13 އޯގަސްޓް 2021
މާލޭގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެން ފެށުމުން، ވެމްކޯ އިން ގޭގެ އަށް ވަދެ ކުނި ނެގުން ހުއްޓާލާފައި އޮތުން ނިމުމަކަށް ގެނެސް އަންނަ ހަފުތާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުނި ނަގަން ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެން ފެށުމުން، ވެމްކޯ އިން ގޭގެ އަށް ވަދެ ކުނި ނެގުން ހުއްޓާލާފައި އޮތުން ނިމުމަކަށް ގެނެސް އަންނަ ހަފުތާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުނި ނަގަން ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާފަންނުގެ މީހުންނާއެކު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، ގޭބިސީތަކުން އުކާލާ ކުނި މި މަހުގެ 21 އިން ފެށިގެން ނަގަމުން ދާނީ ކުރިއެކޭ ވެސް އެއްގޮތަށް ގޭބިސީތަކަށް ވަދެ ކަމަށެވެ.
"މިހާރު އަނެއްކާ ވެސް ކުރީގަައި އޮތްގޮތަށް ރުޖޫއަވެ، ގޭގެ ތެރޭގައި ހަމަ ކުނި ކަލެކްޓް ކުރެވޭ ގޮތަށް ބަދަލުވާންވީ ވަގުތު،" މުއިއްޒު ވިދާޅުވި އެވެ.
މާފަންނުގެ މީހުންނަށް ބޭއްވި އަވަށު ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުއިއްޒު ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ކޮވިޑާ ގުޅިގެން ވެމްކޯ އިން ހަމަޖައްސާފައިވާ ގޮތުން ގޭގެ އިން އުކައިލާ ކުނި ބަހައްޓަން ޖެހެނީ މަގުމައްޗަށް ނެރެފަ އެވެ. އެ ކުންފުނިން އަންގާފައިވާ ވަގުތުތަކުގައި ކުނިތައް މަގުމައްޗަށް ނެރުމުން ވެމްކޯގެ މުވައްޒަފުން އައީ ކުނިތައް ނަގަމުންނެވެ.
ނަމަވެސް މޭޔަރު ރޭ ވިދާޅުވި ގޮތުން ނަމަ، ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ރަނގަޅު ވަމުން އަންނާތީ މި މަހުގެ 21 އިން ފެށިގެން މަގުމައްޗަށް ކުނި ނެރޭކަށް ނުޖެހޭނެ އެވެ.
މި ބަދަލާ އެކު، މަގުމަތީގައި ކުނި ކޮތަޅުތައް ބަހައްޓާފައި ހުރުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އެކަމާ ގުޅޭގޮތުން ކައުންސިލަރުންގެ މެދުގައި ވާހަކަ ދެއްކެވި، ވެމްކޯއާ އެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އޭރުން މަގުމަތީގައި [ކުނި] ނެރެ ބެހެއްޓީމާ އެ ދިމާވާ އުނދަގޫތަކާއި ދަތިތަކުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން އެބަދޭ،" މޭޔަރު ވިދާޅުވި އެވެ.
މުއިއްޒުގެ ވާހަކަތައް ވެމްކޯ އިން ދޮގުކޮށްފި
ވެމްކޯއިން އެ ފެށީ އެ މީހުންގެ ޒިންމާއަދާކުރަން:މޭޔަރު
މާލެ އިން ކުނި ސާފުކުރަން ވެމްކޯއިން ނުކުމެއްޖެ
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ
ގޭބީސީތަކަށް ވަދެ ކުނި ނަގާކަށް ހުރަހެއް ނެތް: ނަރީޝް
ތަޅާލަން ޖެހޭ 15 ތަން، ބަޖެޓެއް ނެތް!
މަގުމައްޗަށް ކުނިއެޅި 185 މީހުން ޖޫރިމަނާކޮށްފި
މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާ ކޮށްފި
އާޒިމް ވިދާޅުވީ ހަތަރުމަސް ފަހުން ކުނި ނުފެންނާނެކަމަށް