01 އޮކްޓޯބަރ 2021
ލަންކާގެ ސުގަތަދާސް ސްޓޭޑިއަމްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކުޅުންތެރިޔަކު އަލީ އަޝްފާގް (ދަގަނޑޭ) އަށް ކުރި ފައުލުގެ ސަބަބުން މެޗުގެ ބާކީ ވަގުތު ކުރިއަށް ގެންދިޔައީ މޫނު މަތީގައި ބެންޑޭޖު ބަނދެގެންނެވެ. އުނދަގުލާއެކު ވެސް އޭނާ އެ މެޗު ފުރިހަމަކޮށް ރާއްޖެ އަށް ތަށި ހޯދައިދިނެވެ. ފުޓުބޯޅައިގައި ރާއްޖެއިން ހޯދި ފުރަތަމަ ތައްޓާއެކު ދަގަނޑޭގެ ވާހަކަ މުޅި އޭޝިއާގައި ގުގުމާލި އެވެ. ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ ދަގަނޑޭ ކަމާމެދު ޝައްކެއް ނެތެވެ. އޭނާއާ ކިރިޔާ ވާދަކުރެވޭ ފެންވަރަށް ހުރީ އިންޑިއާގެ ފުޓްބޯޅަ ލެޖެންޑް ބައިޗަން ބުޓިއާ އެވެ.
ލަންކާގެ ސުގަތަދާސް ސްޓޭޑިއަމްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކުޅުންތެރިޔަކު އަލީ އަޝްފާގް (ދަގަނޑޭ) އަށް ކުރި ފައުލުގެ ސަބަބުން މެޗުގެ ބާކީ ވަގުތު ކުރިއަށް ގެންދިޔައީ މޫނު މަތީގައި ބެންޑޭޖު ބަނދެގެންނެވެ. އުނދަގުލާއެކު ވެސް އޭނާ އެ މެޗު ފުރިހަމަކޮށް ރާއްޖެ އަށް ތަށި ހޯދައިދިނެވެ. ފުޓުބޯޅައިގައި ރާއްޖެއިން ހޯދި ފުރަތަމަ ތައްޓާއެކު ދަގަނޑޭގެ ވާހަކަ މުޅި އޭޝިއާގައި ގުގުމާލި އެވެ. ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ ދަގަނޑޭ ކަމާމެދު ޝައްކެއް ނެތެވެ. އޭނާއާ ކިރިޔާ ވާދަކުރެވޭ ފެންވަރަށް ހުރީ އިންޑިއާގެ ފުޓްބޯޅަ ލެޖެންޑް ބައިޗަން ބުޓިއާ އެވެ.
ފެންވަރާއި ހުނަރުގައި އެވަރުގެ ދެވަނަ ކުޅުންތެރިއެއް ދެކުނު އޭޝިއާ އަށް އަދިވެސް ނެތެވެ. ސާފް ފުޓްބޯޅައިގައި އަޅާ ކިޔުމުގައި އެހެން ގައުމުތަކުން ދަގަނޑޭއާ އެއްހަމަ ކުރެ އެވެ. އެ ގައުމުތަކުގެ، އަލީ އަޝްފާގަށް ވާނީ ކޮން ކުޅުންތެރިޔެއްތޯ ސުވާލު އުފައްދަ އެވެ. "ފުޓްބޯލް ޕާކިސްތާން" އިން 2015 ވަނަ އަހަރު ހެދި ސޯޝަލް މީޑީއާގެ ޕޯސްޓެއްގައި ދަގަނޑޭ، އެއްހަމަކޮށްފައި ވަނީ އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެވެ.
"ޕޯޗުގަލްގައި ރޮނާލްޑޯ އެބަހުރި... އާޖެންޓިނާގައި މެސީ އެބަހުރި ... ދިވެހިރާއްޖޭގައި އަލީ އަޝްފާގު އެބަހުރި... ޕާކިސްތާންގައި ހުރީ ކާކު؟" ފުޓްބޯލް ޕާކިސްތާނުން ސުވާލު އުފައްދާފައިވެ އެވެ.
މާލެ: 19 ނޮވެމްބަރ 2019: ވޯލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ގުއާމް ބައްދަލުކުރި މެޗުގެ ތެރެއިން ދަގަނޑޭ ގޯލް ޖެހުމަށް ފަހު އުފާފާޅުކުރަނީ. -ފޮޓޯ:ނިޝާން އަލީ /މިހާރު
މަޝްހޫރު އީއެންޓީ ޑޮކްޓަރު. ޑރ. މައުރޫފް ހުސައިން ހިއްސާ ކުރެއްވި ވާހަކަ އެކެވެ. މެލޭޝިއާގެ ފިހާރައަކަށް، މައުރޫފް ވަނުމުން އޭނާ އަކީ ދިވެއްސެއްކަން އެނގުނު ހިސާބުން ފިހާރައިގެ ސޭޓް ދެއްކީ ދަގަނޑޭގެ ވާހަކަ އެވެ. މެލޭޝިއާގައި އޭނާ ކުޅުނު އިރު ދެއްކި ކުޅުމާއި މެލޭޝިއާގެ ކުޅުންތެރިންނާއި ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ދަގަނޑޭ އަށް އޮތް މަގުބޫލުކަމުގެ ވާހަކަ ފިހާރައިގެ ސޭޓް މައުރޫފް ކައިރީގައި ދެއްކި ކަމަށް ޑރ. މައުރޫފް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.
