Roadha Mihaaru
9/11 ގެ ކުރިން އަލް ގައިދާ

9/11 ގެ ކުރިން އަލް ގައިދާ

11 ސެޕްޓެމްބަރ 2021

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރުގެ ޓުވިން ޓަވަރަށް ދިން ޓެރަރިސްޓް ހަމާލާ ރާވައި އެ އިމާރާތް ގޮއްވާލީ މަޝްހުރޫ އަލްގައިދާ ޖަމާއަތުގެ މޭސްތިރި ކަމުގެ ދަށުންނެވެ. އެ ޖަމާއަތުގެ ވާހަކަ އާއި ނުރައްކާ އޮތްވަރު އެމެރިކާއިން ވަނީ މީގެ 20 އަހަރު ކުރިން އެ ގައުމަށް ދިން ޓެރަރިސްޓް ހަމަލާގެ ކުރިން ވެސް އަޑު އަހައި ތަޖުރިބާކޮށްފަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރުގެ ޓުވިން ޓަވަރަށް ދިން ޓެރަރިސްޓް ހަމާލާ ރާވައި އެ އިމާރާތް ގޮއްވާލީ މަޝްހުރޫ އަލްގައިދާ ޖަމާއަތުގެ މޭސްތިރި ކަމުގެ ދަށުންނެވެ. އެ ޖަމާއަތުގެ ވާހަކަ އާއި ނުރައްކާ އޮތްވަރު އެމެރިކާއިން ވަނީ މީގެ 20 އަހަރު ކުރިން އެ ގައުމަށް ދިން ޓެރަރިސްޓް ހަމަލާގެ ކުރިން ވެސް އަޑު އަހައި ތަޖުރިބާކޮށްފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ބޭނުން ނަމަ އަލްގައިދާ އާއި އެ ޖަމާއަތުގެ ލީޑަރު އުސާމާ ބިން ލާދިންއާ ދެކޮޅަށް ފިޔަވަޅުތައް ވެސް އެޅުނީހެވެ. އެ ބިރުވެރި ހަމަލާގެ ކުރިން ވެސް އެމެރިކާގެ އެންމެ ބޮޑު ދުޝްމަނަކީ އަލްގައިދާ އެވެ. އެ ޖަމާއަތާއި އެ ޖާމައަތުގެ ލީޑަރު ބިން ލާދީން ވެސް އޭރު ވެސް ވަޒަންވެރިވެގެން އުޅުނީ އަފްގާނިސްތާންގަ އެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާގެ އަހަރުތަކެއް ކުރިން ވެސް ބިން ލާދިން ފާހަގަ ކުރެވިފައި ވަނީ އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރި މީހެއްގެ ގޮތުގަ އެވެ. ވީޑިއޯ މެދުވެރިކޮށް އެކި އިންޓަވިއުތަކުގައި އޭނާ ވަނީ އެކަން ހާމަ ވެސް ކޮށްފަ އެވެ. އެމެރިކާއާ ދެކޮޅު ހަނގުރާމަ އަށް އުސާމާ ނުކުތީ 1957 ހިސާބުގަ އެވެ.

ކާނާތް ފަރާތުން ދެ ވަނަ އަށް އުސާމާ ބިން ލާދިން. އޭނާގެ އުމުރުން 16 އަހަރުގައި އާއިލާއާ އެކު ސްވިޑެން އަށް 1971 ގައި ކުރި ދަތުރެއްގެ ތެރެއިން ---ފޮޓޯ: ސްކޭން ފިކްސް ކެމެރާ ޕްރެސް

ކާނާތް ފަރާތުން ދެ ވަނަ އަށް އުސާމާ ބިން ލާދިން. އޭނާގެ އުމުރުން 16 އަހަރުގައި އާއިލާއާ އެކު ސްވިޑެން އަށް 1971 ގައި ކުރި ދަތުރެއްގެ ތެރެއިން ---ފޮޓޯ: ސްކޭން ފިކްސް ކެމެރާ ޕްރެސް

ބިލިއަނަރުން ހިމެނޭ އާއިލާގައި އުސާމާއަކީ އާއިލާގެ 17 ވަނަ މެންބަރެވެ. އުސާމާގެ ބޭބެއިންނަކީ އެހެން ގައުމުތަކުން ކިޔަވައިގެން ތިބި މީހުންނެވެ. އޭރު ވެސް އޭނާ އިސްކަން ދިނީ ދީނީ ކަންކަމަށާއި އިޖުތިމާއީ ހަރަކާތްތަކަށެވެ.

