24 އޯގަސްޓް 2021
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި ޝަކުވާ އަށް އެއްވެސް ޖަވާބެއް ނުލިބުމުން، އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި ޝަކުވާ އަށް އެއްވެސް ޖަވާބެއް ނުލިބުމުން، އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުން މީގެ ކުރިން ވަނީ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި ތުހުމަތުތަކުން ބަރީއަވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތާއި ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނާއި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުންނެވެ.
އިންތިހާބާ ގުޅޭގޮތުން އެ ގޮތަށް ނިންމިއިރު، އޭސީސީން ދިޔައީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަހުލޫފުގެ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލައިގައި ދައުވާކުރަން އޭގެ ފަހުން ފޮނުވާފައި ވެ އެވެ. އެހެންވެ، މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް އެމްޑީޕީން އެންގުމުން، އެކަން އަލުން ބަލައި ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
MDP ގެ އިންތިޚާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ހުށައެޅި ޝަކުވާއަށް އެއްވެސް ޖަވާބެއް ނުލިބި އިންތިޚާބަށް އެންމެ 30 ދުވަހަށް ވެފައިވާތީ ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ @ElectionsMv އަށް މިއަދު މައްސަލަ ހުށައަޅައިފިން.
— Ahmed Mahloof (@AhmedMahloof) August 24, 2021
މަހުލޫފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މިދިޔަ އަންގާރަ ދުވަހު ހުށަހެޅި ޝަކުވާ އަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އެ އިންތިހާބަށް 30 ދުވަސްވެފައި ވާތީ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަށް އެ މައްސަލަ ހުށަހަޅާފައިވާ އޭނާ ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭގޮތުން މަހުލޫފު މީގެ ކުރިން ވިދާޅުވީ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ނިންމުމަކީ އެ ޕާޓީން ވަކާލާތުކުރި، އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާ އިދިކޮޅު އަދި ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ.
މަހުލޫފުގެެ އިތުރުން ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވެސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެންގި އެވެ. އެކަމަކު، އެ މައްސަލަ އިސްތިއުނާފުކުރުމުން ކޮމިޓީން ވަނީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ނިންމައިފަ އެވެ.
މަހްލޫފުގެ މައްސަލާގައި މިފަހަރު ގޮތް ހުސްވީ ސަރުކާރު؟
މަހުލޫފުގެ އިންތިހާބީ ޝަކުވާގެ މައްސަލަ ބަލަނީ
މަހްލޫފާ ގުޅޭ މައްސަލަ ނިންމީ ރަނގަޅަށް: އެމްޑީޕީ
އެމްޑީޕީގެ ނިންމުން މުރާޖައާކޮށްދޭން މަހްލޫފް އެދިއްޖެ
މަހްލޫފާއި އަކްރަމަށް ފުރުސަތު ގެއްލިއްޖެ
މަހްލޫފްގެ މައްސަލަ: ވައިބަ މެސެޖްތަކަކާ މެދު ސުވާލު
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
މަހްލޫފްގެ ޝަރީއަތް:ބޮޑެތި ތުހުމަތުތަކާއި ބަހުގެ ހަމަލާ
މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