01 ޑިސެމްބަރ 2016
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބަށް އާންމުންގެ ތެރެއިން ކުރިމަތިލި މީހުންގެ ތެރެއިން، ގާނޫނުގައި ކަނޑއަަޅާފައިވާ އަދަދަށް ވުރެ މަދުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ނަން ހުށަހެޅުއްވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބަށް އާންމުންގެ ތެރެއިން ކުރިމަތިލި މީހުންގެ ތެރެއިން، ގާނޫނުގައި ކަނޑއަަޅާފައިވާ އަދަދަށް ވުރެ މަދުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ނަން ހުށަހެޅުއްވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އެމްއެމްސީގެ މިހާރުގެ ދައުުރު ހަމަވެ، އާ އިންތިހާބު މާދަމާ ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
އެމްއެމްސީގައި ހިމެނެނީ މީޑިއާތަކުން ހޮވާ އަށް މެމްބަރުންނާއި އާއްމުންގެ ތެރެއިިން ނަގާ ހަތް މެމްބަރުންނާ އެކު ޖުމްލަ 15 މެމްބަރުންނެވެ. އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން 14 މީހެއްގެ ނަން އިންތިހާބަށް ފޮނުއްވަން ޖެހިވަޑައިގަންނަވަނީ އެމްއެމްސީގެ ގާނޫނު ބުނާ ގޮތުން ހޯމް މިނިސްޓަރަށެވެ.
އެކަމަކު މިފަހަރުގެ އިންތިހާބަށް އާންމުންގެ ތެރެއިން ހޯމް މިނިސްޓްރީން ފޮނުވީ 12 މީހެއްގެ ނަމެވެ. އިންތިހާބަށް އާންމުންގެ ތެރެއިން 16 މީހަކު ކުރިމަތިލި ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީޑިއާތަކުން ކުރިމަތިލީ 17 މީހެކެވެ.
އޭސީސީން ބުނީ އެމްއެމްސީގެ އިންތިހާބަށް، ހޯމް މިނިސްޓްރީން މަދުން ނަން ފޮނުވި މައްސަލައެއް އެތަނަށް ހުށަހެޅުމުން އެކަން ބަލަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރު މުހައްމަދު ތޮލާލް ވިދާޅުވީ އާންމުންގެ ތެރެއިން 12 ނަން އިއުލާންކުރީ އެމްއެމްސީގައި މިހާރު އިންނަވާ އާއްމު އެއް މެމްބަރެއްގެ މުއްދަތު ހަމަނުވާތީ މާދަމާގެ އިންތިހާބުގައި އާންމުންގެ ތެރެއިން އިންތިހާބުކުރަން ޖެހެނީ ހަ މީހުން ކަމަށް ވާތީ ކަމަށެވެ.
"ގާނޫނުގައި އޮންނަނީ ހަތް މެމްބަރުން އިންތިހާބު ކުރުމަށް 14 މީހެއްގެ ނަން ފޮނުވަން. އެކަމަކު މިހާރު ހަ މީހަކު އިންތިހާބު ކުރަން ޖެހޭތީ އަޅުގަނޑުމެން ނިންމީ އޭގެ ބަދަލުގައި 12 ނަމެއް ފޮނުވަން،" ތޮލާލް ވިދާޅުވި އެވެ.
އެކަމަކު އިންތިހާބަށް ކުރިމަތިލި ބައެއް މީހުން ބުނާ ގޮތުގައި ހޯމް މިނިސްޓްރީން އިއުލާންކުރަން ޖެހޭނީ 14 ނަމެވެ. އެއީ ކޮންމެހެން ހަތް މީހަކު ހޮވަން ޖެހޭތީ ކަނޑައަޅާފައި އޮންނަ އަދަދެއް ނޫން ކަމަށް ވެސް އެ މީހުން ބުނެ އެވެ.
"ގާނޫނުގައި އޮންނަ އަދަދަކަށް މީހުންގެ ނަން ދިނުމަކުން އުފެދޭނެ އެހެން މައްސަލައެއް ނޯންނާނެ،" އިންތިހާބަށް ކުރިމަތިލި މީހަކު ބުންޏެވެ.
އެމްއެމްސީގެ އަންނަ ދައުރަށް އިންތިހާބު ކުރަން ޖެހެނީ 13 މެމްބަރެކެވެ. ސަބަބަކީ 15 މެމްބަރުން ހިމެނޭ ކައުންސިލްގެ މި ދައުރުގައި މީޑިއާތަކުން އަދި އާންމުންގެ ތެރެއިން އިންތިހާބުކުރި ދެ މެމްބަރެއްގެ މަގާމު ހުސްވެ، އެ މަގާމަށް ފަހުން ދެ ބޭފުޅަކު އިންތިހާބު ކޮށްފައިވާތީ އެވެ. އެ ދެ ބޭފުޅުންގެ މަގާމުގެ މުއްދަތު ހަމަވާނީ، އަލަށް އިންތިހާބުކުރާ ކައުންސިލްގެ މުއްދަތުގެ ތެރޭގަ އެވެ.
ޝަކުވާތަކާ ހެދި އެމްއެމްސީގެ އިންތިހާބު ފަސްކޮށްފި
އެމްއެމްސީ އިންތިޚާބަށް ރަޖިސްޓްރީވާން ހުޅުވާލައިފި
އެމްއެމްސީއަށް ކުރިމަތިލުމުގެ ތައުލީމީ ޝަރުތު ދަށްކޮށްފި
މީޑިއާ ކައުންސިލަށް 29 މީހަކު ވާދަކުރަނީ
މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އެވޯޑުގެ މައްސަލަ ތަހުގީގުކުރަން އޭސީސީން އެމްއެމްސީއަށް
އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެޑިޓޯރިއަލް ޕޮލިސީ އެމްއެމްސީ އަށް ފޮނުވަން ލަފާދީފި
އެމްއެމްސީން ހޯމް މިނިސްޓްރީއާ މަޝްވަރާކޮށްފި
މީޑިއާ ކައުންސިލްގެ މެމްބަރަކަށް ނާއިފް