16 ސެޕްޓެމްބަރ 2021
މާލެ ސަރަހައްދުގެ ގެތަކުން މަގުމައްޗަށް އުކާލާ ކުނި ނަގަން މާލޭ ސިޓީ ކައުންސިލާ އެކު އެއްބަސްވެފައި ނުވާނެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގެ ގެތަކުން މަގުމައްޗަށް އުކާލާ ކުނި ނަގަން މާލޭ ސިޓީ ކައުންސިލާ އެކު އެއްބަސްވެފައި ނުވާނެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އާދަމް މިހެން ވިދާޅުވީ މާލެ ސާފުކޮށް ބާއްވަން ވެމްކޯ އަށް ސިޓީ ކައުންސިލުން ފައިސާ ދޭ ކަމަށާއި އެކަމަކު އެކަން ނުވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާތީ އެވެ. އާދަމް ވިދާޅުވި ގޮތުގައި އެފަދަ އެއްވެސް އެއްބަސްވުމެއް ކައުންސިލާ އެކު ވެފައެއް ނޯންނާނެ އެވެ.
އޭނާ ވިދާޅުވީ ސިޓީ ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމަކީ މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި އެ ކުނި އުކާލުމަށް ހެދި އެއްބަސްވުމެއް ކަމަށެވެ. އަދި މިއީ ކުރީގެ ސަރުކާރުން ވެމްކޯ އާއި ހައުސިން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީއާ މެދު ވެވުނު އެއްބަސްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި އެއްބަސްވުމުގައި އޭރު ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ސޮއިކުރެއްވީ މުއިއްްޒު ކަމަށާއި އެއްބަސްވުން އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އާދަމް ވިދާޅުވި އެވެ.
"މާލެ ސިޓީ ކައުންސިލާ އެކު އަޅުގަނޑުމެން ސޮއިކުރީ އެންމެ އެގްރީމެންޓެއްގައި. މި އެގްރީމެންޓުގެ ޕްރިންސިޕަލް އެގްރީމެންޓުގައި ސޮއިކުރީ 2018 ވަނަ އަހަރު. އެއީ މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި، ކުނި ނަގައި، ކުނި އުކާލުމާ ގުޅޭ އެގްރީމެންޓެއް. ސަރުކާރު ބަދަލުވެ އަނެއްކާ ސިޓީ ކައުންސިލާ އެކު ހަމަ މި އެގްރީމެންޓުގައި އަޅުގަނޑުމެން ސޮއި ކުރީ. އެހެންކަމުން ހައުސް ހޯލްޑް ވޭސްޓް ކަލެކްޝަނާ ގުޅޭ އެއްވެސް އެބަސްވުމެއްގައި ކައުންސިލާ އެކު ސޮއި ކޮށްފައި ނުވާނެ،" އާދަމް ވިދާޅުވި އެވެ.
ކުނި ނެގުމުގައި އޮންނަ އުސޫލުތަކާ ގުޅިގެން ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ. އެގޮތުން، ރެއިން ފެށިގެން ވެމްކޯއިން ގެނައި ބަދަލުތަކާއެކު ބައެއް ގެތަކުން ކުނި ނުނެގި ހުރުމުން ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މަގުމަތީގައި ނުނަގާ ހުރި ކުނިތައް މިއަދު ނެގީ ސިޓީ ކައުންސިލުންނެވެ.
ވެމްކޯއިން އެ ފެށީ އެ މީހުންގެ ޒިންމާއަދާކުރަން:މޭޔަރު
މާލެ އިން ކުނި ސާފުކުރަން ވެމްކޯއިން ނުކުމެއްޖެ
މަގުތަކަށް ނެރޭ ކުންޏާ ދޭތެރޭ ދެފަރާތުން އަރައިރުން!
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ
ކުނި ކަހާ މީހުންގެ ވަޒީފާގެ ޔަގީންކަންދެން: މުއިއްޒު
މަގުމަތީގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނަގަނީ
ވެމްކޯ އަށް މާލޭގެ ކުނި މެނޭޖެއް ނުކުރެވޭ: މުއިއްޒު
މުއިއްޒުގެ ވާހަކަތައް ވެމްކޯ އިން ދޮގުކޮށްފި
ކުރިއެކޭ އެއްގޮތަށް ގޭގެއަށް ވަދެ ކުނި ނަގަނީ