12 ސެޕްޓެމްބަރ 2021
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދުނުއިރު، އޭނާ މިނިސްޓަރުކަމުގައި ހުންނެވި އިރު ބޭނުންކުރެއްވި އެކަމަކު މިހާރު ކެންސަލް ކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓަން އެދިފައި އޮތުމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދުނުއިރު، އޭނާ މިނިސްޓަރުކަމުގައި ހުންނެވި އިރު ބޭނުންކުރެއްވި އެކަމަކު މިހާރު ކެންސަލް ކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓަން އެދިފައި އޮތުމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖެ ވަޑައިގަތް ފަހުން އޭނާ އެނބުރި ވަޑައިނުގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުނަސް، އެ ކޯޓުން ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ. އެ މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ފުލުހުން އެދިފައި އޮތީ އަލީ ވަހީދު މިނިސްޓަރަކަށް ހުންނެވިއިރު ދޫކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކަމަށެވެ. އެކަމަކު އެއީ އޭނާ މިނިސްޓަރު ކަމުން ވަކިކުރުމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށާއި އަލީ ރާއްޖެ އިން ބޭރަށް ވަޑައިގަތީ އަމިއްލަ ޕާސްޕޯޓުގައި ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އަމުރު ނުދެވޭނެ ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ އަލީގެ ޑިޕްލޮމެޓިކް ޕާސްޕޯޓް މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެންސަލް ކޮށްފައި ވަނިކޮށް، އޭނާގެ އަމިއްލަ ޕާސްޕޯޓް ހިފަހައްޓަން އެދުމުގެ ބަދަލުގައި، ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ފުލުހުން އެދުނު އެދުމަކީ "ކަމަކަށް ކަމެއް ކުރުމުގެ ގޮތުން" ކޮށްފައިވާ ކަމެއް ކަމަށެވެ. މި ކަމުގައި ދައުލަތުން އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާކޮށްފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށް ހުކުމުގައި ބުންޏެވެ.
"ގާނޫނީ ގޮތުން އެ ފަރާތްތަކުގެ ކޮނޑުގައި އެޅިފައިވާ ޒިންމާތައް އެދެވޭ ގޮތެއްގައި އަދާކޮށްފައިވާ ކަމަށް ބެލެވޭނެ ހަމައެއް ނެތެވެ." ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެ ހުކުމުގައި ވަނީ އަލީއާ ދެކޮޅަށް އެކަށީގެންވާ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވާ ކަމަށާއި އޭނާ ކުރިން އަދާކުރައްވާފައިވާ މަގާމުތަކަށް ބަލާއިރު، ޝަރީއަތާ ކުރިމަތިނުލައްވަން މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ފަހު، އަމަލުކުރެއްވި ގޮތަށް ބަލާއިރު، އަލީއަކީ މިހާރު ފިއްލަވާފައިވާ ބޭފުޅެއް ކަމަށާއި އޭނާ އެނބުރި ވަޑައިނުގަތުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ހުކުމުގައިވެ އެވެ.
"އަލީ ވަހީދަކީ ހަމައެކަނި ފިލާފާނެ ކަމަށް ބެލެވޭ މީހެއް ނޫނެވެ. އަލީ ވަހީދަކީ މިހާރު ވެސް ޝަރީއަތަށް ފިލާފައިވާ މީހެކެވެ. އަދި އަލީ ވަހީދުގެ މައްޗަށް ހުށަހެޅިފައިވާ ދައުވާތަކާ ކުރިމަތިލުމަށް އޭނާގެ ރުހުމުގައި ދިވެހިރާއްޖެ އެނބުރި އައުމަށް ވުރެ ނައުން ގާތް ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ،" އެ ހުކުމުގައިވެ އެވެ.
އަލީގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނުދޭން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމިޔަސް، އެ މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު އަލީ ސަމީރުގެ ރައުޔަކީ އެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެން ޖެހޭނެ ކަމަށެވެ.
ފަނޑިޔާރު ސަމީރުގެ ރައުޔުގައި ވަނީ ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އެދިފައި އޮތަސް، އަލީ މިހާރު ބޭނުންކުރައްވާ ޕާސްޕޯޓް ހިފަހައްޓަން ވެސް އަމުރު ނެރެވިދާނެ ކަމަށެވެ. ޕާސްޕޯޓް ހިފަހައްޓަން އެދުނީ އަލީ ރާއްޖެ އިން ބޭރުގައި ދަތުރުކުރެއްވުން ހުއްޓުވުމުގެ ގޮތުން ކަމަށް ވާތީ އެފަދަ އަމުރެއް ނެރެން ޖެހޭނެ ކަމަށް ފަނޑިޔާރު ސަމީރުގެ ރައުޔުގައިވެ އެވެ.
އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ހައި ކޯޓުން ނިންމިއިރު، އޭނާ މިހާރު ހުންނެވީ ވިސާގެ މައްސަލައެއްގައި އިނގިރޭސި ވިލާތުގައި ހައްޔަރުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ޝަރީއަތަށް އޭނާ ހާޒިރުނުވި މައްސަލާގައި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް އެއްވެސް އިރަކު ނުހިފަހައްޓާ!
ރެޑް ނޯޓިސް ނެރެގެން ވިޔަސް އަލީގެ މައްސަލަ ކުރިއަށް
ޗިޓް ރައްދު ނުވި،އެދެނީ މައްސަލަ ކުރިއަށް ގެންދަން
އަލީ ފުރުވާލުން: ހައިކޯޓުން އަދި ގޮތެއް ނުނިންމާ!
ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ރާއްޖެ އިން ބޭރަށް
އަލީގެ ޕާސްޕޯޓު ހިފަހައްޓަން އަނެއްކާ ކޯޓަށް
އަލީގެ ޓުވީޓެއް، ވިދާޅުވީ ވާހަކަތައް އަދި އޮތީ ކަމަށް
އަލީ ހައްޔަރުކޮށްފައި ހުރިކަން ޔޫކޭ ފުލުހުން އަންގައިފި
އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ބަލަން އަންގައިފިި
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