28 ނޮވެމްބަރ 2016
އެއްގަމު އުޅަނދަށް ދޫކުރާ އިންޝުއަރެންސް ސްޓިކާ އިލެކްޓްރޯނިކް ކުރަން ނިންމާފައިވާ ކަމަށް، ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް އެންމެ ފުޅާ ދާއިރާގައި ދެމުން އަންނަ އެލައިޑުން ރޭ ބުނެފި އެވެ.
އެއްގަމު އުޅަނދަށް ދޫކުރާ އިންޝުއަރެންސް ސްޓިކާ އިލެކްޓްރޯނިކް ކުރަން ނިންމާފައިވާ ކަމަށް، ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް އެންމެ ފުޅާ ދާއިރާގައި ދެމުން އަންނަ އެލައިޑުން ރޭ ބުނެފި އެވެ.
ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކުރަން އެލައިޑުން ދަރުބާރުގޭގައި ބޭއްވި ހަފުލާގައި އެ ކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ އެއްގަމު އުޅަނދުގެ އިންޝުއަރެންސް ސްޓިކާ އިލެކްޓްރޯނިކް ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި އެކަން ތައާރަފްކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ނިމުމާ އެކު، އުޅަނދުގައި ސްޓިކާ ތަތްކޮށްގެން އުޅުމުގެ ބަދަލުގައި އެލައިޑުގެ އެޕް މެދުވެރިކޮށް އެ އުޅަނދެއްގެ އިންޝުއަރެންސާ ބެހޭ މައުލޫމާތު ބެލޭނެ ކަމަށް ނިއުޝާދު ވިދާޅުވި އެވެ. "ސްޓިކާއެއް ތަތްކޮށްގެން އުޅުމަކީ މި ޒަމާނުގެ ގޮތެއް ނޫން. ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ފޯނުން މިކަން ވެސް ކުރެވޭނެ ގޮތް ހެދުމަކީ އަޅުގަނޑުމެންގެ އަމާޒު،" ނިއުޝާދު ވިދާޅުވި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އިންޝުއަރެންސް ސްޓިކާ އިލެކްޓްރޯނިކްސް ކުރުމާ ގުޅޭގޮތުން ފުލުހުންނާ ވާހަކަދައްކަމުން އަންނަ ކަމަށެވެ.
އެލައިޑުން ރޭ ވަނީ "ކަމަނަ"އިގެ ނަން ދީފައިވާ އަންހެނުންނަށް ހާއްސަ އިންޝުއަރެންސް ޕްލޭނަކާއި ސެކަންޑްރީ ތައުލީމަށް ހާއްސަ ޕްލޭނެއް ވެސް ތައާރަފްކޮށްފަ އެވެ.
ޒޯން ބަދަލުކުރަންޖެހޭ ވެހިކަލްތަކުގައި ސްޓިކާ ޖަހަނީ
އެލައިޑުން ދެ އިނީޝިއޭޓިވްއެއްގައި ބައިވެރިވެއްޖެ
ވެމްކޯ އާއި ޕޮލިހަށް ރަނގަޅު ފެށުމެއް
ޑްރައިވިން ލައިސަންސް ޓެސްޓުތައް މެދުކަނޑާލައިފި
ހުރިހާ ވެހިކަލެއްގެ ނަމްބަ ޕްލޭޓް ބަދަލުކުރަން ޖެހޭތަ؟
ތާޑްޕާޓީ މޮޓޯ އިންޝުއަރަންސްގެ ބަދަލު ހޯދާނީ ކިހިނެއް؟
"ރައްކާ ރޯޑް ޝޯ" ގައި ވާޗުއަލް ރަންއެއް
ގަވާއިދަށް ދުއްވާ މީހުންނަށް އެލައިޑުން ހަދިޔާއެއް
"ރައްކާ" ކެމްޕޭން މިއަހަރު ސިޓީތަކަށް
"ދެން ލައިސަންސް ލިބޭނީ އިތުރު ތަމްްރީނެއް ހަދައިގެން"