ކުރީގެ ސޯވިއަޓް ޔޫނިއަންއިން އަފްގާނިސްތާނަށް ވެރިވެގަތުމުން، އުސާމާގެ ސަމާލުކަން އަފްގާނިސްތާނަށް ބަދަލު ކުރި އެވެ. މުސްލިމުންގެ އެއްވެސް ގައުމެއް ހުޅަނގުގެ އަސްކަރީ ބާރެއްގެ ދަށުގައި ވާކަށް އޭނާ ބޭނުމެއް ނުވި އެވެ. އޭނާގެ އާއިލާ އަކީ މިހާރު ވެސް ސައުދީ އަރަބިއާގައި އެންމެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ނިސްބަތާވާ އާއިލާ އެވެ. ސޯވިއެޓުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބިން ލާދީން އެންމެ ފުރަތަމަ އެއް ކުރީ ފައިސާ އެވެ. ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގައި އޭނާ ބައިވެރިވި އެވެ. ފައިސާ އެއްކުރި އެވެ. އަފްގާނިސްތާނުގެ މުޖާހިދުން ސޯވިއެޓުންނާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމައިގައި ބައިވެރިވުމަށް ސައުދީ އަރަބިއާއިން އާ ޒުވާނެއް އަފްގާނިސްތާނަށް ދަތުރު ކުރި އެވެ.

އަލްގައިދާ ޖަމާއަތުގެ އިސް މޭސްތިރިޔާ އުސާމާ ބިން ލާދިން: ސެޕްޓެމްބަރު 11 ގެ ހަމަލާގެ ތުހުމަތު އަޅުވާފައިވާ ބިން ލާދިން އެމެރިކާ އިން މަރާލާފައި ވަނީ 2011 ވަނަ އަހަރު. --ފައިލް ފޮޓޯ

އަލްގައިދާ ޖަމާއަތުގެ އިސް މޭސްތިރިޔާ އުސާމާ ބިން ލާދިން: ސެޕްޓެމްބަރު 11 ގެ ހަމަލާގެ ތުހުމަތު އަޅުވާފައިވާ ބިން ލާދިން އެމެރިކާ އިން މަރާލާފައި ވަނީ 2011 ވަނަ އަހަރު. --ފައިލް ފޮޓޯ

ހަނގުރާމައިގައި ހާލުގައި ޖެހުނު ރެފިއުޖީންނަށާއި ފަގީރުންނަށް ބިން ލާދިން އެހީތެރިކަން ފޯރުކޮށްދިނެވެ. ހަނގުރާމައިން ޒަހަމްވާ މީހުންނަށް ފަރުވާދީ ސަލާމަތްތެރިކަން ފޯރުކޮށް ދިނެވެ.

އޭނާ އަހަރެމެން ކައިރީގައި އެގޮތަށް ހުރި އިރު އެއްވެސް މައްސަލައެއް ދިމަލެއް ނުވޭ. އަހަރެމެންނަށް އެހީވި ފަގީރުންނާއި ރެފިއުޖީންނަށް އޭނާގެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދިން

"އޭނާ އަހަރެމެން ކައިރީގައި އެގޮތަށް ހުރި އިރު އެއްވެސް މައްސަލައެއް ދިމަލެއް ނުވޭ. އަހަރެމެންނަށް އެހީވި ފަގީރުންނާއި ރެފިއުޖީންނަށް އޭނާގެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދިން،" ސޯވިއެޓް ޔޫނިއަންއާ ދެކޮޅަށް ހަނގުރާމަ ކުރި އަފްގާނިސްތާންގެ އާންމުންގެ މީހަކު ނެޓް ޖިއޯގެ ޑޮކިޔުމެންޓްރީއަކަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވެ އެވެ.

