17 އޯގަސްޓް 2021
އަލަށް އިންތިޚާބުކުރި ސިޓީ ކައުންސިލަށް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެދުނު ކަންކަން ފުރިހަމަކޮށްދީފައިވާނެ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކައުންސިލަށް ޖެއްސުންކުރާތަން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަލަށް އިންތިޚާބުކުރި ސިޓީ ކައުންސިލަށް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެދުނު ކަންކަން ފުރިހަމަކޮށްދީފައިވާނެ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކައުންސިލަށް ޖެއްސުންކުރާތަން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތައް ޒަމަނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ހެންވޭރު އުތުރު ސެގްމަންޓު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވަނީ، ރައްޔިތުން އެދޭ ކަންތައްތައް ފުރިހަމަކޮށްދިނުމަށް ސިޓީ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެހެންވެ، އެގޮތަށް ކަންތައް ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ކެބިނެޓުގެ ވަޒީރުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.
"ސަރުކާރުގެ ކިބައިން މި ފެނިގެންދަނީ ޖުމްލަ ގޮތެއްގައި އެއްބާރުލުން ކައުންސިލަށް ނުދޭތަން. ކައުންސިލަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ހާއްސަގޮތެއްގައި ޖެއްސުންކުރާތަން. ވަރަށް ހިތާމަކުރަން،" ހެލްތު މިނިސްޓްރީ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ވިދާޅުވި އެވެ.
މާލެ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ދަށުން ފޭސް 2 ގެ މަސައްކަތް ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވީ މާލެ ސިޓީގެ މޭޔަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
— Road Development Corporation Ltd (@rdcmaldives) August 17, 2021
#ޓީމްއާރުޑީސީ pic.twitter.com/leOFWkugs7
ކައުންސިލްގެ ޒިންމާ އަދާކުރަން ސަރުކާރުގެ ތެރެއިން އެކިއެކި ދިމަދިމާލުން ހުރަސްތައް ކުރިމަތިކުރުވާތީ ހިތާމަކުރައްވާ ކަމަށާއި ރައްޔިތުން އެދޭ އަމާޒަށް ހިދުމަތް ދިނުމަށް، އިދިކޮޅު ކޯލިޝަންގެ މެޖޯރިޓީ އޮތް ކައުންސިލަށް އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނާގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުމަކީ ކައުންސިލްގެ ބޭނުމެއް ކަމަށާއި އެކަން ކޮށްދިނުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލުން ދޭންޖެހޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ނަމަވެސް މި ތިން މަހުގެ ތެރޭގައި ފެނިގެން ދަނީ ސަރުކާރުގެ އެކި ކުންފުނިތައް މެދުވެރިކޮށް އަދި ބައެއް ވުޒާރާތަކުން އެއްބާރުލުން ނުދީ ހުރަސްތައް ކުރިމަތިކުރާތަން. މި މަޝްރޫއުން ވެސް ފެނިގެންދަނީ އެތަން،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ކައުންސިލުން ފަށާފައިވާ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަށް ބައެއް ބަދަލުތައް ގެނެސް، މިހާރުގެ ކައުންސިލުން ނިންމާފައި ވަނީ މާލޭގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ހަދާށެވެ. އެކަމަށް ޕްލޭނިން މިނިސްޓްރީގެ ހުއްދައަށް ވަނީ އެދިފަ އެވެ.
މޭޔަރު ވިދާޅުވީ ތާރު އަޅައިގެން މަގު ހެދުމުން ހިނގާ މީހުންނާއި ވެހިކަލް ދުއްވާ މީހުން އަދި ޓްރެފިކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
ރައްޔިތުން އެދޭ އަމާޒަށް މާލެ ތަރައްގީކުރަން ބޭނުންވާ ނަމަ ސިޓީ ކައުންސިލުން އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްދިނުމަކީ އެދޭ ކަމެއް ކަމަށާއި ރައްޔިތުން އެދޭގޮތް ދެނެގަނެ، ރައްޔިތުން އެދޭގޮތަށް ސިޔާސަތުތައް ބައްޓަންވެގެންދާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
ޓުވީޓާ ގުޅިގެން ޝިއުނާއަށް ނަސޭހަތް ދިނިން: މޭޔަރު
އަމީނީމަގުގެ މަޝްރޫއުއަށް އެއްބާރުލުން ދޭނަން: މުއިއްޒު
މަޝްރޫއު އަތުލުމާ އެމްޑީޕީގެ ކައުންސިލަރުން ވެސް ދެކޮޅު
މަގު ހެދުމުގެ މަޝްރޫއު އަތުލީ ގާނޫނާ ޚިލާފަށް:މުއިއްޒު
ކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލް ބައިވެރި ނުވި
މާލޭގެ މީހުންނަށް ގޯތި ދޭނީ ހިލޭ: ރައީސް އޮފީސް
މާލޭގެ މީހުންނަށް ހުޅުމާލެއިން ހިލޭ ގޯތި ދޭން އެދިއްޖެ
މުއިއްޒުގެ ހިސާބު: 54،000 ގެދޮރު ދެވޭނެ
އެއްބަސްވުން ބަދަލުކޮށް، 16 މަގެއްގައި ތާރު އަޅަނީ