Roadha Mihaaru
ރިލްވާން މައްސަލައިގައި ކުރީގެ ސީޕީ ހުސައިން ކޮމިޝަނަށް

ރިލްވާންގެ މައްސަލައިގައި ކުރީގެ ސީޕީ ހުސައިން ވަހީދު ރިޔާސީ ކޮމިޝަނަށް

07 އޯގަސްޓް 2021

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދު ވަގަށް ނެގި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދު ވަގަށް ނެގި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފި އެވެ.

އޮގަސްޓް 8، 2014 ގައި ރިލްވާން ގެއްލުވައިލިއިރު ފުލުހުންގެ އިސްވެރިއަކަށް ހުންނެވި ހުސައިން ވަހީދު، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ހާޒިރުކުރީ މިދިޔަ އަންގާރަ ދުވަހުގެ ކުރިން ކަމަށް އެނގިފައި ވެ އެވެ. އެއީ ރިލްވާން ގެއްލުވައިލި މައްސަލައިގައި ސުވާލު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި ދުވަހެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން، ރިޔާސީ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ އެ ކޮމިޝަނަށް ހާޒިރުކުރާ މީހުންގެ މައުލޫމާތު ހާމަނުކުރާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ހުސައިން ވަހީދު "މިހާރު" އަށް ކުރިން ވިދާޅުވެފައި ވަނީ ރިލްވާންގެ މައްސަލަ ފުލުހުން ނުބަލައި ދޫކޮށްލާފައި ނުވާނެ ކަމަށެވެ. އަދި އެއީ ފުލުހުން "ލުއި ގޮތަކަށް" ނެގި މައްސަލައެއް ނޫން ކަމަށާއި ރިޔާސީ ކޮމިޝަނުން ނެރުނު ޑްރާފްޓް ރިޕޯޓުގައި ހުރީ އޭރު ފުލުހުން ކުރި މަސައްކަތުން ހޯދި މައުލޫމާތު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ތަހުގީގު ޓީމުން ލުއި ގޮތަކަށް ނެގި މައްސަލައެއް ނޫން،" ކުރީގ ސީޕީ ވިދާޅުވެފައި ވެ އެވެ.