އެމެރިކާ އާއި ޕާކިސްތާން އަދި ސައުދީ އަރަބިއާގެ މަދަދު ލިބިގެން ސޯވިއެޓް ޔޫނިއަންއާ ދެކޮޅަށް ކުރި ހަނގުރާމައިގެ މުޖާހިދުންގެ މެދުގައި ބިން ލާދިންގެ ހިތްވަރުގަދަ ކަމާއި މުރާލިކަން މަޝްހޫރުވި އެވެ. އޭނާ އަފްގާނިސްތާނަށް ދަތުރު ކުރީ ފައިސާ އާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ސާމާނު ހިފައިގެންނެވެ. އެއީ އަފްގާނިސްތާންގެ މުޖާހިދުންނަށް ލިބުނު ބޮޑު އެހީއަކަށްވި އެވެ. ބިމު އަޑީގައި ބިންގަރާސް ހަދައި ހަނގުރާމަވެރިން ފިލަން ވަންނަ ތަންތަން ހެދި އެވެ. ސޯވިއެޓުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އޭނާ މަގުބޫލު މީހަކަށްވި އެވެ. ސައުދީ އަރަބިއާގެ ސަރުކާރުގެ މެންބަރުންގެ މެދުގައި ވެސް ސައުދީގެ މި ޒުވާނާގެ މަގބޫލުކަން ބޮޑުވި އެވެ. ސޯވިއެޓުން ބަލިކޮށް އަފްގާނިސްތާނަށް މިނިވަންކަން ލިބުނެވެ. ސޯވިއެޓް ޔޫނިއަށް ރޫޅި ކުދިކުދި ގައުތަމުތަކެއް އުފެދިގެން ދިޔައީ އޭގެ ފަހުންނެވެ.

ބިން ލާދީން

ބިން ލާދީން

ސޯވިއެޓުންގެ ހަނގުރާމައިގެ ތެރޭގައި ބިން ލާދީންގެ ވާހަކަ އެމެރިކާއިން އަޑު އެހި އެވެ. އެކަމަކު އޭނާ އަކީ އެމެރިކާ އަށް ހުރި ނުރައްކަލެއް ކަމަށް އޭރު ނުބަލަ އެވެ.

"އަހަރެމެން އެންމެ ފުރަތަމަ އުސާމާ ބިން ލާދީންގެ ވާހަކަ އަޑު އެހީ މިގޮތަށް. އޭނާ ރެފިއުޖީންނަށް އެހީވުމުގައި އުޅޭ. އަދި އޭނާގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ އަރަބިންގެ ހަނގުރާމަވެރި ގުރޫޕެއް އަފްގާނިސްތާނުގައި އޮވޭ. އެ މީހުން ދިޔައީ ސޯވިއެޓުންނާ ހަނގުރާމަކޮށް ސޯވިއެޓުންގެ ސިފައިން މަރަމުން. އެހެންވީމަ އަހަރެމެން އޭނާ އަށް މާބޮޑު ސަމާލުކަމެއް ނުދެން،" އެމެރިކާގެ ޖާސޫސީ އޮފިޝަލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މައިކަލް ޝޯޔާ ބުނެފައިވެ އެވެ.

އެމެރިކާއާ މެދު ބިން ލާދިންގެ ރުޅިވެރިކަން ފާޅުވީ 1990 ގަ އެވެ. އެ އަހަރު އިރާގުގެ އޭރުގެ ރައީސް ސައްދާމް ހުސައިންގެ އަމުރަށް އިރާގު ސިފައިން ކުވައިތަށް ހަމަލާދީ އެ ގައުމުގެ ވެރިރަށުގެ ބާރު ކޮންޓްރޯލް ކުރި އެވެ. ކުވައިތު މަގުން ސައުދީ އަށް ސައްދާމްގެ އަސްކާރިއްޔާ ހަމަލާ ދީފާނެ ކަމުގެ ބިރު އުފެދުނެވެ. އެ ވަގުތު ބިން ލާދީން ވަނީ މައްކާ އާއި މާދީނާ އަދި ސައުދީގެ އެހެން ސަރަހައްދުތައް ހިމާޔަތްކޮށްދޭން ސައުދީގެ ޝާހީ އާއިލާ އަށް ހުށަހަޅައިފަ އެވެ. ނަމަވެސް ބިން ލާދީންގެ އެދުން ގަބޫލުނުކޮށް ސައުދީގެ ޝާހީ އާއިލާއިން އިސްކުރީ އެމެރިކާގެ އަސްކަރީ އެހީތެރިކަން ހޯދުމަށެވެ. ސައުދީން އިސްވެ އެމެރިކާގެ އަސްކަރިއްޔާއަށް ދައުވަތު ދިނެވެ.

ޓްވިންޓަވަރަށް ދިން ހަމަލާ

ޓްވިންޓަވަރަށް ދިން ހަމަލާ

ސައުދީގެ ފަސްގަނޑުގައި އެމެރިކާގެ ސިފައިންގެ ފައި ޖެހުމާ އެކު ބިން ލާދިން ސައުދީން ބޭރުކޮށްލައިފި އެވެ. އޭނާ ހިޖުރަ ކުރީ ސޫދާނަށެވެ. އެ ގައުމުގައި ޓްރޭނިން ކޭމްޕްތައް ހަދައި ހަނގުރާމަވެރިން ތަމްރީން ކުރަމުން ދިޔަ އެވެ. އެއީ އަލް ގައިދާ ރަސްމީކޮށް ފެށުމެވެ. އޭގެ ކުރިން ވެސް އަފްގާނިސްތާނުގައި ބިން ލާދީންގެ ދަށުން ހަނގުރާމަ ކުރި އަރަބި ހަނގުރާމަވެރިންގެ ގުރޫޕަށް ވެސް އަލް ގައިދާގެ ނަން ދިނެވެ. ސޫދާނުން އޭނާ ބޭރުކޮށްލުމުން އޭނާ ތަމްރީން ކުރި ހަނގުރާމަވެރިންނާ އެކު އޭނާ އަލުން އަފާގާނިސްތާނަށް ހިޖުރަ ކުރި އެވެ. ސައުދީ އަރަބިއާ އިން އެމެރިކާ ސިފައިން ނުފައިބާ ހިނދަކު އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ދެމިހުންނާނެ ކަމަށް އުސާމާ ބުންޏެވެ.

ސީއެންއެން އަށް 1997 ގައި ބިން ލާދިން ދީފައިވާ އިންޓަވިއުގައި އޭނާ ބުނެފައި ވަނީ އެންމެ މާތް ދެ ހަރަމް ނިސްބަވާ ގައުމުން އެމެރިކާ ނުފައިބައިހާ ހިނދަކު އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށެވެ. ޖެހިގެން އައި އަހަރު އެމެރިކާއާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިއުލާން ކުރި އެވެ. އޭގެ ހަފުތާތަކެއް ފަހުން ކެންޔާ އާއި ޓެންޒޭނިއާގައި ހުންނަ އެމެރިކާގެ އެމެބަސީތަކަށް ޖާނުން ފިދާވެގެން ބޮމުގެ ހަމަލާތަކެއް ދިނެވެ.

"އަހަރެމެން އެންމެ ފުރަތަމަ އުސާމާ ބިން ލާދީންގެ ވާހަކަ އަޑު އެހީ މިގޮތަށް. އޭނާ ރެފިއުޖީންނަށް އެހީވުމުގައި އުޅޭ. އަދި އޭނާގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ އަރަބިންގެ ހަނގުރާމަވެރި ގުރޫޕެއް އަފްގާނިސްތާނުގައި އޮވޭ. އެ މީހުން ދިޔައީ ސޯވިއެޓުންނާ ހަނގުރާމަކޮށް ސޯވިއެޓުންގެ ސިފައިން މަރަމުން. އެހެންވީމަ އަހަރެމެން އޭނާ އަށް މާބޮޑު ސަމާލުކަމެއް ނުދެން،"

ހަމަލާތަކުގެ ޒިންމާ އަލް ގައިދާއިން ނެގި އެވެ. އުސާމާ ބިން ލާދިން ހަިފައި ހައްޔަރު ކުރަން އެމެރިކާގެ އޭރުގެ ރައީސް ބިލް ކްލިންޓަން ބޭނުވި އެވެ. އެކަމަކު ހަމަ ހިލާ އޭނާ އަތުޖެހޭގޮތެއް ނުވި އެވެ. އަދި އަލްގައިދާގެ ބާރު ކަނޑުވާލެވޭނެ ގޮތެއް ވެސް ކްލިޓަނަކަށް ނުހޯއްދެވުނެވެ. ކްލިޓަންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު އެމެރިކާގެ ކަނޑުގެ އަސްކަރީ ބޯޓަކަށް ހަމަލާދީ އެތައް ބައިވަރު ސިފައިންނެއް އަލް ގައިދާއިން މަރާލި އެވެ. އަލް ގައިދާ ނުހުއްޓުވުނެވެ. އެ ޖަމާއަތް ބާރުލާފައި ދިޔައީ ކުރިއަށެވެ. ކްލިންޓަންގެ ވެރިކަން ނިންމި ޖޯޖް ޑަބްލިއު. ބުޝްގެ ވެރިކަމުގެ ކުރީ ކޮޅު މުޅި ދުނިޔެ މިހާތަނަށް ދެކެފައިވާ އެންމެ ނުރައްކާތެރި ހަމަލާ އަލްގައިދާއިން އެމެރިކާގެ ނިއު ޔޯކުގެ ޓުވިން ޓަވަރަށް ދިނެވެ. މުޅި ދުނިޔެ ސިއްސުވާލި ހަމަލާގައި 2،977 މީހުން މަރުވި އެވެ.