16 ސެޕްޓެމްބަރ 2021
ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ކުނި ނެގުން ވެމްކޯއިން ހުއްޓާލުމާ އެކު، މާލޭގެ މަގުތަކުގައި ހުރި ކުނިތައް މާލެ ސިޓީ ކައުންސިލުން މިއަދު ނަގަން ފަށައިފި އެވެ.
ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ކުނި ނެގުން ވެމްކޯއިން ހުއްޓާލުމާ އެކު، މާލޭގެ މަގުތަކުގައި ހުރި ކުނިތައް މާލެ ސިޓީ ކައުންސިލުން މިއަދު ނަގަން ފަށައިފި އެވެ.
ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވާ ގެތަކުގެ ވަކިވަކި އެޕާޓްމަންޓުތަކުން ރޭ ކުނި ނަގަން ފެށުމާ އެކު، ގޭގެއިން މަގުމައްޗަށް ކުނި ބޭރަށް ނެރުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާ އެޕާޓްމަންޓުތަކުން އެ އެއްޗެހި ހުރީ މަގުމައްޗަށް ނެރެފަ އެވެ.
ވެމްކޯއިން ބުނީ ވަކިވަކި އެޕާޓްމަންޓުތަކުން ކުނި ނެގުން ހުއްޓާލަން ނިންމުމާ އެކު ގިނަ ކަސްޓަމަރުން ރަޖިސްޓްރީވެ، ފައިސާ ވެސް ދައްކާފައިވާ ކަމަށެވެ. އެކަމަކު އިއްޔެ މެންދުރު 12:00 ގެ ފަހުން ބައެއް ފަރާތްތަކުން ފައިސާ ދައްކާފައި ހުރުމުން އެކަން ޕްރޮސެސް ވުމަށް ވަގުތުކޮޅެއް ނެގިއަސް، ފައިސާ ދެއްކި ފަހުން ކުނި ނުނަގާ ހުރި ގެތަކުން ވެމްކޯގެ ކޯލް ސެންޓަރަށް ގުޅައި އެކަން އެންގުމަށް އެ ކުންފުނިން އެދެ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެ ކައުންސިލާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، މަގުމަތީގައި ހުންނަ ކުނި ނެގުމަކީ ކުނި ނަގާ ކުންފުނިން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެ މަސައްކަތް ކުރުމަށް ކައުންސިލުން ކޮންމެ މަހަކު 3.1 މިލިއަން ރުފިޔާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނަން. އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން https://t.co/EZRSpykQKy
— Dr Mohamed Muizzu (@MMuizzu) September 16, 2021
"އެއްބަސްވުމުގައިވާ ގޮތުން މަގުމަތީގައި ހުންނަ ކުނި ނެގުމަކީ ވެމްކޯއިން ކުރަންޖެހޭ. އެކަމަކު، ރަޖިސްޓްރީކުރި ގޭގެއިން އެކަނި ކުނި ނަގާ ގޮތަށް ނިންމުމުން މަގުމައްޗަށް އެބަހުރި ވަރަށް ގިނަ ކުނި އަޅާފައި. އެ ކުނިތައް ނަގަން އަޅުގަނޑުމެން މިއަދު މި ފެށީ،" ނަރީޝް ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ވެމްކޯ އިން ކުނި ނުނަގާތީ އެކަން އިސްލާހުކުރަން މަސައްކަތްކުރާނެ ކަމަށެވެ.
"މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯއިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނަން. އެކަމަށް ސިޓީ ކައުންސިލުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ވެމްކޯއިން އެ ފެށީ އެ މީހުންގެ ޒިންމާއަދާކުރަން:މޭޔަރު
މާލެ އިން ކުނި ސާފުކުރަން ވެމްކޯއިން ނުކުމެއްޖެ
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ
އާޒިމް ވިދާޅުވީ ހަތަރުމަސް ފަހުން ކުނި ނުފެންނާނެކަމަށް
ރޯދައަށް ގެ ސާފުކުރިއިރު، މާލެ ގޮނޑުވެއްޖެ
މާލެތެރެއިން ކުނި ނެގުން ހަރުދަނާ ކުރަން އޮފީހެއް
ދެ އިދާރާގެ ކޯޅުމުގައި މާލެ މަގުމަތި ކުނިވެއްޖެ
ކުނި ބަހައްޓާ ތަންތަނުގެ ލިސްޓެއް އާއްމުކޮށްފި
މަސައްކަތް ހަވާލުނުކުރާނަމަ މަގުން ކުނި ނުނެގޭނެ:ވެމްކޯ