ރާއްޖޭގައި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަށް ދަތުރުކުރި ބޭރުގެ ނޫސްވެރިން އެންމެ ހޯދަން ބޭނުންވާ މީހަކަށް ވާނީ އަޝްފާގެވެ. އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކްލަބާއެކު ބަންގްލަދޭޝް އަށް އަޝްފާގު ކުރި ދަތުރުތަކުގައި ބަންގްލަދޭޝް މީޑިއާތަކުގެ އެންމެ ބޮޑު ސަމާލު ކަމެއް ހުއްޓުނީ އޭނާ އަށެވެ. މި އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ކަޕަށް އައި ބޭރުގެ ނޫސްވެރިން ވެސް އަޝްފާގުގެ އިންޓަވިއުއެއް ލިބޭތޯ މަސައްކަތްކުރި އެވެ.
ކްރިކެޓުގެ ބޮޑު ފޯރިއެއް އޮތް ދެކުނު އޭޝިއާގައި ފުޓްބޯޅައިން އެންމެ މަގުބޫލު ނަމަކީ ދަގަނޑޭ އެވެ. އޭނާ އަރައި ހުރި އިސްޓޭޖަށް އެރޭނެ ދެ ވަނަ ފުޓްބޯޅަ ކުޅުންތެރިޔެއް މި ދެކުނު އޭޝިއާގައި ނެތެވެ.
ސާފް ޗެމްޕިއަންޝިޕަކީ ދަގަނޑޭ އަށް ހާއްސަ މުބާރާތެކެވެ. ސާފް ޗެމްޕިއަންޝިޕް 2015 ގައި ކުޅުމަށް ފަހު އެ މުބާރާތުގައި ނުކުޅެން ނިންމައިގެން ހުރި ދަގަނޑޭ، ނިންމުން ބަދަލުކުރީ ވެސް ދިވެހިންނަށްޓަކަ އެވެ. މިއީ އޭނާގެ އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕަށްވުން އެކަށީގެންވެ އެވެ. އަނެއްކޮޅު ދެތިން އަހަރުތެރޭ ގައުމީ ޓީމަށް ކުޅުން ވެސް ދަގަނޑޭ ހުއްޓާލުމުގެ ފުރުސަތު އެބައޮތެވެ. އޭނާ ހޭދަކުރަމުން ދަނީ ފުޓްބޯޅަ ކުޅުންތެރިޔެއްގެ ކެރިއާގެ އެންމެ ފަހު ދުވަސްތަކެވެ. އެހެންވެ ފިޓްނަސް އަށް ސަމާލުކަން ދީ، ޕާފޯމަންސް އެއްވަރެއްގައި ހިފެހެއްޓުމަށް އޭނާ ބޮޑު އިސްކަމެއް ދެ އެވެ.
ދަގަނޑޭ އަކީ ދިވެހި ކުޅިވަރުގެ އެންމެ ބޮޑު މުދާގަނޑެވެ. ދިވެހި ފުޓްބޯޅައިގެ އެންމެ ބޮޑު ރައުސްމާލެވެ. އޭނާ އަށް ޓަކައި ދިވެހިން ބަނޑުން ކޮށްލި ލޯބި އެންމެ ބޮޑަށް ފެނިގެންދިޔައީ 2018 ވަނަ އަހަރު ގައުމީ ސްކޮޑުން އޭނާ ބޭރު ކުރި ހިސާބުންނެވެ. ރާއްޖެ އައި އެހެން އެއްވެސް ކޯޗަކަށް ނާންނަ ވަރަށް އޭރުގެ ކޯޗު ޕީޓާ ޝެގަޓް އަށް ޕްރެޝަރު ކުރިމަތިވި އެވެ. މެދުކަނޑުމަކަށް ފަހު ގައުމީ ޓީމާ އެކު އަޝްފާގު ގަލޮޅު ދަނޑަށް އައުމުން ދިވެހި ސަޕޯޓަރުންގެ ހިތުގައި އޭނާ އަށް އޮތް ލޯބި ފެނިގެން ދިޔަ އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި ދަގަނޑޭ ލަނޑު ޖަހައި އުފާފާޅު ކުރަމުން ދިޔައިރު ދިވެހި ސަޕޯޓަރުން ތިބީ އޭނާގެ ގައިގައި ބައްދައިގެންނެވެ.
މިއީ އޭނާގެ ހާއްސަ ފަހަރަށް ހެދުމަށް ސަޕޯޓަރުން ވަދެ ދަނޑު ފުރާލަން ޖެހެ އެވެ.
މިއީ ދިވެހިންނަށް ގައުމީ ދުވަހުގެ ހަދިޔާއެއް: ދަގަނޑޭ
އަކޫއަށް ތައުރީފް، ދަގަނޑޭއަށް އަލުން ކެޕްޓަން ބޭންޑް
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ދަގަނޑޭ އޮޕަރޭޝަންކުރަނީ، ދެން ދަނޑުން ނުފެނިދާނެ؟
ދުނިޔޭގެ ހެޓްރިކް ލިސްޓުގެ ތިން ވަނައިގައި ދަގަނޑޭ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް