Roadha Mihaaru
އައިއެސް އިން އެމެރިކާ އަށް ހަމަލާއެއް ދީފާނެ

އައިއެސް އިން އެމެރިކާ އަށް ހަމަލާއެއް ދީފާނެ

27 އޮކްޓޯބަރ 2021

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ އަފްގާނިސްތާނު ގޮފީގެ ހަނގުރާމަވެރިން، ކުރިއަށް އޮތް 6-12 މަސް ތެރޭގައި އެމެރިކާ އަށް ހަމަލާއެއް ދިނުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް، އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނެފި އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ އަފްގާނިސްތާނު ގޮފީގެ ހަނގުރާމަވެރިން، ކުރިއަށް އޮތް 6-12 މަސް ތެރޭގައި އެމެރިކާ އަށް ހަމަލާއެއް ދިނުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް، އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނެފި އެވެ.

އެމެރިކާގެ އަންޑަސެކްރެޓަރީ އޮފް ޑިފެންސް ފޯ ޕޮލިސީ ކޮލިން ކާލް، ސެނެޓްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މިހާތަނަށް ލިބުނު ސިއްރު މައުލޫމާތަށް ބަލާއިރު އައިއެސް ޖަމާއަތުގެ އަފްގާނު ގޮފިން އެފަދަ ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ކަމަށެވެ. އައިއެސްގެ އަފްގާނު ގޮފިންނާއި އަލްގާއިދާ ޖަމާއަތުން މިހާރު ރާވަމުން ދަނީ، އަފްގާނުން ބޭރުގައި، އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނޭ ގޮތުން، ހަމަލާއެއް ދިނުމަށް ކަމަށް، ސިއްރު މައުލޫމާތުތަކުން ލަފާ ކުރެވެ އެވެ.

އެ ފަދަ ހަމަލާއެއް ދިނުމުގެ ގާބިލްކަން ހޯދުމަށް އައިއެސް އަފްގާނު ގޮފިން މަސައްކަތް ކުރާތަން، ކުރިއަށް އޮތް 6-12 މަސް ތެރޭގައި އަހަރެމެންނަށް ފެނިގެންދާނެ. އަދި އަލްގާއިދާ އިން އެފަދަ ހަމަލާއެއް ދިނުމަށް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައިއެސް ޖަމާއަތް މިހާރު އޮތީ، 2014 ވަނަ އަހަރުގެ ތެރޭގައި ސީރިޔާ އާއި އިރާގުގައި އެ ޖަމާއަތް އުފެދިގެން އައި އިރު އޮތް އާރާއި ބާރަކު ނޫނެވެ.

"މިވަގުތު އައިއެސްއައިއެސް-ކޭ (އިސްލާމިކް ސްޓޭޓް-ޚުރާސާން) އިން މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ، އަފްގާނިސްތާނުގެ ތެރޭގައި ހަމަނުޖެހުންތަކެއް އުފައްދަން."

އޭނާ ވިދާޅުވީ އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ސަރުކާރުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި، އަދި އަފްގާނިސްތާނުގެ ތެރެއިން މައުލޫމާތު ހޯދައި އެއްކުރުމުގެ ގާބިލްކަން ހުރި މިންވަރާ މެދުގައި ވެސް ސަރުކާރު ހިތްހަމަޖެހޭ ކަމަށެވެ. އެހެން ނަމަވެސް، އަފްގާނިސްތާނާ ބެހޭ ގޮތުން އެމެރިކާ އަށް އެނގޭ ކަމަށް މީގެ ކުރިން ހީކުރި މިންވަރަށް، އަފްގާނިސްތާނާ ބެހޭ ގޮތުން އެމެރިކާ އަށް ހަގީގަތުގައި މައުލޫމާތު ލިބިފައި ނެތް ކަމަށް އޭނާ އެއްބަސްވި އެވެ.

އޭނާ ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގައި ޕާކިސްތާނު ސަރުކާރާ އެކުގައި ކުރަމުން އަންނަނީ ނަތީޖާ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ. އަދި އަފްގާނިސްތާނުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅު ހަރަކާތެއް އެމެރިކާ އިން ހިންގަން ޖެހިއްޖެ ނަމަ، އެމެރިކާ ސިފައިންނަށް ބޭނުންކުރެވޭ ގޮތަށް، ވައިގެ ސަރަހައްދު ހުޅުވާލާފައި ބާއްވައިދިނުމަށް، ޕާކިސްތާނާއި އުޒްބެކިސްތާނާއި ތަޖިކިސްތާނާ އެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.