Roadha Mihaaru
"ނޯ ޓައިމް ޓު ޑައި" ގެ ފުރަތަމަ ޕްރީމިއާ 28 ގައި

"ނޯ ޓައިމް ޓު ޑައި" ގެ ފުރަތަމަ ޕްރީމިއާ މި މަހުގެ 28 ގައި

03 ސެޕްޓެމްބަރ 2021

މިދިޔަ އަހަރުން ފެށިގެން އެތައް ބަޔަކު އިންތިޒާރުކުރަމުން އަންނަ ޖޭމްސް ބޮންޑް ސީރީޒްގެ އާ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ ފުރަތަމަ ޕްރީމިއާ މި މަހުގެ 28 ގައި ބާއްވަން ނިންމައި، ފިލްމުގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުން ފެށިގެން އެތައް ބަޔަކު އިންތިޒާރުކުރަމުން އަންނަ ޖޭމްސް ބޮންޑް ސީރީޒްގެ އާ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ ފުރަތަމަ ޕްރީމިއާ މި މަހުގެ 28 ގައި ބާއްވަން ނިންމައި، ފިލްމުގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އިނގިރޭސީ ހިޔާލީ ޖާސޫސީ އޭޖެންޓް، ޖޭމްސް ބޮންޑްގެ 25 ވަނަ ފިލްމުގެ ފުރަތަމަ ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގައި ލަންޑަންގެ ރޯޔަލް އަލްބަޓް ހޯލްގަ އެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ސިނާތަކުގައި ފިލްމު އާންމުކޮށް ދައްކަން ފަށާނީ މި މަހުގެ 30 އިން ފެށިގެންނެވެ. އަދި އެމެރިކާ އާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި "ނޯ ޓައިމް ޓު ޑައި" ޕްރީމިއާކުރާނީ އަންނަ މަހުގެ 8 ގަ އެވެ.

މި ފިލްމަކީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު ރިލީޒްކުރަން އުޅުނު ފިލްމެކެވެ. އެކަމަކު މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ހެދި ފިލްމު އެކި ފަހަރު މަތިން ލަސްކުރަމުން ގޮސް މި އަހަރަށް ފަސްކުރީ އެވެ.

"ނޯ ޓައިމް ޓު ޑައި" އަކީ މި ފަހުން ބޮންޑްގެ ރޯލު ކުޅެމުން އަންނަ ޑެނިއަލް ކްރެއިގް އެ ރޯލު ކުޅުނު ފަސް ވަނަ އަދި ފަހު ފިލްމެކެވެ. މި ފިލްމަށް ފަހު އޭނާ ވަނީ ބޮންޑްގެ ރޯލަލް އަލްވަދާއު ކިޔައިފަ އެވެ.

ކެރީ ޖޯޖީ ފުކުންގާ ޑައިރެކްޓްކޮށްފައިވާ "ނޯ ޓައިމް ޓު ޑައި" ގެ ކާސްޓްގައި ރަމީ މާލިކް، ލިއާ ސިޑޫ، ލަޝާނާ ލީންޗް، ނިއޯމީ ހެރިސް، ޖްފެރީ ރައިޓް، ރާފް ފިއެނެސް އަދި ކްރިސްޓޯފް ވާލްޒް ހިމެނެ އެވެ.

މި ފިލްމަކީ ގާތްގަނޑަކަށް 301 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. އެންމެ ފަހުން ރިލީޒްކުރި ބޮންޑް ފިލްމަކީ 2015 ގެ "ސްޕެކްޓާ" އެވެ.