05 ޑިސެމްބަރ 2016
މޯލްޑިވްސް މީޑިއާ ކައުންސިލަށް އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ޝަރުތު ދަށްކޮށް، މީޑިއާ ކައުންސިލް އިންތިޚާބުގެ އުސޫލަށް ހޯމް މިނިސްޓްރީން އިސްލާހު ގެނެސްފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލަށް އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ޝަރުތު ދަށްކޮށް، މީޑިއާ ކައުންސިލް އިންތިޚާބުގެ އުސޫލަށް ހޯމް މިނިސްޓްރީން އިސްލާހު ގެނެސްފި އެވެ.
މީޑިއާ ކައުންސިލް އިންތިޚާބާ ބެހޭ އުސޫލު ކުރިން އޮންނަ ގޮތުން އެ ކައުންސިލްގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަކީ ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއިން ނުވަތަ ދީނީ އިލްމު ދާއިރާއިން ނުވަތަ އިޖްތިމާއީ ސައިންސްގެ ދާއިރާއިން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ޑިގްރީއެއް އޮންނަން މީހަކަށް ވާންޖެހޭނެ އެވެ.
އެކަމަކު އެ އުސޫލަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން އެ ދާއިރާތަކުން ސެޓްފިކެޓް ލެވެލް ފަހެއްގެ ސެޓްފިކެޓަކާ އެއް ފެންވަރުގެ ސެޓްފިކެޓެއް އޮތް ނަމަ އާންމުންގެ ތެރެއިން އެ ކައުންސިލަށް ކުރިމަތިލެވޭނެ އެވެ.
އެ ބަދަލު ގެނައީ މިހާރު އިއުލާންކޮށްފައިވާ މީޑިއާ ކައުންސިލް އިންތިޚާބުގައި، އާންމުންގެ ތެރެއިން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިއުލާން ކުރަންޖެހޭ އަދަދަށް ވުރެ މަދު މީހުންގެ ނަން ހޯމް މިނިސްޓްރީން އިއުލާންކޮށްފައި ވަނިކޮށެވެ.
މީޑިއާ ކައުންސިލްގެ ގާނޫނު އޮންނަ ގޮތުން އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 14 މީހެއްގެ ނަން ހޯމް މިނިސްޓަރު އިއުލާން ކުރައްވަން ޖެހޭ ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ހޯމް މިނިސްޓްރީން އިއުލާންކުރީ 12 މީހެއްގެ ނަމެވެ. އެ އިންތިޚާބަށް ކުރިމަތިލި ފަރާތްތަކުން ވަނީ އެކަމުގެ ޝަކުވާކޮށްފަ އެވެ.
އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތައުލީމީ ޝަރުތު ދަށް ކުރުމުގެ އިތުރުން މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިކަން ހަމައެކަނި ސަރުކާރުގެ ގެޒެޓްގައި އިއުލާން ކުރާ ގޮތަށް ވެސް އުސޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން އޮންނަ ގޮތުން އެކަން އިއުލާން ކުރަންޖެހޭނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށެވެ.
މިފަހަރުގެ މީޑިއާ ކައުންސިލް އިންތިޚާބާ ގުޅިގެން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އިންތިޚާބު ފަސް ކުރުމަށް ފަހު އަންނަ ހޯމަ ދުވަހު އިންތިޚާބު ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު އަލުން ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
އެމްއެމްސީ އިންތިޚާބަށް ރަޖިސްޓްރީވާން ހުޅުވާލައިފި
ޝަކުވާތަކާ ހެދި އެމްއެމްސީގެ އިންތިހާބު ފަސްކޮށްފި
މީޑިއާ ކައުންސިލްގެ އިންތިހާބާ ބެހޭ މައްސަލަ އޭސީސީއަށް
މީޑިއާ ކައުންސިލަށް 29 މީހަކު ވާދަކުރަނީ
މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެޑިޓޯރިއަލް ޕޮލިސީ އެމްއެމްސީ އަށް ފޮނުވަން ލަފާދީފި
އެމްއެމްސީން ހޯމް މިނިސްޓްރީއާ މަޝްވަރާކޮށްފި
މީޑިއާ ކައުންސިލްގެ މެމްބަރަކަށް ނާއިފް
އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި