22 އޯގަސްޓް 2021
ޒިޔުރިކް (އޮގަސްޓް 22) - ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އަލުން އައުމުން، އެ ގައުމުގެ އަންހެން ކުޅުންތެރިން ސަލާމަތް ކުރަން ކުޅިވަރުގެ އެކި އިދާރާކުން ގޮވާލަމުންދާ އިރު ބައެއް ކުޅުންތެރިން ދަނީ އެހެން ގައުމުތަކަށް ހިޖުރަކުރަމުންނެވެ.
ޒިޔުރިކް (އޮގަސްޓް 22) - ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އަލުން އައުމުން، އެ ގައުމުގެ އަންހެން ކުޅުންތެރިން ސަލާމަތް ކުރަން ކުޅިވަރުގެ އެކި އިދާރާކުން ގޮވާލަމުންދާ އިރު ބައެއް ކުޅުންތެރިން ދަނީ އެހެން ގައުމުތަކަށް ހިޖުރަކުރަމުންނެވެ.
ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ އަފްގާނިސްތާންގެ އަންހެން ކުޅުންތެރިން ރައްކާތެރިކޮށް ދިނުމަށް އެކި ގައުމުތަކުގެ ސަރުކާރުތަކަށް ލިޔެފަ އެވެ. ބައެއް އަންހެން އެތުލީޓުން ދަނީ ކުރިމަތި ވެދާނެ ބިރު ބޮޑުކަމުން، ގައުމު ދޫކޮށް އެހެން ގައުމުތަކަށް ބަދަލުވަމުންނެވެ.
ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން، ފިފްޕްރޯ އިން ބުނީ އަފްގާނިސްތާންގެ ކުޅުންތެރިން ސަލާމަތް ކުރެވޭނެ ގޮތެއް ހޯދަން ބައެއް ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން އެ ޔޫނިއަން އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަފްގާނިސްތާންގެ އަންހެން ފުޓްބޯޅަ ޓީމަށް އަންނަ މަހު ކޮލިފިކޭޝަން މެޗުތަކެއް ވެސް އެބައޮތެވެ. އަންނަ އަހަރު އިންޑިއާގައި ބާއްވާ އަންހެން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އަފްގާންގެ ގައުމީ ޓީމުން ރާއްޖެއާ ދެކޮޅަށް ވެސް ނުކުންނާނެ އެވެ. ދެން އެ ގްރޫޕްގައި ހިމެނެނީ ވިއެޓްނާމް އާއި ތަޖިކިސްތާން އެވެ.
ތަޖިކިސްތާންގައި ކުޅޭ ގްރޫޕްގެ މެޗުތަކަށް ތައްޔާރު ވުމަށް ރާއްޖެއިން ވަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ވެރިރަށް ދުބާއީގައި ކޭމްޕް ކޮށްފަ އެވެ. ދުބާއީގައި ކުރިއަށް ގެންދާ ކޭމްޕްގައި ޔޫއޭއީގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރި ކަމުގެ މެޗެއް ރާއްޖެ ކުޅޭނެ އެވެ.
ނަމަވެސް އަފްގާނިސްތާންގެ އަންހެން ކުޅުންތެރިން ބިރުން އެކި ތަންތަނަށް ގޮސް "ފިލައިފި" އެވެ.
"އަންހަނަކަށް ނުވެސް ނިދޭ. ގޮތް ހުސެވެފައި ހުރެ ރުއިން ނޫން ކަމެއް އަހަންނަކަށް ނުުކުރެވޭ،" އަފްގާންގެ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ހާލިދާ ޕޯޕާލް ބުންޏެވެ.
ފީފާގެ ސްޕޯކްސް ޕާސަންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަފްގާނިސްތާންގެ ފުޓްބޯލް ފެޑްރޭޝަނާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ.
"އަފްގާނިސްތާން ފުޓްބޯޅަ ފެޑެރޭޝަނަށާއި ގުޅުން ހުރި އެހެން މުއައްސަސާތަކާ އެކު ވެސް ވާހަކަ ދައްކަން ކުޅުންތެރިންގެ ހާލަތާ މެދު. އަޕްޑޭޓްތައް އަހަރެމެންނަށް ދަނީ ލިބެމުން."
ތާލިބާނުން ކުރިން ވެރިކަން ކުރި އިރު އަފްގާނިސްތާންގެ ފުޓްބޯޅަ އޮތީ މަނާ ކޮށްފަ އެވެ. އަދި އަންހެނުން ވަޒީފާ އަދާކުރުމާއި ތައުލީމު އުނގެނުން ވެސް އޮތީ މަނާކޮށްފަ އެވެ. ނަމަވެސް އެ ގުރޫޕުން މިހާރު ބުނަމުން ދަނީ ފިރިހެނުންނާ އެއް ސަފެއްގައި ވަޒީފާ އަދާކުރުމާއި ތައުލީމު އުނގެނުމުގެ ފުރުސަތު އަންހެނުންނަށް ވެސް ދޭނެ ކަަމަށެވެ.
އަފްގާން އެފްއޭގެ ކޮރަޕްޝަން ކުޅުންތެރިން ޓީމު ބޮއިކޮޓް
އަފްގާނިސްތާން ޒުވާން ޓީމަށް ބަހްރޭނަކަށް ނުފުރުނު
ޕާކިސްތާނުގެ ހަމަލާތަކެއްގައި އަފްޣާނިސްތާނުން 46 މަރު
ތާލިބާނުގެ މަންދޫބާ ސަފީރު ބައްދަލުކުރީ ހުއްދަނެތި
ތުނބުޅި ނެތުމުން 280 މީހަކު ވަޒީފާއިން ވަކިކުރި
އަފްޣާނިސްތާނުގައި ނަމާދު ނުކުރާ މުވައްޒަފުންނަށް އަދަބު
މަޖުބޫރު ކައިވެނިން ދަރިފުޅު މަރުވުމުން މަންމަ ޖަލަށް
ތާލިބާނުން އަފްޣާނުގެ އަންހެން ޓީމު ބަލައެއް ނުގަތް
ތާލިބާނުން އަންހެން މުވައްޒަފުންގެ މުސާރަ ކުޑަކޮށްފި
އަންހެން ކުދިން ނުލައި އަފްޣާން ސްލޫލްތައް ހުޅުވައިފި