Roadha Mihaaru
ލަންކާގައި ކޮވިޑް ޖެހިގެން ދިވެއްސަކު މަރުވެއްޖެ

ލަންކާގައި ކޮވިޑް ޖެހިގެން ދިވެއްސަކު މަރުވެއްޖެ

27 އޯގަސްޓް 2021

ސްރީ ލަންކާގައި ކޮވިޑް ޖެހިގެން، އުމުރުން ދުވަސްވީ ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސްރީ ލަންކާގައި ކޮވިޑް ޖެހިގެން، އުމުރުން ދުވަސްވީ ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދިވެއްސަކު ލަންކާގައި މަރުވުމާ ގުޅިގެން އާއިލާ އަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ކޮލަމްބޯގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން ދަނީ ފޯރުކޮށްދެމުންނެވެ.

ހަލުވިކަމާ އެކު ލަންކާގައި ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާއިރު އޮފިޝަލް ވަނީ ލަންކާގައި އުޅޭ ދިވެހިން އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށާއި ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

އާބާދީގައި 21.8 މިލިއަން މީހުން އުޅޭ ލަންކާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިތުރުވެ، ހޮސްޕިޓަލުތަކާއި މޯޗަރީތައް ފުރި ގައުމު ވަނީ ލޮކްޑައުންކޮށްފަ އެވެ. މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން 10 ދުވަހަށް ލަންކާ ލޮކްޑައުންކޮށްފައިވާއިރު އެ ނިންމެވުން އެ ގައުމުގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ނިންމެވީ ހޮސްޕިޓަލްތަކުން ދެން ފަރުވާ ދެވޭނެ ޖާގަ ނެތް ކަމުގެ އިންޒާރު ސިއްހީ އޮފިޝަލުން ދިނުމާ ގުޅިގެންނެވެ.

އެ ގައުމުން މިހާތަނަށް 412,370 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އަދި ބަލީގައި 8,157 މީހަކު މަރުވެފައިވެ އެވެ.