ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދޭން ޖެހޭނީ މާލޭ ސިޓީކައުންސިލުން ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ، ސިޓީ ކައުންސިލްގެ ބަޖެޓްގައި އަންނަ އަހަރު ހިމަނަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އިއްޔެ ވިދާޅުވެއްޖެ އެވެ.
26 އޯގަސްޓް 2021
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދޭން ޖެހޭނީ މާލޭ ސިޓީކައުންސިލުން ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ، ސިޓީ ކައުންސިލްގެ ބަޖެޓްގައި އަންނަ އަހަރު ހިމަނަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އިއްޔެ ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނާ އެއްގޮތް ކުރުމުގެ ބޭނުމުގައި ބިމާ ބެެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގައި އަލީ ނިޔާޒް ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ކުރަން ޖެހޭނީ މާލޭ ސިޓީކައުންސިލުންކަން ގާނޫނުން ސާފުކޮށް އެނގޭ ކަމަށެވެ.
ނަމަވެސް މާލޭ ސިޓީކައުންސިލްގެ މި އަހަރުގެ ބަޖެޓަކީ 17 މިލިއަން ރުފިޔާ ކަމަށް ވާއިރު، ހަމައެކަނި ހުޅުމާލޭގެ މުނިސިޕަަލް މަސަައްކަތްތަކަށް އަހަރަކު 70 މިިލިއަން ރުފިޔާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ނިޔާޒް ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގައި ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެެންނެވީ ހުޅުމާލޭގެ މުނިސިޕަަލް ކަންތައްތަކަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެ މަސައްކަތް ކޮށްދެއްވުމަށެވެ.
"ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދޭން ޖެހޭނީ ސިޓީ ކައުންސިލުންކަން އެނގޭ. އެއީ ވަރަށް ސާފުކޮށް ބުނެފައި އޮތް އެއްޗެއް، އެއީ އެއްވެސް ބަޔަކު މާނަ ކުރަންޖެހޭ އެއްޗެއް ނޫން. އެއީ ކޯޓަކަށް ދާން ޖެހޭ ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އަލީ ނިޔާޒް ވިދާޅުވިގޮތުގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދޭން މި ވަގުތު ސިޓީ ކައުންސިލްގައި ބަޖެޓެއް ނެތެވެ.
އެކަން ހައްލުކުރުމަށްޓަކައި ސިޓީ ކައުންސިލުން ސަރުކާރަށް ހުށަހަޅާފައި އޮތީ އެޗްޑީސީގައި އޮތް ބަޖެޓް ކައުންސިލަށް ބަދަލުކުރުމަށެވެ. އެ މައްސަލަ އަށް ހައެއްލެއް ނުލިބި ތާށިވެފައި އޮތީ އެކަމުގައި ކަމަށް ވެސް އަލީ ނިޔާޒް ވިދާޅުވި އެވެ. މި އަހަރުގެ ބާކީ އޮތް ބައިގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލުން ދިނުމަށް ކުރެވެން އޮތް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި އެޗްޑީސީއާއި އެކު އެއްބަސްވުމެއް ގާއިމު ކުރުމެވެ.
ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދާއިމީ ހައްލަކަށް ވާނީ މި އަންނަ އަހަރު ދައުލަތުގެ ބަޖެޓްގައި ސިޓީ ކައުންސިލަށް ހުޅުމާލޭގެ މި ބުނާ މުނިސިޕަލް ހިދުމަތްތަކަށް ބޭނުންވާ ބަޖެޓް ޖެހުން. އެކަން ކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކޮށްދޭނަން،" އަލީ ނިޔާޒްް ވިދާޅުވި އެވެ.
ހުޅުމާލެ އަކީ މާލޭ ސިޓީކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ވާއިިރު، އެކަން ތަންފީޒު ނުވާތީ ރައްޔިތުންނާއި ސިޓީ ކައުންސިލުން ވެސް ޝަކުވާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ކައުންސިލް މުވައްޒަފުންގެ ބަސް، 3 ކެޓަގަރީއަކަށް ހިލޭ
ހިއްކަން އުޅޭ ފަޅަކީ އާބަންކޯގެ ތަނެއް ނޫން: މުއިއްޒު
ރޯދަމަހަށް ހުޅުމާލެ 2 ގައި ވަގުތީ މާރުކޭޓެއް ހަދަނީ
ހާލުގައި ޖެހުނު މީހުންގެ ވަގުތީ ތަނަކަށް ކޮވިޑް ވިލެޖް
"އަސްލަމް ގާނޫނާ ހިލާފުވި މައްސަލަ ކޯޓަށް ގެންދެވޭނެ"
ސިޓީ ކައުންސިލަށް 1 އަހަރު، އެއްބާރުލުމެއް ނުލިބޭ!
ސަރުކާރު އަބަދުވެސް ޕޮޒިޓިވް ނޯޓެއްގައި، ނަތީޖާ ސުމެއް
މާލޭގެ މީހުންނަށް ހުޅުމާލެއިން ހިލޭ ގޯތި ދޭން އެދިއްޖެ
ޕާކިންއަށް އެދޭ ޕޯޓަލް ބްލޮކްކުރިކަމަށް ތުހުމަތުކޮށްފި