އޮސްކާގެ އެވޯޑްސްގެ މޮޅު ފިލްމުގެ މަގާމު ލިބުނު 2017 ގެ ކާމިޔާބު ފިލްމު "ދަ ޝޭޕް އޮފް ވޯޓާ" ގެ ޑައިރެކްޓަރު ގްލިމޯ ޑެލް ޓޯރޯގެ އާ ފިލްމު "ނައިޓްމެއާ އެލީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
18 ސެޕްޓެމްބަރ 2021
އޮސްކާގެ އެވޯޑްސްގެ މޮޅު ފިލްމުގެ މަގާމު ލިބުނު 2017 ގެ ކާމިޔާބު ފިލްމު "ދަ ޝޭޕް އޮފް ވޯޓާ" ގެ ޑައިރެކްޓަރު ގްލިމޯ ޑެލް ޓޯރޯގެ އާ ފިލްމު "ނައިޓްމެއާ އެލީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ ކުރީގެ ފިލްމާ އެއްގޮތަށް ޑާކް ތީމަކަށް ހަދާފައިވާ ސައިކޮލިޖިކަލް ތުރިލާއެކެވެ. ޓްރެއިލާ އިން ވަނީ "ނައިޓްމެއާ އެލީ" އަކީ އަނެއްކާ ވެސް ގްލިމޯގެ ސްޓައިލްގައި ގެނެސްދޭނެ ވަރަށް ވެސް ޝައުގުވެރި އަދި ފުރިހަމަވާނެ، މޮޅު ފިލްމެއްކަމުގެ އުންމީދު ވެސް ބޮޑުކޮށްދީފަ އެވެ.
މީގެ ކާސްޓަށް ބަލާއިރު ހިމެނެނީ އޭ-ލިސްޓް ތަރިންނެވެ. އޭގެ ތެރޭގައި ބްރެޑްލީ ކޫޕާ އާއި ކޭޓް ބްލެންޝެޓާއި ޓޯނީ ކޮލޭޓާއި ވިލެމް ޑެފޯ އާއި ރިޗަޑް ޖެންކިންސް އާއި ރޫނީ މާރާ އާއި ރޮން ޕާލްމަންގެ އިތުރުން ޑޭވިޑް ސްޓްރެތާން ހިމެނެ އެވެ.
ގްލިމޯ ސްކްރީންޕްލޭ ވެސް ލިޔުނު "ނައިޓްމެއާ އެލީ" އަކީ ވިލިއަމް ލިންޒީ ގްރެޝަމް ހަމަ އެ ނަމުގައި 1964 ގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.
ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ ޑިސެމްބަރު މަހުގެ 17 ގަ އެވެ.
އާންމުކޮށް ޑާކް/ފެންޓަސީ އަދި ބިރުވެރި ތީމްތަކަށް ފިލްމުތައް ހަދަން ކުޅަދާނަ ގްލިމޯގެ "ޝޭޕް އޮތް ވޯޓާ" އަކީ އިންސާނަކާއި ކަނޑުގެ މަހުލޫގަކާ ދެމެދު އުފެދޭ ގުޅުމެއްގެ ވާހަކަ ކިޔައިދިން ރޮމޭންޓިކް ފެންޓަސީއެކެވެ. އޮސްކާގައި އެ ފިލްމަށް 13 ނޮމިނޭޝަން ލިބުނު އިރު، އުފުލައިލި އެވޯޑްތަކުގެ ތެރޭގައި މޮޅު ފިލްމު، މޮޅު ޑައިރެކްޓަރު، މޮޅު ޕްރޮޑަކްޝަން ޑިޒައިން އަދި މޮޅު އޮރިޖިނަލް ސްކޯ ހިމެ އެވެ.
"ޝޭޕް އޮފް ވޯޓާ" އަށް ދެ ގޯލްޑެން ގްލޯބް އެވޯޑްސް ލިބުނެވެ.
އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު "ނައިޓްމެއާ އެލީ" ގެނެސްދޭން ނިންމިކަން ގްލިމޯ އިއުލާންކުރީ 2019 ގަ އެވެ. މި ފިލްމަކީ "ދަ ޝޭޕް އޮފް ވޯޓާ" އަށް ފަހު އޭނާ ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފިލްމު ވެސް މެ އެވެ.
ނޯލަންގެ އާ ފިލްމުގެ ޓީޒާ ވެސް ލީކުކޮށްލައިފި
"އެވެޓާ 3"ގެ ޓްރެއިލާ؛ އަނދައި އަޅިޔަށް!
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ޓީޒާ
ނޯލަންގެ "ދަ އޮޑެސީ"ގެ ޕޯސްޓަރު ލީކުވެއްޖެ
ބިރުވެރި ފިލްމު "ސިނާސް"އަށް ބޮޑު ތަރުހީބެއް
ނޯލަންގެ އާ ފިލްމުގެ ނަމަކީ "ދަ އޮޑެސީ"
މިލީގެ "ޑެމްސެލް"ގެ ޓީޒާއެއް ނެރެފި
ހޮލީވުޑްގެ ފޭނުން ބަލައިލަން ޖެހޭ ޓްރެއިލާތައް
"ރެބެލް މޫން"ގެ ޓްރެއިލާ ނެރެފި
މޯބިއަސް އަލުން އެޅުވުމުން ވެސް ފްލޮޕްވެއްޖެ