Roadha Mihaaru
ރޮނާލްޑޯ އާއި ރޫނީގެ ދަރިން ވެސް އެއް ޓީމަކަށް

އެއްކޮށް ކުޅުނު ރޮނާލްޑޯ އާއި ރޫނީގެ ދަރިން ވެސް އެއް ޓީމަކަށް

30 އޯގަސްޓް 2021

މެންޗެސްޓާ (އޮގަސްޓް 30) - މެންޗެސްޓާ ޔުނައިޓެޑުގައި އެއްކޮށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވޭން ރޫނީގެ ދަރިން ވެސް ޔުނައިޓެޑްގެ ޒުވާން ޓީމަށް އެކުގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (އޮގަސްޓް 30) - މެންޗެސްޓާ ޔުނައިޓެޑުގައި އެއްކޮށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވޭން ރޫނީގެ ދަރިން ވެސް ޔުނައިޓެޑްގެ ޒުވާން ޓީމަށް އެކުގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރޮނާލްޑޯ އާއި ރޫނީ ވަނީ 2004-2009 އަށް އެކުގައި ޔުނައިޓެޑަށް ކުޅެފަ އެވެ. ޔުނައިޓެޑް ދޫކޮށްލިތާ 12 އަހަރު ފަހުން ރޮނާލްޑޯ މެންޗެސްޓާ އަށް އެނބުރި ދާއިރު، ރޫނީ އާއި ރޮނާލްޑޯގެ ރީޔޫނިއަންއެއް ހެދޭކަށް ނެތެވެ. ކުޅުން ހުއްޓާލުމަށް ފަހު ރޫނީ މިހާރު މަސައްކަތް ކުރަނީ ޑާބީ ކައުންޓީގެ ކޯޗަކަށެވެ.

މިފަހަރު ރީޔޫނިއަން އަކަށް ވަނީ އާ ޖީލެކެވެ. ރޫނީގެ ދަރިފުޅު ކައި ރޫނީ އާއި ރޮނާލްޑޯގެ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ އެކުގައި ޔުނައިޓެޑުގެ އެކެޑެމީ ޓީމަށް ކުޅޭނެ އެވެ. ރޮނާލްޑޯ ބަދަލުވާ ޓީމުތަކުގެ އެކެޑެމީ އަށް ޖޫނިއާ ވެސް ކުޅެ އެވެ. ރޮނާލްޑޯ އެންމެ ފަހުން ހޭދަކުރި ޔުވެންޓަސްގެ އެކެޑެމީގައި ވެސް ކްރިސްޓިއާނޯ ޖޫނިއާ ކުޅުނެވެ. ޑާބީ ކައުންޓީގައި ރޫނީ ކޯޗު ކޮށްދިން ނަމަވެސް އޭނާގެ ދަރިފުޅު ޓްރޭނިން ހަދަމުން އަންނަނީ ޔުނައިޓެޑްގެ އެކެޑެމީގަ އެވެ.

ރޮނާލްޑޯ އާއި ރޫނީ، ކުރިން ޔުނައިޓެޑްގައި އެކުގައި ކުޅުނު އިރު --- ފައިލް ފޮޓޯ

ރޮނާލްޑޯ އާއި ރޫނީ، ކުރިން ޔުނައިޓެޑްގައި އެކުގައި ކުޅުނު އިރު --- ފައިލް ފޮޓޯ

އެލެކްސް ފާގަސަންގެ ކޯޗު ކަމުގެ ދަށުން ދެ ކުޅުންތެރިން ވަނީ ޔުނައިޓެޑްގެ ކާމިޔާބުތަކުގައި ބޮޑު ހިއްސާއެއްވެފަ އެވެ. އެ ދެ ކުޅުންތެރިންނަށް ބިނާވި، ޔުނައިޓެޑުގެ އެޓޭކުގައި ގިނަ ލަނޑުތަކެއް ޖެހި އެވެ.

ޔުނައިޓެޑްގެ ސަޕޯޓަރުން އުންމީދު ކުރަނީ ދިގު މުއްދަތަކަށް ކައި އާއި ޖޫނިއާ ޓީމުގައި މަޑު ކުރާނެ ކަމަށެވެ. އަދި އެ ދެ ކުޅުންތެރިންގެ ބައްޕަމެން ދެމެހެއްޓި ލެގެސީ ޔުނައިޓެޑްގެ ޓީމުގައި، ކައި ކްރިސްޓިއާނޯ ޖޫނީއާ ދަމަހައްޓާނެ ކަމަށް ވެސް ޔުނައިޓެޑްގެ ސަޕޯޓަރުން އުންމީދުކުރެ އެވެ.

އެކުގައި ކުޅެފައިވީ ނަމަވެސް ރޮނާލްޑޯ އާއި ރޫނީގެ ގުޅުން ގޯސްވި ވަގުތެއް އައެވެ. ވޯލްޑް ކަޕު 2006 ގައި އިންގްލެންޑާ ޕޯޗުގަލް ކުޅުނު މެޗުގައި ރޫނީ ކުރި ޓެކުލްއަކާ ގުޅިގެން އޭނާ އަށް ރަތް ކާޑު ދައްކަން ރޮނާލްޑޯ ރެފްރީ ގާތު ބުންޏެވެ.