13 އޯގަސްޓް 2021
ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތައް އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ޑިޕްލޮމޭޓުންގެ އާ ޖީލެއް އުފައްދަން، އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހާއްސަ ޕްރޮގްރާމެއް ފަށްޓަވާނެ ކަމަށް ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތައް އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ޑިޕްލޮމޭޓުންގެ އާ ޖީލެއް އުފައްދަން، އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހާއްސަ ޕްރޮގްރާމެއް ފަށްޓަވާނެ ކަމަށް ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޕީޖީއޭ ޔޫތު ފެލޯޝިޕް" [ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީ ޔޫތު ފެލޯޝިޕް] ގެ ނަމުގައި ފަށާ ޕްރޮގްރާމްގައި ބައިވެރިކުރާ ޒުވާނުން އެމެރިކާގެ ނިއުޔޯކަށް ގެންގޮސް، އެއް އަހަރު ދުވަސް ހޭދަކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އެއީ އދ. ގެ ނިޒާމުގެ ތެރެއަށް އެ ޒުވާނުން ހޭލުންތެރި ކުރުވައި މަލްޓިލެޓަރަޒިމަށް ވަރުގަދަ އަށް ވަކާލާތު ކުރާ ބަޔަކަށް ހެދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
I am a firm believer in the importance of youth participation, especially in shaping decisions that affect their tomorrow.
— Abdulla Shahid (@abdulla_shahid) August 12, 2021
On this #InternationalYouthDay I am pleased to announce that, as #UNGA76 President, I intend to establish the “PGA Youth Fellowship Programme”.
"އަޅުގަނޑަކީ ޒުވާނުންގެ ބައިވެރިވުން އޮތުމުގެ މުހިއްމުކަން ވަރުގަ ދައަށް ގަބޫލުކުރާ މީހެއް. ވަކިން ހާއްސަކޮށް، އެ މީހުންގެ މުސްތަގްބަލާ ގުޅޭ ނިންމުންތައް ބައްޓަން ކުރުމުގައި ބައިވެރިވުން އޮތުމުގެ މުހިއްމުކަން،" ޓްވީޓްގައި ޝާހިދު ވިދާޅުވި އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު މިދިޔަ ޖޫން 7 ގައި އިންތިހާބު ކޮށްފައިވާއިރު، އޭނާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ތެރޭގަ އެވެ.
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އދ. ގެ ސެކްރެޓަރީ ޖެނެެރަލް އެންޓޯނިއޯ ގުޓާރެސް އާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވިގޮތުގައި، ރަނގަޅު މުސްތަގުބަލެއް ހޯދުމަށް ކުރާ ބުރަ މަސައްކަތުގައި ޒުވާނުންނަށް "މޭޒު ކައިރިން ގޮނޑިއެއް ބޭނުންވާ" ކަމަށެވެ.
އޭނާ ވިދާޅުވީ އެކި ދާއިރާތަކުން ދުނިޔެ އަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން އަންނަނީ ޒުވާނުން ކަމަށެވެ. އޭގެ ތެރޭގައި ކާނާގެ ރައްކާތެރިކަމުގެ ހަމަހަމަކަން ނެތުމާއި ބަޔޯޑައިވާސިޓީ ހަލާކުވުމާއި ތިމާވެށީގެ އެހެން މައްސަލަތައް ހިމެނެ އެވެ.
ހާލަތު މުޅިން ބަދަލުކޮށްލާ ފަދަ ބަދަލުތަކެއް ދުނިޔެ އަށް އައުމުގެ މުހިއްމުކަން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ފާހަގަވެފައިވާ ކަމަށާއި އެގޮތުން ކުރާ މަަސައްކަތުގައި ޒުވާނުންނަކީ ފުރިހަމަ ބައިވެރިން ކަމަށް ވާން ޖެހޭނެ ކަމަށް ވެސް ގުޓާާރެސް ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ޝާހިދަށް
ޝާހިދަކީ ގާބިލް، ތަޖުރިބާކާރު ޑިޕްލޮމޭޓެއް: ނަޝީދު
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު
މުހިއްމު ދެ އެއްބަސްވުމެއްގައި ގާނާއާއެކު ސޮއިކޮށްފި
ޝާހިދު، ލަންކާގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކޮށްފި
ފޮރިން ސާވިސް އަށް ލަފާދޭ ބޯޑު އެކުލަވާލައިފި
ރާއްޖެ-ތުރުކީން ފަސް އެއްބަސްވުމެއްގައި ސޮއިކުރަނީ
އިންޑިއާއަށް ކޮންމެ ވަގުތަކު ވެސް ބަރޯސާވެވޭނެ: ޝާހިދު
ޒުވާން ޑިޕްލޮމެޓުން އުފައްދާ ޕްރޮގުރާމް އަންނަ މަހު
ރާއްޖެ-ޗައިނާގެ ގުޅުމަކީ މިސާލެއް: ސަފީރު