އަފްގާނިސްތާނުގައި ތާލިބާނުން އިއުލާންކުރި އާ ސަރުކާރު އެމެރިކާ އިން ބަލައިގެންކަން ތާލިބާނުންނަށް އަންގާފައިނުވާނެ ކަމަށް، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން އިއްޔެ ބުނެފި އެވެ.
އަފްގާނިސްތާނުގައި ތާލިބާނުން އިއުލާންކުރި އާ ސަރުކާރު އެމެރިކާ އިން ބަލައިގެންކަން ތާލިބާނުންނަށް އަންގާފައިނުވާނެ ކަމަށް، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން އިއްޔެ ބުނެފި އެވެ.
"އެއީ ވަގުތީ ސަރުކާރެއް. މި ސަރުކާރުގެ އެއްވެސް ވެރިއަކު، ރައީސް ވެސް އަދި ގައުމީ ސަލާމަތާ ބެހޭ ޓީމުގެ އެއްވެސް މެމްބަރަކުވެސް، ލަފާދީފައެއް ނެތް، ތާލިބާނުންނަކީ ބައިނަލްއަގުވާމީ މުޖްތަމައުގައި އިހްތިރާމް ލިބިގެންވާ އަދި އަގެއް ހުރި ބައެއް ކަމަކަށް ވެސް،" ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ޕިސާކީ ވިދާޅުވި އެވެ.
"އެމީހުންނަށް އެއިން އެއްވެސް ކަމެއް ހާސިލްކުރެވިފައެއް ނެތް. އަދި އަހަރެމެން ވެސް އެމީހުންގެ އެފަދަ ބުރަދަނެއް ހުރިތޯ ނުވެސް ބަލަން."
އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ކަމަކަށް ތާލިބާނުން ކުރަންވީ ކަމަކީ، ތާލިބާނުންގެ ބައިވެރިންނާ ވާހަކަ ދައްކައިގެން، ބައިނަލްއަގުވާމީ މުޖްތަމައުގައި ގާނޫނީ ހައިސިއްޔަތު ހޯދުމެވެ. ބައިނަލްއަގުވާމީ މުޖްތަމައުން ތާލިބާނުންނަށް ގާނޫނީ ހައިސިއްޔަތާއި ސިޔާސީ ތާއީދު ލިބިގެން ނޫނީ، ގައުމުތަކުން ތާލިބާންގެ ސަރުކާރު ބަލައެއް ނުގަންނާނެ އެވެ.
އެމެރިކާގެ ހާރިޖިއްޔާގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި، ތާލިބާނުންގެ އާ ސަރުކާރާ އެކު މުއާމަލާތު ކުރުމުގެ މައްސަލައިގައި ދުނިޔޭގެ ގިނަ ގައުމުތައް އޮތީ އެމެރިކާގެ ވިސްނުމާ އެއްގޮތަށެވެ. އޭގެ ތެރޭގައި ތާލިބާނުންގެ ކުރީގެ ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި އޮތް ޕާކިސްތާން ވެސް ހިމެނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ކަންތައް ހިނގަމުން ދާ ގޮތަށް ބަލާއިރު، ކައިރި ކުރިމަގެއްގައި އެމެރިކާ އިން ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭނެ ކަމަކަށް ނުބެލެވެ އެވެ.
އަފްގާނިސްތާނުގެ ވަގުތީ ބޮޑުވަޒީރު މުއްލާ މުހައްމަދު ހަސަން އާޚުންދް، އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ވެސް ވިދާޅުވީ، އަފްގާނިސްތާނުން އެއްވެސް ގައުމަކާ ދެކޮޅުވެރި ނުވާނެ ކަމަށާއި، ބައިނަލްއަގުވާމީ މުޖްތަމައާ އެކުގައި ރަނގަޅު ގުޅުމެއް އުފައްދަން ބޭނުންވާ ކަމަށެވެ. އަދި އެ ގައުމުގައި ތިބި ހުޅަނގުގެ އެއްވެސް އާންމު ރައްޔިތަކަށް ވެސް އަދި ޑިޕްލޮމޭޓަކަށް ވެސް އެއްވެސް ނުރައްކަލެއް ތާލިބާނުންގެ ފަރާތުން ކުރިމަތި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓް 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފުމާއެކު، އަންހެނުންގެ ހައްގުތަކަށް ގޮވާލައި ވެރިރަށް ކާބުލްގައި އަންނަނީ ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރަމުންނެވެ. އަންހެނުންނަށް ވަޒީފާ އަދާކުރުމުގެ މިނިވަންކަމާއި ސްކޫލްތަކަށް ކިޔަވަން ދިއުމުގެ މިނިވަންކަން އޮންނާނެ ކަމަށް ތާލިބާނުން ބުނަމުން އަންނަ އިރު، މިދިޔަ ދެ ދުވަހު ކުރި މުޒާހަރާތައް ރޫޅައިލީ، ވައިގެ ތެރެއަށް ބަޑިޖަހައި ބިރުދައްކައިގެންނެވެ.
އެފަދަ މުޒާހަރާތައް ނުބޭއްވުމަށާއި މުޒާހަރާގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ތާލިބާނުން އިންޒާރު ކުރުމާ ގުޅިގެން، މިއަދު ބާއްވަން އުޅުނު މުޒާހަރާ މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.
ދެ ޖިންސް މަސްހުނި ނުވާ ގޮތަށް އަންހެނުންނަށް ކިޔެވޭނެ
ކާބުލްގައި ބޭއްވި އަންހެނުންގެ މުޒާހަރާ ރޫޅާލައިފި
ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭކަށް ނެތް: އދ
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އަފްގާނު އަންހެނުން މޫނު ނިވައިކުރުން މަޖުބޫރުކޮށްފި
އަފްގާން އަންހެން ކުދިންގެ ސްކޫލްތައް އަނެއްކާ ބަންދު
އެހީވުމަށް އެމެރިކާ އިން ތާލިބާނުންނާ މުއާމަލާތްކުރަނީ
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
އާންމުންނަށް ހަމަލާ ދިން ސިފައިންނަށް ފިޔަވަޅެއް ނާޅާނެ
ކިޔެވުން މަނާކުރުމުން އަފްގާނު ކުދިން ކައިވެންޏަށް