Roadha Mihaaru
ނެޓްފްލިކްސް އަށް ބްރިޓްނީގެ އާ ޑޮކިއުމަންޓަރީއެއް

ނެޓްފްލިކްސް އަށް ބްރިޓްނީގެ އާ ޑޮކިއުމަންޓަރީއެއް

23 ސެޕްޓެމްބަރ 2021

ދާދި ފަހުން އެންގޭޖްމަންޓް އިއުލާންކުރި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ އާ ޑޮކިއުމަންޓަރީއެއް ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން އެންގޭޖްމަންޓް އިއުލާންކުރި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ އާ ޑޮކިއުމަންޓަރީއެއް ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

"ބްރިޓްނީ ވާސަސް ބްރިޓްނީ" ގެ ނަން ދީފައިވާ މި ޑޮކިއުމަންޓަރީގެ ޓީޒާއެއް ވެސް މިހާރު އާންމުކޮށްފައިވެ އެވެ. ޑޮކިއުމަންޓަރީ ސްޓްރީމްކުރަން ފަށާނީ މި މަހުގެ 28 ގަ އެވެ.

މި ޑޮކިއުމަންޓްރީ ޑައިރެކްްކޮށްފައި ވަނީ އެރިން ލީ ކާ އެވެ. އޭނާ އަކީ ނެޓްފްލިކްސްގެ ޑޮކިއުމަންޓަރީ "ހައު ޓު ފިކްސް އަ ޑްރަގް ސްކޭންޑަލް" އާއި އެޗްބީއޯގެ "އައި ލަވް ޔޫ، ނައު ޑައި: ދަ ކޮމެންވެލްތު ވާސަސް މިޝެލް ކާޓާ" ގެ ވެސް ޑައިރެކްޓަރެވެ. އެ ދެ ޑޮކިއުމަންޓްރީއާ އެއްގޮތަށް ބްރިޓްނީގެ މި ޑޮކިއުމަންޓަރީގައި ވެސް ކޯޓް ކޭސްތަކުގެ ވާހަކަ ވަރަށް ބޮޑަށް ހިމެނޭނެ އެވެ.

އެގޮތުން 13 އަހަރު ފަހުން ބައްޕަ ޖެމީ ސްޕެއާސް، ބްރިޓްނީގެ "ކޮންޒަވޭޓަޝިޕް" މިދިޔަ މަހު ދޫކޮށްލަން ނިންމުމާއި އެކަމަށް ބްރިޓްނީ ކުރި ހަނގުރާމަ އާއި ކެރިއަރުގެގައި ކުރިން ދިމާވި އެކި ކަންކަމާ ގުޅިގެން ދިމާވި މައްސަލަތައް ވެސް ކިޔައިދޭނެ އެވެ. "ކޮންޒަވޭޓަޝިޕް" ގެ މައްސަލައިގެ އަޑުއެހުމެއް ޑޮކިއުމަންޓަރީ ސްޓްރީމްކުރުމުގެ އެއް ދުވަސް ފަހުން ބާއްވަން ވެސް ތާވަލުކޮށްފައިވެ އެވެ،

ވަރަށް ޒުވާން އުމުރުގައި ކާމިޔާބު މިއުޒިކް ކެރިއަރެއް ބިނާކުރި ބްރިޓްނީ، 39، މިދިޔަ ހަފުތާގައި ޒުވާން ލޯބިވެރިޔާ ސޭމް އަސްގަރީ، 27، އާ އެންގޭޖްވި އިރު، ކުރިން ދެ ކައިވެންޏެއްކުރި އެވެ. އަދި ދެ ކުދިން ވެސް އެބަ ތިއްބެވެ.