Roadha Mihaaru
ހިލްޓަން އަށް ބަދަލު ހޯދައިދެވޭނީ ހައި ކޯޓަށް

ސަން ޓްރެވަލްސް އިން ހިލްޓަން އަށް ދޭން ޖެހޭ 24 މިލިއަން ޑޮލަރުގެ މައްސަލަ ބެލޭނީ ހައި ކޯޓަށް: ސިވިލް ކޯޓު

30 ނޮވެމްބަރ 2016

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލާ އެކު ހަދާފައިވާ އެއްބަސްވުން އުވާލި މައްސަލާގައި 24 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭން ސަން ޓްރެވަލްސް އެންޑް ޓުއާސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލަ ބެލޭނީ ހައި ކޯޓަށް ކަމަށް، ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލާ އެކު ހަދާފައިވާ އެއްބަސްވުން އުވާލި މައްސަލާގައި 24 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭން ސަން ޓްރެވަލްސް އެންޑް ޓުއާސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލަ ބެލޭނީ ހައި ކޯޓަށް ކަމަށް، ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިރުފުށި ރިސޯޓް ހިންގުން ދުނިޔޭގެ މަޝްހޫރު ހިލްޓަން އިންޓަނޭޝަނާ 2009 ގައި ހަވާލުކުރުމަށް ފަހު މުއްދަތު ހަމަނުވަނީސް 2013 ގައި ސަން ޓުއާސް އިން ވަނީ އެއްބަސްވުން އުވާލައިފަ އެވެ.

އެ މައްސަލާގައި ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައިވަނީ ގެއްލުމުގެ ބަދަލަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ސަން ޓްރެވަލްސް އެންޑް ޓުއާސްއިން ހިލްޓަނަށް ދޭން ޖެހޭނެ ކަމަށެވެ.

އާބިޓްރޭޝަންގެ އެ ނިންމުން ތަންފީޒުކޮށްދޭން ހިލްޓަން ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކޮށްދެވޭނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައި، އެ ކޯޓުން ކުރާ ހުކުމަށް ފަހު ކަމަށެވެ.

އާބިޓްރޭޝަން ގާނޫނު ބުނާ ގޮތުން ރާއްޖެއިން ބޭރުގައި ހިންގާފައިވާ އާބިޓްރޭޝަނެއްގައި ކަނޑައަޅާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒު ކުރެވޭނީ ރާއްޖޭގެ ކަމާ ބެހޭ ކޯޓަކަށް ހުށަހަޅައިގެންނެވެ. އެ ގާނޫނުގައި ކޯޓު މާނަކޮށްފައިވަނީ ހައި ކޯޓަށެވެ.