05 ފެބުރުއަރީ 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން "ލޭ އޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ" ކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރެއްވި ޓުވީޓްގެ މައްސަލާގައި، އެފަދަ އިބާރާތްތައް ބޭނުންނުކުރުމަށް އޭނާއަށް ނަސޭހަތް ދީފައިވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން "ލޭ އޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ" ކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރެއްވި ޓުވީޓްގެ މައްސަލާގައި، އެފަދަ އިބާރާތްތައް ބޭނުންނުކުރުމަށް އޭނާއަށް ނަސޭހަތް ދީފައިވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު "މިހާރު" އަށް ވިދާޅުވި ގޮތުގައި، އެ ޓުވީޓްގެ މައްސަލަ އޭނާއަށް އިވިވަޑައިގަތީ އެހެން ކައުންސިލަރެއްގެ ފަރާތުންނެވެ. އެކަން އެނގިވަޑައިގެންނެވުމާ އެކު ވަގުތުން ޝިއުނާއަށް ގުޅުއްވައި "ލޭއޮހޮރުވުމަކަށް" ގޮވާލާ ކަހަލަ އިބާރާތެއް ނުވަތަ އެކަހަލަ ކަމަކަށް ހިތްވަރުދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ދަންނަވައި ނަސޭހަތް ދެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ޓުވީޓް ޑިލީޓް ވެސް ކުރި ހަމަ އަޅުގަނޑާ ބައްދަލުކޮށްފައި. ޑިލީޓްކޮށް، އަޅުގަނޑު ހިތުން ހަމަ އެވަގުތު ޓުވީޓް ކުރެއްވިކަންނޭނގެ. މިހާރު އެކައުންޓް ބްލޮކްކޮށްފައި އިނީ، ތިމަންނަ އެކަހަލަ މާނައެއްގައެއް ނޫނޭ އެހެން ދޭހަވާ ނަމަ މާފަށް އެދެމޭ: މޭޔަރު މުއިއްޒު
އެ ޓުވީޓް ޑިލީޓްކުރަން ޝިއުނާއަށް އެންގެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އޭނާ ޓުވީޓް ޑިލީޓް ވެސް ކުރި ހަމަ އަޅުގަނޑާ ބައްދަލުކޮށްފައި. ޑިލިޓްކޮށް، އަޅުގަނޑު ހިތުން ހަމަ އެވަގުތު ޓުވީޓް ކުރެއްވި ކަންނޭނގެ، މިހާރު އެކައުންޓް ބްލޮކްކޮށްފައި އިނީ، ތިމަންނަ އެކަހަލަ މާނައެއްގައެއް ނޫނޭ އެހެން ދޭހަވާ ނަމަ މާފަށް އެދެމޭ. އަޅުގަނޑު އެހެން ބުނުމުން، އެއީ އަޅުގަނޑު ނެގި އެކްޝަންގެ ސަބަބުން،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު ވަގުތުން ފިޔަވަޅު އަޅާފައި އެ އޮތީ."
ލޭ އޮހޮރުވުމަކަށް ގޮވާލި ޝިއުނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފި https://t.co/eSN0dKfZef
— Mihaaru (@Mihaarunews) February 4, 2023
ޝިއުނާ، "ނަންނަޒީވް"ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ޓްވީޓުގައި ބުނީ "ބަޔަކު ވަރަށް ހަރުކަށިކަމާ އެކު ނުކުމެ މި ވެރިކަން ނިންމަން ވެއްޖެ" ކަމަށެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ލިޔެފައި އޮތީ ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުންދާ ކަމަށާއި ރައީސް ހަމަ ބިމަށް ތިރިކުރަން ވެއްޖެ ކަމަށެވެ.
އެ ޓުވީޓްގެ ސަބަބުން އެތައް ބައެއްގެ ނުރުހުން އަމާޒުވެ، ފާޑުކިޔުން ބޮޑުވުމުން ޝިއުނާ ފަހުން ޓްވީޓު ޑިލީޓުކުރި ނަމަވެސް، ލޭ އޮހޮރުވުމަކަށް ގޮވާލި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ޝިއުނާގެ ޓްވީޓާ ގުޅިގެން އެތައް ބަޔަކު އެ އެކައުންޓްގެ މައްސަލަ ޓުވިޓާއަށް ރިޕޯޓުކުރުމުން، ދެން އާ އެކައުންޓެއް ނުހެދޭނެ ގޮތަށް އޭނާ ވަނީ އިއްޔެ ސަސްޕެންޑްކޮށްފަ އެވެ. ޓުވިޓާގެ ގަވައިދުތަކަށް ހިލާފުވި ކަމަށް ބުނެ ޝިއުނާގެ އެކައުންޓު ސަސްޕެންޑުކުރިއިރު ފޮލޯވަރުންގެ ގޮތުގައި 10،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ.
ލޭއޮހޮރުވުމަކަށް ގޮވާލުން ފަދަ ޓެރަރިޒަމްގެ ކުށަކަށް އަރައިގަތުމަށް ހިތްވަރުދިނުމަކީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށެކެވެ. މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި އެފަދަ ކަންކަމަށް ހިތްވަރުދީ ޕޯސްޓުތައް ކުރާ މީހުން ހައްޔަރުކޮށް، ދައުވާ ވެސް އުފުލާފައިވެ އެވެ.
ވެރިކަން ބަދަލުކުރަން ލޭއޮހޮރުވަން ގޮވި މައްސަލަ ބަލަނީ
ކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލް ބައިވެރި ނުވި
މާލޭގެ މީހުންނަށް ގޯތި ދޭނީ ހިލޭ: ރައީސް އޮފީސް
މާލޭގެ މީހުންނަށް ހުޅުމާލެއިން ހިލޭ ގޯތި ދޭން އެދިއްޖެ
މުއިއްޒުގެ ހިސާބު: 54،000 ގެދޮރު ދެވޭނެ
މުއިއްޒުގެ ވާހަކަތައް އެންސީޓީސީން ދޮގުކޮށްފި
ކައުންސިލަށް ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ: މުއިއްޒު
ގުޅިފަޅު ޕްލޭނުގެ މަޝްވަރާ އަވަސްކޮށްދޭން އެދެފި
ޕިކްނިކް ދާން ފަރުކޮޅުފުށި ހަމަޖައްސާ ކަމެއް ނޭނގޭ
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން އިތުރު މަޝްވަރާތަކެއް