Roadha Mihaaru
އެންސިސްގެ މުވައްޒަފުންނަށް ހިޔާ ފްލެޓް ހަދަން އެހީދީފި

އެންސިސްގެ މުވައްޒަފުންނަށް ހިޔާ ފްލެޓް ހަދަން ފައިސާގެ އެހީ ދީފި

08 ސެޕްޓެމްބަރ 2021

އެންސިސް ފިޝަރީސްގެ މުވައްޒަފުންގެ ތެރެއިން ހިޔާ ފްލެޓް ލިބުނު މުވައްޒަފުންނަށް ފްލެޓްތައް ހަދަން ކުރަން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެންސިސް ފިޝަރީސްގެ މުވައްޒަފުންގެ ތެރެއިން ހިޔާ ފްލެޓް ލިބުނު މުވައްޒަފުންނަށް ފްލެޓްތައް ހަދަން ކުރަން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެންސިސްގެ މުވައްޒަފުންނަށް ވަނީ އިންޓްރެސްޓަކާ ނުލައި ލޯނު ދީފަ އެވެ. އިންޓްރެސްޓާ ނުލައި މުވައްޒަފުންނަށް ލޯނު ދިނީ މުވައްޒަފުންނަށް ފްލެޓްތައް ހެދުމުގައި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން އަންނަނީ މީގެ ކުރިން ވެސް އިންޓްރެސްޓަކާ ނުލައި، ޒަރޫރީ ބޭނުންތަކަށް މުވައްޒަފުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެސްސިސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގު ވިދާޅުވީ، ވަޒީފާ ދޭ ފަރާތުގެ ހަމައެކަނި ޒިންމާއަކީ ރަނގަޅު މަސައްކަތުގެ މާހައުލެއް ހޯދައިދިނުން އެކަނި ނޫން ކަމަށެވެ. އޭގެ އިތުރުން މުވައްޒަފުންގެ ވެލްފެއާ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުންނަށް އެ މީހުންގެ އާއިލާތަކަށް ދިރިއުޅުމުގެ މުހިއްމު ލަނޑުދަނޑިތައް ހާސިލް ކުރުމަށް ހުރި ގޮންޖެހުންތަކަށް ލުއި ދިނުމަށް ވެސް މަސައްކަތް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 7،000 ފްލެޓްގެ ފިނިޝިން މަސައްކަތްތައްކޮށް އެތަންތަނަށް މީހުން އަންނަނީ ބަދަލުވަމުންނެވެ.