ގއ. ކަނޑުހުޅުދޫގައި ހަތަރު އަންހެނެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އޭގެ ތެރެއިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
05 ސެޕްޓެމްބަރ 2021
ގއ. ކަނޑުހުޅުދޫގައި ހަތަރު އަންހެނެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އޭގެ ތެރެއިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި އުމުރުން 22 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެ އަނިޔާތަކަށް އެ މީހާ އަށް ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށެވެ.
މި މާރާމާރީއާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މިހާކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ކަނޑުހުޅުދޫ ކައުންސިލުން ބުނީ ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ މާރާމާރީ ހިންގީ ކަނޑުހުޅުދޫ ސްކޫލު ދޮށުގައި ތިބެފައި އެ އަންހެނުންގެ މެދުގައި ބޮޑު ޒުވާބެއް ހިންގުމަށް ފަހު އެވެ. އަނިޔާވި މީހާ އޭނާގެ ގޭދޮށުގައި ހުއްޓާ ތިން އަންހެނަކު ގޮސް ސައިކަލުން ވައްޓާލައި އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ މާރާމާރީގައި އެ އަންހެން މީހާގެ ނޭފަތް މަތީގައި ޖެހުމުން، އޭނާގެ ނޭފަތް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
އޭނާ ބުނިގޮތުގައި، އެ ހަތަރު މީހުންގެ ބަޔަން ފުލުހުން މިހާރު ވަނީ ނަގައިފަ އެވެ.
ކަނޑުހުޅުދޫ، މަސްތުވާތަކެތީގެ ހަބަކަށްވެ ކަންބޮޑުވުން
ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މާރާމާރީއެއް
ކޯޓުގައި ބުނީ ޖީބަށް ވަޅި ލެވުނީ ހަނދާން ނެތިގެންނޭ
ގެސްޓްހައުސްގައި މީހަކަށް އަނިޔާކުރި މީހުން ދޫކޮށްލައިފި
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ކެފޭ މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް ހަމަލަދީފި
ތިމަރަފުށީގައި މާރާމާރީ ހިންގި މީހުން ހައްޔަރުކޮށްފި
ހޮޅުދޫގައި މަރުވި ޒަކިއްޔާގެ ދޮށީ ދަރި ހައްޔަރުކޮށްފި