އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،400 އަށް އަރާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،400 އަށް އަރާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
މެގްނިޓިއުޑް 6.0 ގައި ހުރި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ޕާކިސްތާނުގެ ބޯޑަރާ އިންވެގެން އޮންނަ ކުނާރު ޕްރޮވިންސަށެވެ.
ފުން ވާދީތަކުގައި އާދައިގެ ގޮތަކަށް ހަދާފައިވާ މަށީގެ ގެތައް ވެއްޓި ބައެއް އަވަށްތައް އެއްކޮށް ބިމާ ހަމަވެފައި ވާއިރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެކަމަކު ބިންހެލުމުގެ ގެއްލުންތައް ވެފައިވަނީ އެކަހެރި ހިސާބަކަށް ކަމަށް ވެފައި މަގުތައް ބަންދުވެފައި ވާތީ އެހީގެ މަސައްކަތަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ.
މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ. މަރުވި މީހުން ވަޅުލުމަށް ގެންދަނީ ހެލިކޮޕްޓަރުގަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައި ވަނީ ޖަލާލާބާދާ ގާތްގަނޑަކަށް 27 ކިލޯމީޓަރު (17 މޭލު) ދުރަށް، ބިމުގެ އަޑިން އަށް ކިލޯމީޓަރު އަޑިން ކަމަށެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގެއްލުންތައް ވަޒަންކޮށް، އިމަޖެންސީ އެހީ ފޯރުކޮށްދިނުމަށާއި، އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އދ. އިން މިހާރުވެސް ވަނީ އިމަޖެންސީ ރެސްޕޯންސް ފަންޑުން ފަސް މިލިއަން ޑޮލަރު ދޫކޮށްފަ އެވެ.
ބިންހެލުމެއްގައި އަފްޣާނިސްތާނުން އެތައް ސަތޭކަ މަރު
އަފްޣާނަށް ބިންހެލުމެއް، 2000 އަށްވުރެ ގިނަ މަރު
އަފްގާނު ބިންހެލުމުގައި 1500 މީހުން މަރުވެއްޖެ
ބާރު ގަދަ ބިންހެލުމެއްގައި އަފްގާނުން 280 މަރު
އަފްގާނަށް އައި ބިންހެލުމެއްގައި 26 މީހަކު މަރުވެއްޖެ
އަލިފާން ފަރުބަދައެއް 500 އަހަރަށް ފަހު ގޮވައިފި
ބިންހެލުމަށް ފަހު އަލިފާން ފަރުބަދައެއް ގޮވައިފި
ސުނާމީގެ ނުރައްކާ އިންޑިއާ ކަނޑަކަށް ނެތް
ބާރުގަދަ ބިންހެލުމަށް ފަހު ސުނާމީ އަރަނީ
ރަޝިޔާ ކައިރިން އައި ބިންހެލުމަކަށް ފަހު ސުނާމީ އެލާޓް