08 އޯގަސްޓް 2021
ހއ. ކެލާގެ ޗަސްބިމަކީ މި ސަރުކާރުގައި ބޮޑުތިލަދުންމަތިން ހިމާޔަތް ކުރި އެންމެ ބޮޑު އެއް ސަރަހައްދެވެ. ނަމަވެސް، އެ ސަރަހައްދު މެނޭޖު ކުރާނެ ޕްލޭނެއް ނެތި އޮއްވާ، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، އެތަނުގައި ކުއްލިއަކަށް ހެދިފައި އޮތް ބޯ ކަނޑޫފަލުގެ ބޮޑު ބައެއް ވަނީ މަރުވެގެން ގޮސްފަ އެވެ. އެކަން އެހެން ރަށްރަށުގެ ކަނޑޫފާތަކަށް ވެސް ދިމާވި އިރު ސަބަބެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
ހއ. ކެލާގެ ޗަސްބިމަކީ މި ސަރުކާރުގައި ބޮޑުތިލަދުންމަތިން ހިމާޔަތް ކުރި އެންމެ ބޮޑު އެއް ސަރަހައްދެވެ. ނަމަވެސް، އެ ސަރަހައްދު މެނޭޖު ކުރާނެ ޕްލޭނެއް ނެތި އޮއްވާ، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، އެތަނުގައި ކުއްލިއަކަށް ހެދިފައި އޮތް ބޯ ކަނޑޫފަލުގެ ބޮޑު ބައެއް ވަނީ މަރުވެގެން ގޮސްފަ އެވެ. އެކަން އެހެން ރަށްރަށުގެ ކަނޑޫފާތަކަށް ވެސް ދިމާވި އިރު ސަބަބެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
ކެލާ ޗަސްބިމަކީ ކަނޑޫ، ރަނޑޫ، ބުރެވި އަދި ބޮޑުވަކި ހެދިފައި ހުންނަ ގާތްގަނޑަކަށް 21 ހެކްޓަރުގެ ސަރަހައްދެކެވެ. މި ގަސްގަހުން ނިވާހޯދާއިގެން އެކި ސޫފިތައް އުޅޭ އިރު އެ ސޫފުތައް ޝިކާރަކުރަން އެ ސަރަހައްދަށް ބޮނޑަނަ ފިނދަނަފަދަ، ކަނބިލި، ކާޅު އަދި ކޮވެލި ފަަދަ ދޫނިތައް ގޮސް އުޅެ އެވެ.
ނަމަވެސް، މީގެ އަހަރެއްހާ ދުވަސް ކުރިން ކަނޑޫފަލުގެ ބޮޑު ބައެއް މަރުވުމުން ގުދުރަތީ އެ ރީތި މާހައުލު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެ ރަށުގެ މުސްކުޅިންގެ ހަނދާނުގައި ވެސް ކަނޑޫފަލުން ބައެއް މިހާ ބޮޑަށް މަރުވި ހަނދާނެއް ނުހުރެ އެވެ.
ނަމަވެސް، މީގެ އަހަރެއްހާ ދުވަސް ކުރިން ކަނޑޫފަލުގެ ބޮޑު ބައެއް މަރުވުމުން ގުދުރަތީ އެ ރީތި މާހައުލު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެ ރަށުގެ މުސްކުޅިންގެ ހަނދާނުގައި ވެސް ކަނޑޫފަލުން ބައެއް މިހާ ބޮޑަށް މަރުވި ހަނދާނެއް ނުހުރެ އެވެ.
ނަމަވެސް، ބޮޑުމިނުގައި ގާތްގަނޑަކަށް 26 ހެކްޓަރު ހުންނަ ކެލާގެ ޗަސްބިމުން ސަރަހަދެއް ނޭޗާ ޕާކެއްގެ ކޮންސެޕްޓަަށް ތަރައްގީ ކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ މާހައުލާއި ދިރުންތައް ބަލައި އެތަން ތަޖުރިބާ ކުރަން ބޭނުންވާ މީހުންނަށް މަޑުކުރާނެ ތަނަކާއި ފާލަންތައް ހަދަން ފަށާފައިވާ މަޝްރޫއުގެ އެއްބަޔަކީ ކަނޑޫފަލުގެ މަރުވެފައިވާ ސަރަހައްދުގައި އަލުން ގަސް އިންދައި އާލާ ކުރުމެވެ.
ކެލާ ޗަސްބިން ސަރަހައްދު ތަރައްގީ ކުރަނީ ޔޫއެންޑީޕީގެ ހިލޭ އެހީގެ ދަށުން ކެލާގެ ދެ ޖަމިއްޔާއެއް ކަމަށްވާ ކެލާ ޔޫތު ފޯރަމް (ކޭވައިއެފް) އަދި އައިލެންޑް ޑިވޮލޮޕްމެންޓް އެންޑް އެންވަޔަރަމެންޓް އެވެއާނެސް ސޮސައިޓީ (އައިޑިއާސް) އިންނެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރޮޅުލީ ގޮނޑީގައި އެތަނަށް އަރާފޭބޭނެހެން ބޯޑުވޯކެއް ނުވަތަ ފާލަން ހަދާނީ އައިޑިއާސްއިންނެވެ. އަދި ރަށުގެ އުތުރުފަރާތުން ޗަކަގަނޑަށް އެރޭ ސަރަހައްދުގައި ފާލަމެއް އަދި މަޑުކޮށްލައިގެން ތިބޭ ސަރަހައްދެއް ތަރައްގީކުރުމުގެ އިތުރުން ގަސް އިންދާނީ ވެސް ކޭވައިއެފްއިންނެވެ.
ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒު ވިދާޅުވި ގޮތުގައި، ކަނޑޫ، ކުއްޅަވަށް، ތަކަފަތި އަދި ބާރަށުން ގެނެސްފައިވާ ރަނޑޫ ގަސްތައް ވެސް އިންދާނެ އެވެ.
ނާސަރީއެއްގައި އޭގެ ގަސްތައް މިހާރު ހައްދައި އިންދަން ވަނީ ތައްޔާރުކޮށްފަ އެވެ. އިންފާޒް ވިދާޅުވި ގޮތުގައި ދެން ހަމަ އެކަނި ޖެހޭނީ ގޮސް އިންދާށެވެ.
"ގަސްތައް ނާސަރީގައި ހައްދާފައި ހުރީ. ދެން ޖެހޭނީ ހަމަ ގޮސް ކަނޑޫފަލުގައި ޖަހާލަން،" އިންފާޒް ވިދާޅުވި އެވެ.
ހއ. ކެލާގެ ކަނޑޫފަލުން މަރުވެފައިވާ ބޮޑު ސަރަހައްދެއް -- އީއައިއޭ ރިޕޯޓު
ކޭވައިއެފްގެ އިސް އޮފިޝަލެއް ކަމަށްވާ އަހުމަދު ވަހީދު ވިދާޅުވީ، އީއައިއޭއާ އެކު ގަސްތައް ވެސް އިންދަން އީޕީއޭއިން ހުއްދަ ލިބިފައިވާ ކަމަށެވެ. އަދި މިހާރު ކޮންމެ ވެސް ވަރަކަށް ރަނޑޫ ގަސްތައް އިންދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ އިންދާނީ 500އެއްހާ ކަނޑޫ ގަހެވެ. ނަމަވެސް، ޖުމްލަ 1000އެއްހާ ކަނޑޫ ގަސް އިންދާނެ އެވެ. ފުރަތަމަ އިންދަނީ އަޖުމަބެލުމަށް ކަމަށާއި ގަސްތައް ހެދި ބޮޑުވަމުންދާ ނަމަ އިތުރަށް އިންދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ކުރިން ކަނޑޫފަލުގައި ހުރި ފެހިކަން މި ގަސްތަކުން އިއާދަ ނުކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. މަރުވެފައިވާ ސަރަހައްދު ބޮޑުކަމުން އެކަމަށް ވަރަށް ދުވަސް ނަގާނެ އެވެ.
ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ ބްރޫގޭރިއާ ހައިނެސީ (ކެލަވަކި) ކެލާގެ ޗަސްބިމުގެ އެންމެ އުތުރު ފަރާތުން ފެނިފައިވެ އެވެ. އޭގެ ގަސްތައް ވެސް އާލާ ކުރަން މިހާރު ނާސަރީގައި ހައްދަމުންދާ ކަމަށް އިންފާޒް ވިދާޅުވި އެވެ.
މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ރަށަށް އިގްތިސާދީ އަދި އިޖުތިމާއީ މަންފާ ކުރާނެ މަޝްރޫއެއް ކަމެވެ. މަޝްރޫއުގެ ސަބަބުން ކުޑަކުދިންނަށް އެ މާހައުލު ކިޔައިދޭން ފަސޭހަވުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް އެތަން ފަސޭހައިން ބޭނުން ކުރެވޭނެ އެވެ. އަދި އެއީ ޓޫރިޒަމް ފުޅާވެ، ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެގެންދާނެ ކަމެއް ކަމަށް ރިޕޯޓުގައި ވެ އެވެ.
"ހއ. ކެލާއަށް އިޖުތިމާއީ އަދި އިގްތިސާދީ އެތައް ކުރިއެރުމެއް މި މަސައްކަތުގެ ސަބަބުން އަންނާނެ އެވެ. ހަމައެހެންމެ ތައުލީމީ ދާއިރާގައި އުގަންނައިދިނުމުގެ ގިނަގުނަ ކުރިއެރުންތައް ލިބޭނެ އެވެ. މި މަސައްކަތުން ހއ. ކެލާގެ ފަތުރުވެރިކަން ފުޅާކުރެވިގެން ދާނެ އެވެ." އީއައިއޭ ރިޕޯޓުގައިވެ އެވެ.
ކައުންސިލުގެ ރައީސް އިންފާޒު ވެސް ފާހަގަކުރެއްވީ މި ކަންކަމެވެ. އަދި މިހާރު ވެސް އެތަނުގެ ޗަސްބިން ސަރަހައްދުގެ ބޭނުން ހިފާ މީހުންނަށް ކުރިއަށް ވުރެ އެތަނަށް ގޮސް އުޅެން ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރަހައްދަކީ މީހުން ޗަސްބިމަށް އެެރި އެކްސްޕްލޯ ކުރަން ދާ ސަރަހައްދެއް. މި ކަމުގެ ސަބަބުން އެހެން ދާ މީހުންނަށް ފަސޭހަކަމާއެކު އެކްސެސް ކުރެވޭނެ މަގަކާއި، ކަނޑޫފާ ވަށައިގެން ހިނގޭނެ ގޮތާއި އެތާ ތިބޭވޭނެ ގޮތް ހަމަޖެހޭނެ،" އިންފާޒު ވިދާޅުވި އެވެ.
ހއ. ކެލާގެ ކަނޑޫފަލުގައި ފާލަން އަޅައި ތަރައްގީ ކުރާނެ ގޮތުގެ ކޮންސެޕްޓް -- އީއައިއޭ ރިޕޯޓު
ކަނޑޫފަލަކީ ޓޫރިސްޓުންނަށް ޑެސްޓިނޭޝަނަކަށް ހަދައި ރައްޔިތުންގެ ޖީބަށް ފައިސާ ވެއްދުމުގެ އިތުރުން، ކަނޑޫ ވައް ހޮވާ މީހުންނަށް އެއީ ކެލާގެ ޕްރޮޑަކްޓެއްގެ ގޮތުގައި އޭތި ވިއްކޭނެ ގޮތަށް ކަނޑޫ މާކެޓު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
"ކަނޑޫ ޕްރޮޑަކްޓެއް ގޮތަށް ވެރައިޓީއެއް ތައާރަފްކޮށްގެން މާކެޓު ކުރެވޭތޯ މަސައްކަތް މި ކުރަނީ. ފައިނޭންޝަލް ބެނެފިޓް ލިބި، ލޯކަލް ޓޫރިޒަމާއި އެއްޗެހި ތައާރަފުވެ، ކަނޑޫފަލުގެ ފައިދާ ރައްޔިތުންނަށް ކުރުވުން ބޭނުމަކީ،" އިންފާޒް ވިދާޅުވި އެވެ.
ކަނޑޫ ގަހުގެ ވަކަކީ މީހުން ފެނު ކައްކައިގެން ކައި އުޅޭ އެއްޗެކެވެ. ގަރުދިޔައާ އެކު ވެސް އެ ކައި އުޅެ އެވެ. ބޮޑު ތަދުގެ ދުވަސްވަރު ވެސް ކަނޑޫ ވައް ލިބެން ހުރުމުން އުތުރުގެ ކަނޑޫފާތައް ހުރި ރަށްރަށް އެހާ ބޮޑަށް ހާލުގައި ނުޖެހެ އެވެ.
ކިތަންމެ ފައިދާވިޔަސް، މާހައުލަށް ބަދަލުގެނެސްގެން ހިންގާ މިފަދަ މަޝްރޫއުތަކުގެ ނޭދެވޭ ކޮންމެ ވެސް އަސަރެއް ހުންނާނެ އެވެ. މި މަޝްރޫއު ވެސް ތަފާތެއް ނޫނެވެ.
އީއައިއޭ ރިޕޯޓުގައި ވަނީ، މަޝްރޫއު ހިންގާ އިރު ޗަސްބިމުގެ ފެންގަނޑަށް އަސަރުކޮށްފާނެ ކަމަށެވެ. އެއީ ފާލަން ބެހެއްޓުމަށް ބުޑު ވަޅުލުމަށް ކޮންނައިރު ޗަކައިގެ އަސަރު ކޮށްގެން ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އޭގެ އިތުރުން، މަޝްރޫއު ނިިމުމުން ވެސް ބުޑު ވަޅުލުމަށްފަހު ބުޑުގެ ސަބަބުން ފެންގަނޑަށް ސިމެންތީންނާއި އެހެނިހެން ކެމިކަލްތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި އެ ސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ވެސް ފެންގަނޑަށް އަަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ހއ. ކެލާގެ އޭރިއަލް ފޮޓޯއެއް: އެ ރަށުގެ ކަނޑޫފަލުގެ ވަރަށް ބޮޑު ސަރަހައްދެއް ވަނީ މަރުވެފައި --
އޭގެ އިތުރުން، އެ ސަރަހައްދު ރޭގަނޑު ދިއްލާފައި ބަހައްޓާ ނަމަ ދިރުންތަކުގެ އުޅުމަށް ބަދަލު އަންނާނެ ކަމަށް ވެ އެވެ. އީޕީއޭ އާއި އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ރޭގަނޑު އެ ސަރަހައްދު ދިއްލާފައި ނުބެހެއްޓުމަށް ލަފާ ދީފަ އެވެ.
އޭގެ އިތުރުން، އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)އިން އީއައިއޭގެ ކޮންސަލްޓޭޝަނުގައި ލަފާ ދިނީ ކެލަވަކި ގަސްތައް ހުރި ސަރަހައްދަށް އަސަރު ނުކުރާނެހެން ފާލަންތައް ހެދުމަށެވެ.
ކައުންސިލާއި ޖަމިއްޔާތަކުން ބުނި ގޮތުގައި މަޝްރޫގެ ތެރޭގައި ހިމެނޭ ފާލަންތަކާއި މީހުން މަޑުކުރެވޭ ގޮތަށް ހަދާ ތަން ހެދުމުގެ މަސައްކަތް މިހާރު އެހެން ސައިޓެއްގައި ދަނީ ކުރަމުންނެވެ. ފާލަންތަކާއި އޭގެ ތަނބުތައް ފަދަ ބައިބައި އެހެން ސައިޓެއްގައި ހަދައިގެން ޗަސްބިމަށް ގެންދާނީ އަތުރާލާށެވެ.
ކެލާގައި ކަނޑޫ ހޮވުން މަނާކޮށްފި
ރާއްޖޭގެ ކަނޑޫފާތަކުގެ ހާލަތު:ދުނިޔެއަށް ވެސް މުހިންމު
ބްލޫ ކާބަން ފަންޑުގެ ފުރަތަމަ އެހީ ލަންކާއަށް
ކެލާގެ ހިމުން ދޮންވެލި ބީޗު އަކިރިއަށް ވަނީ!
ދުބާއީ ފެހިކުރަން މިލިއަން ގަސް އިންދަނީ
ކަނޑޫފާތައް ބަލިކަށިކޮށްލާ ފަންގަސްއެއް ފެނިއްޖެ
ރާއްޖޭގެ ހަމައެކަނި ޖަންގަލި މަރުވެ ނެތިދަނީ!
ޅ. އަތޮޅުން ފަސް ސަރަހައްދެއް ހިމާޔަތްކޮށްފި
މެންގްރޫވްގެ ނާދިރު ބާވަތެއްގެ ރާއްޖޭން ފެނިއްޖެ
ވައިކަރަދޫގެ ކަނޑޫފަލަށް ވެސް ކުއްލި މަރެއް