުސޫލެއް ނުހިނގަ އެވެ. އަދި އެ ޖަލަށް ވައްދައިފި މީހަކަށް އެތަނުން ނުނިކުމެވޭނެ ކަން، އެޖަލުގައި ހައްޔަރުވި ކޮންމެ މީހަކަށް އެނގޭނެ އެވެ. ހަނގުރާމައިގެ ތެރޭގައި ހައްޔަރު ވިޔަސް، ބަގްރާމް ވައިގެ ބަނދަރަށް ގެނައުމުގެ ކުރިން، އެމީހަކީ ދުޝްމަން ހަނގުރާމަވެރިއެއް ނޫންކަން އެނގިއްޖެ ނަމަ، އެމީހަކު މިނިވަންކޮށް ދޫކޮށްލަ އެވެ.
ތާލިބާނުން ބުނި ގޮތުގައި 20 އަހަރު ވަންދެން ބަގްރާމް ޖަލުގައި މީހުން ހައްޔަރުކޮށްގެން އެމެރިކާ ސިފައިން އުޅުނު ދުވަސްވަރު، އެ ޖަލުގެ އެންމެ ގައިދީއަކަށް ވެސް، ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި މުއާމަލާތުކޮށްފައެއް ނުވެ އެވެ. ހަނގުރާމައިގެ އަސީރަކަށް ލިބެންޖެހޭ އެއްވެސް ދިފާއެއް އަދި އެއްވެސް ހައްގެއް ވެސް ލިބިދީފައެއް ނުވެ އެވެ.
ބަގްރާމް ޖަލުގައި ތިބި ގައިދީންގެ ތެރެއިން ދެ މީހަކު، 2002 ވަނަ އަހަރު މަރުވުމާ ގުޅިގެން، އެމެރިކާ ސިފައިން އެ ޖަލު ވަރަށް ބޮޑަށް ބަލައި ފާސްކުރި އެވެ. އަދި ގައިދީންނަށް އަނިޔާކުރުމުގެ ތުހުމަތުގައި ސިފައިންގެ ހަތް މީހެއްގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް ބަގްރާމް ޖަލުގެ އާދައެއްގެ ގޮތުގައި، އަނިޔާކުރުމާއި ލާއިންސާނީ އަދަބުދިނުން، މެދުނުކެނޑި ކުރިއަށް ދިޔަ ކަމަށް ތާލިބާނުން ބުނެ އެވެ.
ތާލިބާންގެ ހަނގުރާމަވެރިއަކު، ބަގްރާމް ޖަލުގެ ތަންތަން ނޫސްވެރިންނަށް ދައްކައިލަނީ
ހަމްޒާ ބުނި ގޮތުގައި ބަގްރާމްގައި ދޭ އަނިޔާތަކަށް ބަލާއިރު، ކަރަންޓު ޝޮކް ދިނުމަކީ ކުޑަ އަނިޔާއެކެވެ. އޭގެ އިތުރުން އެތައް ގަޑިއިރެއް ވަންދެން އެކޮޅުކޮޅުން އެލުވާފައި ބޭތިއްބުމަކީ، އެމެރިކާ ސިފައިން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. ގޮޅިތަކުގައި ގައިދީން ނިދާފައި ތިބޭ ރޭގަނޑުގެ މެންދަން ވަގުތުގައި، ގޮޅިތަކަށް ކަރުނަގޭސް ޖެހުމާއި ފެން ޖެހުމަކީ ވެސް ވަރަށް އާންމު ކަމެކެވެ.
ބަގްރާމް ޖަލުގައި ކުޑަ ގޮޅީގައި ހައްޔަރުކުރުމަކީ ވެސް އާންމު ކަމެކެވެ. އެއްވެސް ކުޑަދޮރެއް ނުހުންނަ ކުޑަ ގޮޅީގައި ހައްޔަރުކުރާ އިރު، ބައެއް ގޮޅިތަކުގައި އެއްވެސް އަލިކަމެއް ނުހުންނާތީ، ރެޔެއް ދުވާލެއް ވަކިނުވެ އެވެ. އަދި ބައެއް ގޮޅިތަކުގައި 24 ގަޑިއިރު ބޮކި ދިއްލާފައި ހުރެ އެވެ.
އެ ޖަލުން މިނިވަންވި ބައެއް ހަނގުރާމަވެރިން ބުނި ގޮތުގައި އެމެރިކާ ސިފައިންގެ ލާއިންސާނިއްޔަތުކަން ހުރީ، މީހެއްގެ ހިތަށް ވެސް ނާރާހާ ވަހުޝީ ގޮތެއްގަ އެވެ. ޖިސްމާނީ އަނިޔާ ކުރުމުގެ އިތުރުން ޖިންސީ އަނިޔާވެސް ކުރިމަތިވެ އެވެ. އެ ގޮތުން ބައެއް މީހުންނަކީ، ފިރިހެނުން ނޫން ކަމުގައި މިހާރު ބުނެވިދާނެ މިންވަރަށް ޖިންސީ ގޮތުން އަނިޔާކުރި ކަމަށް، އޭގެ ތަފްސީލެއް ނުދީ، ބައެއް ހަނގުރާމަވެރިން ބުންޏެވެ.
"ޖަލުގައި ކުރިމަތިވި ހުރިހާ ކަންތައް މިހާރު ހަނދާން ކުރުމަކީ ނަފްސާނީ ގޮތުން އެހާ ފަސޭހަ ކަމެއް ނޫން. ގައިދީންނަށް އަނިޔާކުރުމުގައި އާންމުކޮށް ތިބޭނީ އަފްގާނިސްތާނު ސިފައިން. އެ މީހުންލައްވައި އަހަރެމެންނަށް އަނިޔާކުރަނީ، އެމެރިކާ ސިފައިން އަމުރުކޮށް، އެ މަންޒަރު ބަލަން ތިބެގެން،" ހަމްޒާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބަގްރާމްގައި ތިބި ގައިދީންގެ ގާތްގަނޑަކަށް 80 ޕަސެންޓް މީހުންނަކީ ތާލިބާނުންނެވެ. ބާކީ ތިބި ގައިދީންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނެވެ.
އަންހެނުންގެ ސެލޫންތައް ހިންގުން ތާލިބާނުން މަނާކޮށްފި
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
"ތާލިބާނުން އައުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް"
އެމެރިކާ އާއި ތާލިބާނުން މަޝްވަރާކޮށްފި
ސިފައިން އަފްގާނުން ނުބޭލުމަށް ލަފާއެރުވިން: ޖެނެރަލުން
އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފަ
ތާލިބާނުންނާ ވާހަކަ ދެއްކުން ނޫން ހައްލެއް ނެތް: އީޔޫ
ހުޅަނގުން ތަމްރީން ކުރި ސިފައިން ތާލިބާނުގައި
އަފްގާނިސްތާނުގައި އެމެރިކާއަށް ހާސިލުވީ ސުމެއް: ޕުޓިން
އަފްގާނު ހަނގުރާމައިން އެމެރިކާއަށް މަންފާއެއް ނުކުރި: ބައިޑެން