Roadha Mihaaru
އައިޖީއެމްއެޗުގެ 20 މުވައްޒަފަކަށް ފްލެޓް ދީފި

އައިޖީއެމްއެޗުގެ 20 މުވައްޒަފަކަށް ފްލެޓް ދީފި

28 ނޮވެމްބަރ 2016

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުންތަކަކާއި ނަރުހުންތަކަކަށް ސަރުކާރުން ފްލެޓް ދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުންތަކަކާއި ނަރުހުންތަކަކަށް ސަރުކާރުން ފްލެޓް ދީފި އެވެ.

އެ ހޮސްޕިޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މުވައްޒަފުންނަށް ފްލެޓް ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ސިއްހީ ދާއިރާގައި މަަސައްކަތް ކުރާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މި ފެށި މަޝްރޫއުއަށް، ހޮސްޕިޓަލުގެ 180 އަށް ވުރެ ގިނަ މުވައްޒަފުން ކުރިމަތިލި އެވެ. އެކަމަކު އޭގެ ތެރެއިން ފްލެޓް ލިބުނީ ދެ މެޑިކަލް އޮފިސަރުންނަށާއި އަށް ސްޕެޝަލިސްޓު ޑޮކްޓަރަކަށާއި ދިހަ ނަރުހަކަށެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި ފްލެޓް ދޭނެ މީހުން ހޮވީ، އެކަމަށް ކަނޑައަޅާފައިވާ ޕެނަލަކުން ކުރި އިންޓަވިއުތަކަށް ފަހު، މާކްސް ދީގެންނެވެ.

އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު، ޑޮކްޓަރު މޫސާ ހުސައިނަށް، ހައުސިން މިނިސްޓަރު މުއިއްޒު، ލިޔުން ހަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު، ޑޮކްޓަރު މޫސާ ހުސައިނަށް، ހައުސިން މިނިސްޓަރު މުއިއްޒު، ލިޔުން ހަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުގެ މުވައްޒަފުންނަށް ފްލެޓް ދިނުމަށް ހަމަޖެހިފައި ވަނީ މާލޭންނާއި ހުޅުމާލޭންނެވެ. މާލެ އިން ފްލެޓް ދޭނެ ކަމަށް ބެލެވެނީ މިހާރު ނިންމާފައި ހުރި އަރަބިއްޔާ ކުރިން ހިންގި ބިމުގައި ހަދާފައިވާ ފްލެޓް އިމާރާތާއި ގާކޮށީގައި ހެދި ބޮޑު އިމާރާތުންނެވެ. އެ ދެ ތަނުން ވަކި ވަރަކަށް ސަރުކާރަށް ފްލެޓް ނަގާފައިވާ ކަމަށްވެ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ސީދާ ކޮން ބަޔަކަށް ކަމެއް ހައުސިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

އައިޖީއެމްއެޗުގެ އާ ސެންޓަރު ހުޅުއްވައިދެއްވުމަށް ފަހު ރޭ ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އައިޖީއެމްއެޗުގެ އާ ސެންޓަރު ހުޅުއްވައިދެއްވުމަށް ފަހު ރޭ ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އިތުރު ފަރާތްތަކަށް ވެސް ފްލެޓް ދޭނެ ކަމަށާއި ހުޅުމާލޭގައި ސަރުކާރުގެ މުވައްޒަފުންނަށް އަޅާ، 2،500 ފްލެޓްގެ ތެރެއިން ބޮޑު ބައި ހާއްސަ ކުރާނީ ސިއްހީ ދާއިރާގެ މީހުންނަށް ކަމަށެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ ގިނަ ދުވަސްތަކެއް ވާންދެން ރައްޔިތުންނަށް ހިދުމަތް ކުރި މި މުވައްޒަފުންނަށް ފްލެޓް ލިބުމަކީ ހޮސްޕިޓަލަށް ވެސް ލިބުނު ކާމިޔާބެއް ކަމަށެވެ.

އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބިވަޑައިގެން، ޑޮކްޓަރު މުހައްމަދު ޝިހާމާ ހައުސިން މިނިސްޓަރު މުއިއްޒު ރޭ ލިޔުން ދެއްވަނީ: މި ފްލެޓް އެތަނުގެ 20 މުވައްޒަފަކަށް ލިބިފައިވޭ-- ފޮޓޯ: ރައީސް އޮފީސް

"މީގެ ތެރޭގައި އެބަ ހިމެނޭ ވަރަށް ގިނަ ދުވަހު ހިދުމަތުގައި ތިބި، އެކަމަކު ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ސީނިއާ ބޭފުޅުން ވެސް. އަމިއްލަ ކްލިނިކްތަކާއި އެހެން ތަންތަނަށް ދިޔުމުގެ ފުރުސަތު އޮއްވައި، ސަރުކާރުން ފްލެޓް ދިނުމުން މި ބޭފުޅުން ހޮސްޕިޓަލުގައި ރީޓެއިން ކުރެވިދާނެ،" މައުސޫމް ވިދާޅުވި އެވެ.

އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު، ޑޮކްޓަރު އަލީ އަބްދުﷲ ލަތީފާ ހައުސިން މިނިސްޓަރު މުއިއްޒު ރޭ ލިޔުން ހަވާލުކޮށްދެއްވަނީ: މި ފްލެޓް އެތަނުގެ 20 މުވައްޒަފަކަށް ލިބިފައިވޭ-- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ މުވައްޒަފުންގެ މެދުގައި ފްލެޓް ބެހިގޮތާ މެދު މަދު މުވައްޒަފުންގެ ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް ޖުމްލަކޮށް، ހުރިހާ މުވައްޒަފުން ވެސް އެ ނިންމުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ހިތްހަމަނުޖެހުންތައް ހުރި މުވައްޒަފުން، އިންޓަވިއު ޕެނަލާ ވާހަކަދައްކައިގެން، އެކަން ހިނގައިދިޔަގޮތް ސާފުކުރުމުގެ ފުރުސަތު ވެސް ދީފައިވާ ކަމަށް ވިދާޅުވި އެވެ.